Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލުން އަލަށް އުފެދުނު ކޮމިޝަނަށް ފައިސާ ފޮނުވިކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓު

23 ސެޕްޓެމްބަރު 2026 | ބުދަ 06:16

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެންބަރުންނަށް ގަވާއިދާ ޚިލާފަށް ދޫކުރި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ކޯޓުން ހުކުމްކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން ބައެއް ފައިސާ އަދިވެސް ނުލިބޭކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މި ފައިސާ ހޯދުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިރުޝާދަކަށް އެދިފައިވީ ނަމަވެސް، އެކަމުގައި އެދެވޭ ޖަވާބެއް ލިބިފައިނުވާތީ ފައިސާ ހޯދަން އެޅި ފިޔަވަޅެއް ސާފެއް ނުވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ސެޕްޓެމްބަރު 2026 | ބުދަ 06:16
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއެއް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއެއް | އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނަށް ދޫކޮށްފައިވާ ލިވިންގ އެލަވަން ފައިސާ އަނބުރާ ހޯދާފައި ނުވާ ކަމަށާއި އަލަށް އުފެދުނު ކޮމިޝަނަށް އެ ފައިސާ ފޮނުވާފައިވާކަން އެނގެން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 1 ޖެނުއަރީ އިން 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހިނގި މުއްދަތުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓު އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ، 2024 ވަނަ އަހަރުން 2025 ވަނަ އަހަރުގެ އޮޑިޓްގައި ފާހަގަ ކުރެވުނު ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ގުޅޭ މައްސަލަތައް ފާހަގަކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ޚިލާފަށް، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފުރަތަމަ ދައުރުގެ 15 މެންބަރުންނަށް ލިވިންގ އެލަވަންސްގެ ގޮތުގައި 2011 ވަނަ އަހަރުގެ ނިޔަލަށް، ޖުމްލަ 1،012،500 (އެއް މިލިއަން ބާރަ ހާސް ފަސް ސަތޭކަ) ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މި 15 މެންބަރުންގެ ތެރެއިން ފައިސާ ނުދައްކާ 10 މެންބަރުންގެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސް އިން ދަށު ކޯޓަށް ހުށަހެޅުމުން، އެ ފައިސާ ދައުލަތަށް އަނބުރާ ދެއްކުމަށް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. 

އެ ރިޕޯޓުގައި ބުނީ، ފައިސާ ދެއްކުމާ ގުޅިގެން މީގެ ތެރެއިން 1 މެންބަރުގެ މައްސަލަ ނިމުމަކަށް ގެނަސްފައިވާއިރު ފައިސާ ނުދައްކާ ބާކީ ތިބި 9 މެންބަރުންގެ ތެރެއިން 1 މެންބަރަކު މި ހުކުމާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، މައްސަލަ އިސްތިއުނާފު ކުރި ފަރާތަށް ލިވިންގ އެލަވެންސްގެ ގޮތުގައި ދީފައިވާ ފައިސާ އަކީ ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ކަމަށް ނިންމާފައިވާ ކަމަށެވެ. 

ނަމަވެސް، މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ ތެރެއިން 2025 ވަނަ އަހަރުގެ ފެބްރުއަރީ 25 ގެ ނިޔަލަށް 4 މެންބަރުންގެ އަތުން ލިބެން ޖެހޭ 225،000 ރުފިޔާ ނުލިބިވާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކައުންސިލްގެ 10 މެންބަރުންނަށް ދޫކޮށްފައިވާ ލިވިންގ އެލަވަންސް އަނބުރާ ހޯދުމާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން މީގެ ކުރިން ލަފާދީފައިވާ އެއްގޮތަށް، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދަކަށް އެދި 1 ޖުލައި 2025 ގައި ފޮނުވި ސިޓީއަކުން މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި އެދިފައިވީ ނަމަވެސް، އެފަދަ އިރުޝާދެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. 

އޮޑިޓް އޮފީހުން ބުނީ އެ މައުލޫމާތު ހޯދުމަށް 9 އޭޕްރީލް 2026 ގައި ސިޓީއަކުން އެ މިނިސްޓްރީގައި އޮޑިޓް އޮފީހުން އެދިފައިވާއިރު އެ ސިޓީ އަށް ޖަވާބެއް ލިބިފައިނުވުމުން އެ ފައިސާގެ ތެރެއިން އެއްވެސް އަދަދެއް އަނބުރާ ލިބިފައިވާކަން އަދި ނުލިބި ހުރި ފައިސާ ހޯދުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތް ކަމަށެވެ. 

މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް އައި ބަދަލާއެކު 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް، މާލީ ހިސާބުތައް ތައްޔާރުކޮށް، ރިޕޯޓުކުރަން ޖެހޭނެ ގޮތް، ފިނޭންސް މިނިސްޓްރީ އިން 6 އޮކްޓޫބަރު 2025 ގައި ފޮނުވި ސިޓީއަކުން އެ ކައުންސިލަށް އަންގާފައިވާއިރު އޮޑިޓް ނިމުނު ތާރީޚު ކަމަށްވާ 22 ޖޫން 2026 އާ ހަމައަށް ވެސް އެ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ސައްހަ އަދަދު ކަށަވަރުކޮށް، އަލަށް އުފެދުނު ކޮމިޝަނަށް ބަދަލުކޮށް ފޮނުވާފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލްއޮޑިޓް އޮފީސް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
02 އޯގަސްޓު 2026

ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް

02 އޯގަސްޓު 2026
ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް
24 ޖުލައި 2026

ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

24 ޖުލައި 2026
ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖުލައި 2026

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

20 ޖުލައި 2026
ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް
12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
05 މާރިޗު 2026

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް