Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފައި ވަނީ، މެޗުގައި އައިސްލެންޑަށް ލަނޑު ޖަހަން ލިބުނީ ދެ ފުރުސަތު ކަމަށާއި، އެ ދެ ފުރުސަތުގައި އެ ޓީމުން ދެ ލަނޑު ޖެހި ކަމަށެވެ. މެޗުގައި ފްރާންސް އިން ކުރަން ޖެހުނު ކަންކަން ކުރި ކަމަށާއި، ނަމަވެސް ބައި ކޮޅަށް ދެ ލަނޑު ވަނުމަކީ ހިތްހަމަ ނުޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 06:09
ފްރާންސް އާއި އައިސްލެންޑް ކުޅުނު މެޗުގެ ތެރެއިން

ފްރާންސް އާއި އައިސްލެންޑް ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް އެއްވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި އައިސްލެންޑް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފްރާންސް އިން ފަހަތުން އަރައި ލީޑު ވެސް ނެގި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަހައިގެން އައިސްލެންޑް އިން ވަނީ ފްރާންސްއާ އެއްވަރު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ފްރާންސް އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އައިސްލެންޑް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވިކްޓާ ޕައިސަން އެވެ.

ފްރާންސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ފްރާންސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ޑިގްނީ އެވެ.

އޭގެ ފަސް މިނެޓު ފަހުން ފްރާންސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ފްރާންސް އަށް ޖަހައިދިނީ ހުއާން ފިލިޕޭ މަޓޭޓާ އެވެ. ނަމަވެސް ފްރާންސް އަށް ލީޑު ގައި އޮވެވުނީ އެންމެ ދެ މިނެޓު އެވެ. އައިސްލެންޑްގެ ކްރިސްޓިއަން ލިންސަން ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފައި ވަނީ، މެޗުގައި އައިސްލެންޑަށް ލަނޑު ޖަހަން ލިބުނީ ދެ ފުރުސަތު ކަމަށާއި، އެ ދެ ފުރުސަތުގައި އެ ޓީމުން ދެ ލަނޑު ޖެހި ކަމަށެވެ. މެޗުގައި ފްރާންސް އިން ކުރަން ޖެހުނު ކަންކަން ކުރި ކަމަށާއި، ނަމަވެސް ބައި ކޮޅަށް ދެ ލަނޑު ވަނުމަކީ ހިތްހަމަ ނުޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޑެޝޯމްޕްސް ބުނީ މެޗުގައި ފްރާންސް އިން ރަނގަޅު ކަންތައްތަކެއް ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ކުއްލި އަކަށް އެކަން ބަދަލުވީ ކަމަށެވެ. އޭގެ ސަބަބުން ފްރާންސް އަށް އުނދަގޫ ތަކެއް ކުރިމަތިވިކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ، އެ މެޗުން އުންމީދު ކުރީ ތިން ޕޮއިންޓަށް ކަމަށެވެ.

މެޗު އެއްވަރުވީ ނަމަވެސް، މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ފްރާންސް އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުކްރެއިން އަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ފްރާންސް އަށް ދެން އޮންނާނީ ޔުކްރެއިންއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު