Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025 | އާދީއްތަ 01:43

ފީފާ އިން އެންމެ ފަހުގެ ރޭންކިން އާންމު ކޮށްފައިވާއިރު، ސްޕެއިން ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ލުއިސް ޑި ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިން އިން ރޭންކިންގެ އެއް ވަނަ އަށް ޖެހިލާފައިވާއިރު، އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޮކްޓޯބަރު 2025 | އާދީއްތަ 01:43
މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ސްޕެއިންގެ ޓީމު

މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ސްޕެއިންގެ ޓީމު

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރޭންކިންގެ އެއް ވަނަ އަށް، ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމު ޖެހިލައިފި އެވެ.

ފީފާ އިން އެންމެ ފަހުގެ ރޭންކިން އާންމު ކޮށްފައިވާއިރު، ލުއިސް ޑި ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިން އިން ރޭންކިންގެ އެއް ވަނަ އަށް ޖެހިލާފައިވާއިރު، އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ.

ސްޕެއިންގެ ފަހަތުން ރޭންކިންގައި އޮތީ އެންމެ ފަހުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ އެވެ. މިފަހަރު އާޖެންޓީނާ އިން ވަނީ ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމަށް ހޯދައިފަ އެވެ. މީގެ ކުރީގެ ރޭންކިންގައި އާޖެންޓީނާ އޮތީ ތިން ވަނައިގަ އެވެ. 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ފަހުން، އެތައް ދުވަހެއް ވަންދެން އެ ޓީމުން ވަނީ ރޭންކިންގެ އެއް ވަަނައިގައި އޮވެފަ އެވެ.

ހުކުރު ދުވަހު ފީފާ އިން ރޭންކިން އާންމު ކޮށްފައިވާއިރު، ތިން ވަނައިގައި އޮތީ ފްރާންސް އެވެ. ރޭންކިންގައި ފްރާންސް އިން ވަނީ އެއް ދަރަޖަ ފަހަތަށް ގޮސްފަ އެވެ. މީގެ ކުރީ ރޭންކިންގައި ފްރާންސް އޮތީ ދެ ވަނައިގަ އެވެ. ރޭންކިންގެ ހަތަރު ވަަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ފަސް ވަނައިގައި އޮތީ ޕޯޗުގަލް އެވެ.

މީގެ ކުރިން ރޭންކިންގެ ހަތް ވަނައިގައި އޮތް ނެދަލެންޑްސް އިން ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ހަ ވަނަ އަށް ޖެހިލައިފަ އެވެ. ރޭންކިންގެ ހަ ވަނައިގައި މީގެ ކުރިން އޮތް ބްރެޒިލް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓި، ހަތް ވަނަ އަށް ގޮސްފަ އެވެ. ބްރެޒިލްގެ ފަހަތުން ރޭންކިންގެ އަށް ވަަނައިގައި އޮތީ ބެލްޖިއަމް އެވެ.

ކުރީގެ ރޭންކިންގެ 10 ވަނައިގައި އޮތް އިޓަލީ އިން ވަނީ، މިފަހަރުގެ ރޭންކިންގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. މީގެ ކުރިން ރޭންކިންގެ 12 ވަަނައިގައި އޮތް ޖަރުމަނު، މިފަހަރު އޮތީ ރޭންކިންގެ 10 ވަނައިގަ އެވެ. ގަދަ 10 އެއްގައި މީގެ ކުރިން ކްރޮއޭޝިއާ އޮތް ނަމަވެސް، މިފަހަރުގެ ރޭންކިން ގައި އެ ޓީމު އޮތީ 11 ވަނައިގަ އެވެ.

ފީފާ އިން ދެން ރޭންކިން އާންމު ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ފީފާސްޕެއިން ފުޓުބޯޅަ ޓީމުއާޖެންޓީނާ ފުޓްބޯޅަ ޓީމުްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
24 އޮކްޓޯބަރު 2025

"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"

24 އޮކްޓޯބަރު 2025
"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"
24 އޮކްޓޯބަރު 2025

ފަލަސްތީނުގެ ހައްގުގައި ފީފާ އާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މުސްލިމު ދިވެހި ރައްޔިތުން ގަލޮޅު ދަނޑުން ނެރުނީ ޔަހޫދީން ރުއްސަން؟

24 އޮކްޓޯބަރު 2025
ފަލަސްތީނުގެ ހައްގުގައި ފީފާ އާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މުސްލިމު ދިވެހި ރައްޔިތުން ގަލޮޅު ދަނޑުން ނެރުނީ ޔަހޫދީން ރުއްސަން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް