Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާ

ސޫރިޔާގެ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ހަތަރު މީހުން ޒަޚަމްވެއްޖެ

21 ސެޕްޓެމްބަރު 2026 | ހޯމަ 08:02

ސޫރިޔާގެ ޙަލަބު ސިޓީގެ ދެކުނުގައި ހުންނަ އަސްކަރީ މަރުކަޒެއްގެ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ހަތަރު މީހަކު ޒަޚަމްވެއްޖެ. މި ހާދިސާއާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށް ޓަކައި އެ ސަރަހައްދުގެ މަގުތައް ބަންދުކޮށް، ކުއްލި ހާލަތަށް ތައްޔާރުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި. ސޫރިޔާގެ އެކި ސަރަހައްދުތަކުގައި މި ފަދަ ނުރައްކާތެރި ގޮވުންތައް ދަނީ ތަކުރާރުވަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 21 ސެޕްޓެމްބަރު 2026 | ހޯމަ 08:02

ސޫރިޔާގެ ޙަލަބުގައި ހުރި ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވާ މަންޒަރު | އެކްސް

ސޫރިޔާގެ އުތުރުގައި ހުންނަ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، މަދުވެގެން ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ. އަދި، އެ ސަރަހައްދާ ދުރަށް ދިއުމަށް ކަމާބެހޭ އޮފިޝަލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

މި ގޮވުންތައް ހިނގާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު ޙަލަބު ސިޓީގެ ދެކުނުން، އަލްޢީސް އަވަށުގެ ކައިރީގައި އޮންނަ ސޫރިޔާ ސިފައިންގެ މަރުކަޒެއްގައި ކަމަށް ދައުލަތުން ހިންގާ ސަނާ ނޫސް އޭޖެންސީން ވަނީ ހާމަކޮށްފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވަގުތުން ސާފުވެފައެއް ނުވެ އެވެ. ހާދިސާ ހިނގި ސަރަހައްދުން އަނިޔާވި ހަތަރު މީހަކު މީހުން ސަލާމަތްކުރާ ޓީމުތަކުން މިހާރު ނެރެފައިވާ ކަމަށް، ޙަލަބުގެ ސިވިލް ޑިފެންސް އޮޕަރޭޝަންސްގެ ވެރިޔާ ފައިޞަލް މުޙައްމަދު ޢަލީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ފުރަތަމަ ގޮވުމަށް ފަހު ވިދިވިދިގެން އިތުރު ގޮވުންތަކެއް ގޮވާފައިވާ ކަމަށް، ޙަލަބުގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުންޏެވެ. "އެ ސަރަހައްދާ މަދު ކިލޯމީޓަރުތަކެއްގެ ދުރުމިނަށް ވެސް ގޮވުންތަކުގެ އަޑު އިވޭ. މިހާރު ފެންނަނީ އެ ސަރަހައްދާ ދިމާއަށް ގިނަ އަދަދެއްގެ އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ ލޮރީތައް ވަންނަމުންދާ މަންޒަރު،" އޭނާ ރިޕޯޓުކޮށްފައިވެ އެވެ.

ޙަލަބުގެ ރައްޔިތުން ވަގުތީ ގޮތުން ގެދޮރުން ބޭރަށް ނުނިކުތުމަށް އެ ސިޓީގެ ގަވަރުނަރު ޢައްޒާމް އަލްޣަރީބު ވަނީ އިލްތިމާސްކުރައްވާފަ އެވެ. މިއާއެކު، "ހޮސްޕިޓަލްތަކާއި އެމްބިއުލާންސް އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަނެއްކޮޅުން، ގޮވުންތައް ހިނގި ސަރަހައްދަށް ދެވެން ހުރި މަގުތައް ބަންދުކޮށްފައި ވަނީ "އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި" ކަމަށް ޙަލަބުގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑުން ވަނީ ބުނެފަ އެވެ.

އޭނާއަށް "ބާރުގަދަ ގޮވުމެއްގެ" އަޑު އިވުނު ކަމަށާއި، ފުރާޅުމައްޗަށް އެރުމުން "ދުރުން ބޮޑެތި އަލިފާންގަނޑުތަކެއް" ފެންނަން ހުރި ކަމަށް، އޭއެފްޕީ ނޫސް އޭޖެންސީއާ ވާހަކަދެއްކި ޙަލަބުގެ އަލްޙަމްދާނިއްޔާ އަވަށުގެ ރައްޔިތަކު ބުންޏެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު، ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން، ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީ ދާޚިލީ ހަނގުރާމައިގެ ތެރެއިން ސޫރިޔާ އަރައިގަންނަމުން އަންނައިރު، މީގެ ކުރިން ވެސް މި ފަދަ އެތައް ހާދިސާތަކެއް އެ ގައުމުގައި ވަނީ ހިނގާފަ އެވެ. މި ގޮތުން، ހުކުރު ދުވަހު އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ދައިރުއްޒޫރުގެ އަސްކަރީ މަރުކަޒެއްގައި ހިނގި ގޮވުމެއްގައި 11 މީހުން ވަނީ މަރުވެފަ އެވެ. އަދި، މި މަހުގެ ކުރީކޮޅު ސޫރިޔާގެ ހުޅަނގު އުތުރު އިދްލިބު ޕްރޮވިންސްގައި ހުންނަ ދިފާޢީ ވުޒާރާގެ ހަތިޔާރު ގުދަނެއްގައި ހިނގި ގޮވުމެއްގައި 14 މީހުން މަރުވެ، 11 މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަމަމިއާއެކު، އޭގެ ހަފުތާއަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމަ އެ ސަރަހައްދުގައި ހަތިޔާރު އުފުލި އުޅަނދެއް ގޮވައިގެން ވެސް ފަސް މީހަކު ވަނީ މަރުވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ސޫރިޔާއަލެޕޯބައްޝާރު އަލް-އަސަދްދައިރުއްޒޫރުއިދްލިބު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ

18 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ
14 ސެޕްޓެމްބަރު 2026

ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ސޫރިޔާގައި ވަރުގަދަ މުޒާހަރާތަކެއް ފަށައި، މައި ހައިވޭއެއް ބަންދުކޮށްފި

14 ސެޕްޓެމްބަރު 2026
ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ސޫރިޔާގައި ވަރުގަދަ މުޒާހަރާތަކެއް ފަށައި، މައި ހައިވޭއެއް ބަންދުކޮށްފި
02 ސެޕްޓެމްބަރު 2026

ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި

02 ސެޕްޓެމްބަރު 2026
ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި
25 އޯގަސްޓު 2026

އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި

25 އޯގަސްޓު 2026
އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި
23 އޯގަސްޓު 2026

ދިމިޝްގުގައި ސަލާމަތީ އޮފިޝަލުން ދަތުރު ކުރަމުން ދިޔަ ބަހެއްގައި ބޮމެއް ގޮއްވާލައިފި

23 އޯގަސްޓު 2026
ދިމިޝްގުގައި ސަލާމަތީ އޮފިޝަލުން ދަތުރު ކުރަމުން ދިޔަ ބަހެއްގައި ބޮމެއް ގޮއްވާލައިފި
18 އޯގަސްޓު 2026

ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި

18 އޯގަސްޓު 2026
ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި
11 އޯގަސްޓު 2026

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

11 އޯގަސްޓު 2026
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
26 ޖުލައި 2026

ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ

26 ޖުލައި 2026
ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް