Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާ

ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި

18 އޯގަސްޓު 2026 | އަންގާރަ 11:03

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ލާއިންސާނީ ޖަރީމާތަކާއި ގިނަ ބަޔަކު މެރުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ދެބެންގެދެދަރި ވަސީމް އަލް އަސަދު މަރަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މީގެ އިތުރުން، އަސަދުގެ ކޮއްކޮ މާހިރު ހިމެނޭހެން ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންތަކަކަށް ވެސް ވަނީ މަރުގެ އަދަބު އިއްވާފައެވެ. މި ހުކުމްތަކަކީ ކުރީގެ ސަރުކާރުން ހިންގި ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް އާ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ.

ރާއްޖެ އެމްވީ | 18 އޯގަސްޓު 2026 | އަންގާރަ 11:03
ސޫރިޔާގެ ވެރިކަމުން ދުރުކޮށްފައިވާ ބައްޝާރުލް އަސަދުގެ ދެބެންގެދެދަރި ކޮއްކޮ، ވަސީމް އަލް އަސަދު

ސޫރިޔާގެ ވެރިކަމުން ދުރުކޮށްފައިވާ ބައްޝާރުލް އަސަދުގެ ދެބެންގެދެދަރި ކޮއްކޮ، ވަސީމް އަލް އަސަދު | އޭއެފްޕީ

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން އެ ގައުމުގެ ކޯޓަކުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ. ކޯޓަށް ހާޒިރުކޮށް ހުކުމް އިއްވި ވަސީމްގެ އިތުރުން، ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ ޝަރީއަތަށްފަހު، މިދިޔަ ހަފުތާގައި އޭނާ މަރަންވެސް ވަނީ ހުކުމްކޮށްފަ އެވެ.

އުމުރުން 46 އަހަރުގެ ވަސީމް އަލް އަސަދުގެ މައްޗަށް މި ހުކުމް އައީ، ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރަށް ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގައި، ބައްޝާރުލް އަސަދުގެ ވެރިކަމުގެ ދަށުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.

ގާޒީ ފަޚުރުއްދީން އަލް އަރްޔާން ވިދާޅުވި ގޮތުގައި، އަސަދުގެ ދެބެންގެދެދަރި ވަސީމްގެ މައްޗަށް ގިނަ ބަޔަކު މެރުމުގެ ކުށާއި، "އަނިޔާވެރިކަމާއެކު މީހުން މެރުމުގެ" ކުށް ވަނީ ސާބިތުވެފަ އެވެ. މި އަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްގެ ގޮތުގައާއި ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން އޭނާ މަރަން ހުކުމްކުރާ ކަމަށް ގާޒީ އިއުލާންކުރެއްވި އެވެ.

ސޫރިޔާގެ ކުރީގެ ސަރުކާރުން ޑިމޮކްރަސީއަށް ގޮވާލައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ބައްޝާރުލް އަސަދާއި އެހެނިހެން އިސްވެރިންގެ މައްޗަށް ޝަރީއަތް ހިންގަން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ފަސްލައްކައަށްވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ސޫރިޔާގެ ވެރިރަށް ދިިމިޝްގު ކައިރީގައި ދިން ނުރައްކާތެރި ހަމަލާތަކުގައި ބައިވެރިވި، ކުރީގެ ސަރުކާރަށް ވަފާތެރި ހަތިޔާރު އެޅި ދެ ގްރޫޕެއް ވަސީމް އަލް އަސަދު އުފައްދާފައިވާކަން ކޯޓަށް ވަނީ ސާބިތުވެފަ އެވެ.

މީގެ އިތުރުން، ދާޚިލީ ހަނގުރާމައާއި މަޒްހަބީ ފިތުނަ އުފެއްދުމަށް ހިތްވަރު ދިނުމާއި، މީހުންގެ މިނިވަންކަން ނިގުޅައިގަނެ އަނިޔާކުރުމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

ނަމަވެސް، މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުމުގެ ދައުވާގައި އެކަށީގެންވާ ހެކި ނެތުމުން އޭނާ ކުށްވެރިނުވާކަމަށް ކޯޓުން ނިންމި އެވެ. އެހެންނަމަވެސް، އާ ހެކި ލިބިއްޖެނަމަ އެ މައްސަލަ އަލުން ހުޅުވާލުމުގެ އިޚްތިޔާރު ކޯޓަށް އޮންނާނެ އެވެ.

މި ހުކުމް ސޫރިޔާގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ ކޯޓް އޮފް ކެސޭޝަންގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ސޫރިޔާގެ އިންތިގާލީ ލީޑަރުން ވަނީ ކުރީގެ ސަރުކާރުގެ ދަށުން ހިންގާފައިވާ ޖަރީމާތަކަށް އިންސާފު ގާއިމުކޮށް، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ވައުދުވެފަ އެވެ.

ވަސީމް އަލް އަސަދު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު ލުބުނާނާއި ސޫރިޔާ ގުޅޭ ބޯޑަރު ކައިރިން ކަމަށްވާއިރު، އޭނާގެ ފުރަތަމަ ޝަރީއަތް ބާއްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.

ލަގްޒަރީ ކާރުތައް

ވަސީމް އަލް އަސަދަކީ ސަރުކާރުގެ މަތީ މަގާމެއް ފުރި ފަރާތަކަށް ނުވި ނަމަވެސް، އޭނާއަކީ ހަތިޔާރު އެޅި ޖަމާއަތެއްގެ އިސްވެރިއެއް ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ މުހިންމު މީހެއް ކަމަށް ބުނެ، 2023 ވަނަ އަހަރު އެމެރިކާގެ ޓްރެޜަރީން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު، ވަސީމް އަލް އަސަދު ވަނީ ލަގްޒަރީ ކާރުތަކާއެކު ނަގާފައިވާ ފޮޓޯތަކާއި، އަސްކަރީ ހެދުމުގައި ހަތިޔާރު ހިފައިގެން ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ބައެއް ފަހަރު އޭނާ ހަތިޔާރު އެޅި އެހެން މީހުންނާއެކު ފެނިފައިވާއިރު، މިހާރު މަގާމުން ދުރުކޮށްފައިވާ ލީޑަރު ބައްޝާރުލް އަސަދަށްޓަކައި ހަނގުރާމަކުރުމަށް އެ މީހުންނަށް ހިތްވަރުދޭ މަންޒަރުވެސް ފެނިފައިވެ އެވެ.

ސޫރިޔާގެ އާ ސަރުކާރުން ކުރިއަށްގެންދިޔަ ޝަރީއަތަށްފަހު، ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދު މަރަން މިދިޔަ އަންގާރަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. މިއީ އާ ސަރުކާރުގެ ދަށުން މިފަދަ ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، ސޫރިޔާ ސިފައިންގެ ހަތަރުވަނަ ޑިވިޜަންގެ އިސްވެރިޔާ އަދި ބައްޝާރުލް އަސަދުގެ ކޮއްކޮ މާހިރު ހިމެނޭހެން، ކުރީގެ އަސްކަރީ އަދި ސަލާމަތީ ހަ އޮފިޝަލަކު ޣައިރު ހާޒިރުގައި ކުރި ޝަރީއަތަށްފަހު އެ މީހުން މަރަންވެސް ވަނީ ހުކުމްކޮށްފަ އެވެ.

ސޫރިޔާގެ އިދިކޮޅު ހަރަކާތްތައް ފެށުނު ދަރްއާ ޕްރޮވިންސްގެ ސިޔާސީ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔަކަށް ހުރި އާތިފް ނަޖީބުވެސް ވަނީ މަރަން ހުކުމްކޮށްފަ އެވެ. އޭނާއަކީ ކޯޓަށް ހާޒިރުކުރެވުނު ހަމައެކަނި ކުރީގެ ސަލާމަތީ އޮފިޝަލެވެ.

އދ. އިން މަރުގެ އަދަބާ ދެކޮޅު ހެދި ނަމަވެސް، އިންސާފާއި ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުވެ، ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިވާނެ ކަމަށް މިދިޔަ ހަފުތާގައި އެ އިދާރާއިން ބުނެފައިވެ އެވެ.

ބައްޝާރުލް އަސަދު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޝިޔާއަށް ފިލައިގެން ގޮސްފައިވަނީ އޭނާގެ އަރިސް މަދު ބަޔަކާއެކުގަ އެވެ. އޭނާ ފިލައިގެން ދިޔައީ ސަރުކާރުގެ އިސްވެރިންނާއި ސަލާމަތީ އޮފިޝަލުން ދޫކޮށްލުމަށްފަހުގަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އަވަށްޓެރި ގައުމުތަކަށް ފިލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މަސްދަރު: އޭއެފްޕީ

ބައްޝާރު އަލް-އަސަދްވަސީމް އަލް އަސަދުސޫރިޔާ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

11 އޯގަސްޓު 2026
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
26 ޖުލައި 2026

ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ

26 ޖުލައި 2026
ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
07 ޖުލައި 2026

ފަރަންސޭސި ރައީސް ދިމިޝްގުގައި ހުންނެވި ހޮޓާ ކައިރީގައި ބޮންތަކެއް ގޮއްވާލައިފި

07 ޖުލައި 2026
ފަރަންސޭސި ރައީސް ދިމިޝްގުގައި ހުންނެވި ހޮޓާ ކައިރީގައި ބޮންތަކެއް ގޮއްވާލައިފި
02 ޖުލައި 2026

ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

02 ޖުލައި 2026
ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
25 ޖޫން 2026

ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި

25 ޖޫން 2026
ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި
31 މާރިޗު 2026

ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

31 މާރިޗު 2026
ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް