Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ފްރާންސް އިން މީގެ ކުރިން އެއްވެސް ކޯޗަކަށް ނުދޭ ވަރުގެ ވަރުގަދަ ސެކިއުރިޓީއެއް ޒިދާން އަށް ދެނީ

23 ސެޕްޓެމްބަރު 2026 | ބުދަ 04:02

ފްރާންސްގެ މަޝްހޫރު ކުޅިވަރު ނޫސް "ލެކީޕް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒިދާން އަށް ދޭ ސެކިއުރިޓީ އަކީ މީގެ ކުރިން ފްރާންސްގެ އެއްވެސް ކޯޗަކަށް ދީފައިވާ ފެންވަރުގެ ސެކިއުރިޓީއެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2026 | ބުދަ 04:02
ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން | ރޮއިޓާސް

ފްރާންސް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަޤާމާ ހަވާލުވި ޒިނެދިން ޒިދާން އަށް، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަން އިން ކުރިން ދުވަހަކު ވެސް ކޯޗަކަށް ދީފައި ނުވާ ފަދަ ވަރުގަދަ ސެކިއުރިޓީއެއް ދޭން ނިންމައިފި އެވެ.

މި ނިންމުމަކީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލެޖެންޑަރީ މިޑްފީލްޑަރު އެނބުރި ޤައުމީ ޓީމާ ހަވާލުވުމާ ގުޅިގެން، ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެދާނެ ފިއްތުންތަކުން އޭނާ ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެކެވެ.

ފްރާންސްގެ ޤައުމީ ޓީމަށް އައި މި އައު ބަދަލާއެކު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މަޤާމުން ވަކިވި ޑިޑިއޭ ޑެޝޯމްޕްސްގެ ބަދަލުގައި ޒިދާން ވަނީ މިދިޔަ ހުކުރު ދުވަހު އޭނާގެ ފުރަތަމަ ރަސްމީ ސްކޮޑު އިއުލާންކޮށްފަ އެވެ. ނަމަވެސް ދަނޑުމަތީގެ ކަންކަމަށް ވުރެ ބޮޑަށް މިވަގުތު ސަމާލުކަން ހުއްޓިފައިވަނީ، ޒިދާންގެ ރައްކާތެރިކަމަށްޓަކައި ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ގެންނަން ނިންމި ބޮޑެތި ބަދަލުތަކަށެވެ.

ފްރާންސްގެ މަޝްހޫރު ކުޅިވަރު ނޫސް "ލެކީޕް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒިދާން އަށް ދޭ ސެކިއުރިޓީ އަކީ މީގެ ކުރިން ފްރާންސްގެ އެއްވެސް ކޯޗަކަށް ދީފައިވާ ފެންވަރުގެ ސެކިއުރިޓީއެއް ނޫނެވެ. އޭނާގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ޚާއްސަ ބޮޑީގާޑެއްގެ އިތުރުން، ސެކިއުރިޓީ އެޖެންޓެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. މި އެޖެންޓަކީ މިދިޔަ މަހު ޒިދާންގެ ބެކްރޫމް ސްޓާފުންގެ ގޮތުގައި ތައާރަފުކުރި ޓީމުގެ ތެރޭގައި ހިމެނޭ މީހެކެވެ.

މި ފެންވަރުގެ ސެކިއުރިޓީއެއް އާންމުކޮށް ފެންނަނީ ދުނިޔޭގެ ވަރަށް މަޝްހޫރު ކުޅުންތެރިންގެ ފަރާތުންނެވެ. ޒިދާން އަށް މިފަދަ ޚާއްސަ ސަމާލުކަމެއް ދޭން ޖެހުނީ، 1998 ވަނަ އަހަރު ފްރާންސް އަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިނުމަށް ފަހު އޭނާ އަށް އޮންނަ ތާއީދާއި ލޯބި އިންތިހާ އަށް ބޮޑުވުމުންނެވެ. މީގެ ކުރިން ވެސް އާންމު ތަންތަނަށް ނުކުމެ އުޅުމުގައި ޒިދާން އަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފްރާންސްގެ ފުޓުބޯޅަ އިދާރާގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރުގައި، އެއްވެސް ބޭރުގެ ނުފޫޒެއް ނުވަތަ ނުރައްކަލެއް ނެތި ޒިދާން އަށް އޭނާގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިފަދަ ވަރުގަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ޤައުމީ ޓީމުގެ ކޭމްޕްގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ އިދާރާ އިން ބޭނުންވަނީ މިއީ ބޭނުންތެރި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިއުމަށެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުޒިނެދިން ޒިދާން

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި

12 ސެޕްޓެމްބަރު 2026
އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި
10 ސެޕްޓެމްބަރު 2026

ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން

10 ސެޕްޓެމްބަރު 2026
ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
22 ޖުލައި 2026

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

22 ޖުލައި 2026
ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
01 ޖުލައި 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026
އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
17 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

17 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް