Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސޫރިއާ

އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި

25 އޯގަސްޓު 2026 | އަންގާރަ 08:06

ސޫރިއާގެ އާ ސަރުކާރުން ޓެރަރިޒަމާ ދުރުހެލިވެފައިވާކަން ބަލައިގަނެ، އެމެރިކާއިން ވަނީ 47 އަހަރަށްފަހު ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން އެ ގައުމު އުނިކޮށްފައި. މީގެ އިތުރުން ސޫރިއާގެ ރައީސް އަހުމަދު އަލް-ޝަރާއާއި އޭނާގެ ޖަމާއަތްވެސް ޓެރަރިސްޓް ލިސްޓުން އުނިކޮށްފައިވާއިރު، މީގެ ސަބަބުން އެ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ ހަމަޖެހުމަށް ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވާނެ ކަމަށް އެމެރިކާއިން ބުނޭ

ރާއްޖެ އެމްވީ | 25 އޯގަސްޓު 2026 | އަންގާރަ 08:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސޫރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ އަށް މިދިޔަ އަހަރު ވައިޓް ހައުސްއިން މަރުހަބާ ވިދާޅުވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސޫރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ އަށް މިދިޔަ އަހަރު ވައިޓް ހައުސްއިން މަރުހަބާ ވިދާޅުވަނީ | އޭޕީ

އެމެރިކާއިން ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫރިއާ އުނިކޮށްފި އެވެ. ފާއިތުވި 47 އަހަރު އެ ލިސްޓުގައި ސޫރިއާ އޮތުމަށްފަހު، އެމެރިކާއިން މި ނިންމުން ނިންމީ އެ ގައުމުގެ އަމިއްލަ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި، ދުނިޔޭގެ އިގްތިސާދުގައި ސޫރިއާ އަލުން ބައިވެރިކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެމެރިކާއިން ބުނެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި ނިންމުމަކީ ބައިނަލްއަގުވާމީ ޓެރަރިޒަމްގެ އަމަލުތަކާ ސޫރިއާގެ މިހާރުގެ ސަރުކާރުން މުޅިން ދުރުހެލިވެފައިވާކަން ބަލައިގަތުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ ސޫރިއާގެ އާ ރައީސް އަހުމަދު އަލް-ޝަރާއާ ގާތް ގުޅުމެއް ބާއްވަން ފަށާފަ އެވެ. އޭނާއަކީ ކުރިން އަލްގައިދާގެ ގޮފިތަކުގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ، އަދި އޭނާ ހައްޔަރުކުރުމަށް އެމެރިކާއިން އިނާމުވެސް އިއުލާންކޮށްފައިވާ ފަރާތެކެވެ.

އޭނާގެ އިސްލާމީ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރު އަލް-ޝާމް (އެޗް.ޓީ.އެސް) ވެސް މިހާރު ވަނީ އެމެރިކާގެ ބައިނަލްއަގުވާމީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފަ އެވެ.

ކުރިން އަލް-ނުސްރާ ފްރަންޓްގެ ނަމުން މަޝްހޫރުވި އެޗް.ޓީ.އެސް އަކީ 2016 ވަނަ އަހަރު ޝަރާއާ އެ ޖަމާއަތާ ގުޅުން ކަނޑާލުމާ ހަމައަށް ސޫރިއާގައި ހަރަކާތްތެރިވި އަލްގައިދާގެ ގޮތްޕެކެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު، ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަވެރިން ކުރި މަސައްކަތުގައި އިސްކޮށް އޮތީ އެޗް.ޓީ.އެސް އެވެ. އަދި ޝަރާއާގެ އިންތިގާލީ ސަރުކާރުގައި އެންމެ ބޮޑު ބާރެއް އޮތީވެސް އެ ޖަމާއަތަށެވެ.

އެމެރިކާގެ އުންމީދަކީ ރަޝިޔާ ނުވަތަ ޗައިނާގެ ބަދަލުގައި ސޫރިއާއަކީ އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ހެދުމެވެ. ނަމަވެސް ސޫރިއާގެ ސަލާމަތީ ކަންކަން އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގަ އެވެ. އަދި އެ ގައުމަކީ އަވަށްޓެރި އިސްރާއީލާއި ތުރުކީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ މައި މަރުކަޒަށް ވުމުން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

މިދިޔަ ޖުލައި މަހު ފުރަތަމަ ފަހަރަށް އިއުލާންކުރި މި ނިންމުމާ ގުޅޭގޮތުން ރޫބިއޯ ހޯމަ ދުވަހު ވިދާޅުވީ، މީގެ ސަބަބުން ސޫރިއާގެ ރައްޔިތުންނަށް ތަނަވަސްކަމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، މިއަދުގެ މި ނިންމުމުގެ ސަބަބުން ސޫރިއާގެ ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުމަށްޓަކައި އިތުރު އިންވެސްޓްމަންޓްތައް އެ ގައުމަށް ވަނުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ސޫރިއާގެ ދައުލަތުގެ މީޑިއާ "ސަނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު އަސަދު ހަސަން އަލް-ޝައިބާނީ ވަނީ މިއީ "ތާރީޚީ ފިޔަވަޅެއް" ކަމަށް ވިދާޅުވެ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި، ދެފުށް ފެންނަ، ދެފަރާތުގެ މަސްލަހަތާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ އެޗް.ޓީ.އެސް އަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އޮތް އޮތުން ބާތިލުކޮށް، ޚާއްސަ ޓެރަރިސްޓުންގެ ލިސްޓުން ޝަރާއާގެ ނަންވެސް އުނިކޮށްފަ އެވެ.

1979 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި ސޫރިއާ އޮތުމަށްފަހު، އެ ގައުމު އުނިކުރުމުން މިހާރު އެ ލިސްޓުގައި ބާކީ އޮތީ ކިއުބާ، އުތުރު ކޮރެއާ އަދި އީރާނެވެ.

މި ލިސްޓުގައި ގައުމެއް ހިމެނުމުން، އެ ގައުމަކަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި، އެމެރިކާގެ ބޭރުގެ އެހީތަކާއި ދިފާއީ ސާމާނު ވިއްކުން މަނާވެއެވެ. އަދި އެ ގައުމަކާ އެކު ވިޔަފާރިކުރާ އެހެން ގައުމުތަކާއި ފަރުދުންނަށްވެސް އަދަބު ދިނުމުގެ ބާރު އެމެރިކާއަށް ލިބިގެންވާ ކަމަށް އެ ގައުމުން ބުނެ އެވެ.

އެމެރިކާ-ސޫރިއާމާކޯ ރޫބިއޯ އަހުމަދު އަލް-ޝަރާހަޔަތް ތަހްރީރު އަލް-ޝާމްބައްޝާރު އަލް-އަސަދް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި

18 އޯގަސްޓު 2026
ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި
13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
11 އޯގަސްޓު 2026

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

11 އޯގަސްޓު 2026
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
02 އޯގަސްޓު 2026

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

02 އޯގަސްޓު 2026
ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ
02 އޯގަސްޓު 2026

އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ

02 އޯގަސްޓު 2026
އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ
26 ޖުލައި 2026

ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ

26 ޖުލައި 2026
ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
22 ޖުލައި 2026

އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ

22 ޖުލައި 2026
އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ
22 ޖުލައި 2026

ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި

22 ޖުލައި 2026
ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް