Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

މެޗުން މޮޅުވެ ފްރާންސް އިން ގަދަ 32 ގެ ބުރުން ޖާގަ ހޯދީ ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި. މިހާތަނަށް ކުޅެފައިވާ ދެ މެޗުން ވެސް މޮޅުވެ، ފްރާންސް އަށް ވަނީ ހަ ޕޮއިންޓު ލިބިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 01:25
މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އައިގައި އިރާގްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސް އިން މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މި މެޗު ކުޅެމުން ދަނިކޮށް، ވިއްސާރަވެ މޫސުން ގޯސް ވުމުގެ ސަބަބުން މެޗު ވަނީ ގާތް ގަނޑަކަށް ދޮޅު ގަޑިއިރަށް މެދު ކަނޑާލައިފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ފްރާންސް އަށް ލީޑު ނަގައިދިނީ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެއީ މައިކަލް އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ފްރާންސްގެ ލީޑު ފުޅާ ކޮށްފައި އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ހަތަރު ވަނަ ލަނޑެވެ.

މެޗުގައި ފްރާންސް އިން ރަނގަޅަށް ކުޅެމުން ދިޔައިރު، މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު ފްރާންސް އަށް ޖަހައިދިނީ އޮސްމާން ޑެމްބެލޭ އެވެ. މިއީ ޑެމްބެލޭގެ ކެރިއަރުގައި ވޯލްޑް ކަޕެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. 

މެޗުން މޮޅުވެ ފްރާންސް އިން ގަދަ 32 ވަނަ ބުރުން ޖާގަ ހޯދީ ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި އެވެ. މިހާތަނަށް ކުޅެފައިވާ ދެ މެޗުން ވެސް މޮޅުވެ، ފްރާންސް އަށް ވަނީ ހަ ޕޮއިންޓު ލިބިފައި އެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ފްރާންސް ނިކުންނާނީ ނޯވޭއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުއިރާޤު ޤައުމީ ފުޓުބޯޅަ ޓީމުކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
22 ޖޫން 2026

ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި

22 ޖޫން 2026
ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި
22 ޖޫން 2026

ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު

22 ޖޫން 2026
ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު
22 ޖޫން 2026

ފަހަތުން އަރައި ކޭޕް ވާޑް އިން އުރުގުއޭއާ ވެސް އެއްވަރު ކޮށްފި

22 ޖޫން 2026
ފަހަތުން އަރައި ކޭޕް ވާޑް އިން އުރުގުއޭއާ ވެސް އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު