Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ގާނޫނު

ޓެކްސް ގާނޫނާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުރައްކާ އެބައޮތް: ނަޝީދު

23 ސެޕްޓެމްބަރު 2026 | ބުދަ 07:37

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ބޭރުގެ ޓުއާ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުވުމުން، ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ސަލާމަތަށް ނުރައްކާވެދާނެތީ، ސަރުކާރުން މިކަންކަން އަލުން މުރާޖައާކޮށް އިސްލާހީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ސެޕްޓެމްބަރު 2026 | ބުދަ 07:37
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ރާއްޖެއެމްވީ

ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށް ޗުއްޓީ ޕެކޭޖްތައް ވިއްކުމުގެ ޚިދުމަތްދޭ ފަރާތްތަކުން، އެއީ ކިތަންމެ ކުޑަ ކުންފުންޏެއް ކަމުގައިވިޔަސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީވާން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއި، ބޭރު ފައިސާގެ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހުތަކާއެކު، ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ގޮންޖެހުން ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 2026 އޯގަސްޓް 31 ގައި ތަސްދީގުކޮށް ޝާއިއުކުރި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގެ ސަބަބުން ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް އިންތިހާ އަށް ގޮސްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ޓެކްސް ނެގުމުގެ މި އައު އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށް ޗުއްޓީ ޕެކޭޖްތައް ވިއްކުމުގެ ޚިދުމަތްދޭ ފަރާތްތަކުން، އެއީ ކިތަންމެ ކުޑަ ކުންފުންޏެއް ކަމުގައިވިޔަސް މީރާގައި ރަޖިސްޓްރީވާން މަޖުބޫރުވާތީ ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މި ބަދަލު ގެންނަން ނިންމި ވަގުތަކީ ވަރަށް ދަތި ވަގުތެއް ކަމަށް އެ ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. 

ސަބަބަކީ ޓުއާ އޮޕަރޭޓަރުން ސަޕްލަޔަރުންނާއެކު އެއްބަސްވުންތައް ހަދައި، ޗުއްޓީ ޕްރޮގްރާމްތައް ތައްޔާރުކުރަނީ އެތައް މަހެއް ކުރިން ކަމަށްވާތީ ކަމަށާއި ކުރިއަށް އޮތް ޔޫރަޕްގެ ފިނި މޫސުމަށް ރާއްޖޭގެ ގިނަ ޕެކޭޖުތަކެއް މިހާރު ވެސް ވަނީ އިސްތިހާރުކޮށް، ވަކި އަގުތަކެއްގައި ވިއްކާފައި ކަމަށް އެފަރާތުން ބުނެފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި ކަންކަން އިސްލާހު ނުކުރާނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ބޭރު ގައުމުތަކުގައި އިސްތިހާރުކޮށް ވިއްކާ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ރާއްޖެ އަށް ޓުއަރިސްޓުން ފޮނުވާ، ނުވަތަ ގެންނަ ބޮޑެތި ހުރިހާ ކުންފުނިތަކުން އަޅުގަނޑުމެންނަށް ގުޅާ. އެމީހުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑު. އެމީހުންނާ އެމީހުންގެ ލޯޔަރުން ދެކޭ ގޮތުގައި މިއީ ބައިނަލްއަގްވާމީ ޓެކްސްގެ އުސޫލުތަކާއި އަދި އެހެން މުއާހަދާތަކާ ވެސް ޚިލާފަށް ކުރެވޭ ކަމެއް. އެހެންވީމާ އެމީހުން ވަކާލާތު ކުރާނެ އެމީހުންގެ ޕާލިމަންޓުތަކުގައި ވެސް، ސަރުކާރުތަކުގައި ވެސް ދިވެހި ސަރުކާރުން މިހާރު އަޅަމުން އެ ދަނީ އުސޫލުތަކާ ޚިލާފު ފިޔަވަޅުތަކެކޭ. މި ރާއްޖެއަށް ވަރަށް ނާޒުކު ކަންކަން މި ހުންނަނީ. ނުރައްކާވެދާނެ ކަންކަން. ހުރިހާ ޓުއާ އޮޕަރޭޓަރުން ވެސް އެބަ ކަންބޮޑުވުން ފާޅުކުރޭ 
މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މި ކަންކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރަނީ ހަމައެކަނި ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާ އަށް ނޫނެވެ. ނަމަވެސް ސަރުކާރުގެ މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާ ރައްކާތެރި ކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ކަމުން، ސަރުކާރުން މިކަންކަން ބަލައި، ވީހާ ވެސް އަވަހަށް، އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ނަޝީދު ގޮވާލެއްވި އެވެ. ނޫން ނަމަ، ރާއްޖޭގެ މުސްތަގްބަލު އޮތީ ނުރައްކާތެރި ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އެމްޑީޕީމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު

23 ސެޕްޓެމްބަރު 2026
މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު
23 ސެޕްޓެމްބަރު 2026

ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ

23 ސެޕްޓެމްބަރު 2026
ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ
22 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!

22 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!
21 ސެޕްޓެމްބަރު 2026

ރިޒާވް ހުސްވެ، ދަރަނި ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރަން ސަރުކާރުން ދަނީ ބޭންކަށް މަޖުބޫރުކުރަމުން: ނަޝީދު

21 ސެޕްޓެމްބަރު 2026
ރިޒާވް ހުސްވެ، ދަރަނި ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރަން ސަރުކާރުން ދަނީ ބޭންކަށް މަޖުބޫރުކުރަމުން: ނަޝީދު
19 ސެޕްޓެމްބަރު 2026

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026
ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު

19 ސެޕްޓެމްބަރު 2026
އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު
19 ސެޕްޓެމްބަރު 2026

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026
ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

19 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
17 ސެޕްޓެމްބަރު 2026

ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2026
ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް