Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ

ދިމިޝްގުގައި ސަލާމަތީ އޮފިޝަލުން ދަތުރު ކުރަމުން ދިޔަ ބަހެއްގައި ބޮމެއް ގޮއްވާލައިފި

23 އޯގަސްޓު 2026 | އާދީއްތަ 04:21

ސީރިއާގެ ސަރުކާރު ނޫސް އެޖެންސީ ސަނާ އިން ބުނީ، ދިމިޝްގު ކައުންޓްރީސައިޑްގައި މާރޫނާ-އަލް ތާލް ރޯޑުގައި އިންޓާނަލް ސިކިއުރިޓީ ފޯސްގެ މުވައްޒަފުން ދަތުރުކުރި ބަހަކަށް ބޮމުގެ ހަމަލާއެއް އަމާޒުވެ، އެތައް ބަޔަކު އަނިޔާވެފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 04:21
ބޮމުގެ ހަމަލާގެ ސަބަބުން ގެއްލުންވެފައިވާ ބަހެއް

ބޮމުގެ ހަމަލާގެ ސަބަބުން ގެއްލުންވެފައިވާ ބަހެއް | ސޯޝަލް މީޑިއާ

ސީރިއާގެ ވެރިރަށް ދިމިޝްގު ކައިރީގައި ސިކިއުރިޓީ ބާރުތަކުގެ މުވައްޒަފުން ދަތުރުކުރި ބަހެއްގައި ބޮމެއް ގޮއްވާލައި، ގިނަ ބަޔަކު ޒަޚަމުވެފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އިން ރިޕޯޓުކޮށްފި އެވެ.  

ސީރިއާގެ ސަރުކާރު ނޫސް އެޖެންސީ ސަނާ އިން ބުނީ، ދިމިޝްގު ކައުންޓްރީސައިޑްގައި މާރޫނާ-އަލް ތާލް ރޯޑުގައި އިންޓާނަލް ސިކިއުރިޓީ ފޯސްގެ މުވައްޒަފުން ދަތުރުކުރި ބަހަކަށް ބޮމުގެ ހަމަލާއެއް އަމާޒުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. 

ސީރިއާގެ ނޫސް އެޖެންސީ އިން އިތުރަށް ބުނީ، މި ހަމަލާއާ ގުޅިގެން ބާރުތަކުން ތަހުގީގު ކުރަމުންދާ ކަމަށާއި، މި ހަމަލާގައި ބައިވެރިވި ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ވަގުތުން ހާމަކޮށްފައި ނުވެ އެވެ. 

ސަނާ އިން އާމްމުކުރި ފޮޓޯތަކުން ފެންނަނީ މަގުގެ ދެ ފަރާތުގައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ދެ ބަސް އޮންނަ މަންޒަރެވެ. ބަހުގެ ކުޑަދޮރުތަކާއި ދޮރުތަކުގެ ތެރެއިން އެއް ދޮރު ވަނީ ގޮއްވާލާފައި އެވެ. ކުރީ ސީޓުތަކުގައި ކުޑަދޮރުތަކުގެ ބިލޫރިތައް ހުރި މަންޒަރު ވެސް ފެނެ އެވެ.

ސީރިއާގެ ބާރުތަކަށް ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ދިގު މުއްދަތަކަށް ވެރިކަން ކުރި ބަޝާރު އަލް އަސަދު ވެރިކަމުން ވައްޓާލުމަށްފަހު އެވެ. ދިމިޝްގު އާއި އެ ސަރަހައްދުގެ ކައިރި ސަރަހައްދުތަކުގައި އެތައް ހަމަލާއެއް ހިންގާފައިވެ އެވެ.

އޯގަސްޓް މަހު ދިމިޝްގު ކައިރީގައި ހުންނަ ޖަރަމާނާ ސިޓީގައި ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން ޒަޚަމުވެފައިވެ އެވެ.

ޖުލައި މަހު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ސީރިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދިމިޝްގަށް ވަޑައިގެން ހުންނެވި ހޮޓާ ކައިރީގައި ދެ ބޮމެއް ގޮއްވާލި އެވެ. އެހެން ނަމަވެސް، އެ ވަގުތު މެކްރޮން ހުންނެވީ ހޮޓަލުން ބޭރުގައި އެވެ.  

މި ހަމަލާތަކުން ސީރިއާގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބާރުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ހާމަވެ އެވެ.

މަސްދަރު: އޭއެފްޕީ

ސޫރިޔާދިމިޝްގު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި

18 އޯގަސްޓު 2026
ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި
11 އޯގަސްޓު 2026

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

11 އޯގަސްޓު 2026
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
26 ޖުލައި 2026

ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ

26 ޖުލައި 2026
ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
07 ޖުލައި 2026

ފަރަންސޭސި ރައީސް ދިމިޝްގުގައި ހުންނެވި ހޮޓާ ކައިރީގައި ބޮންތަކެއް ގޮއްވާލައިފި

07 ޖުލައި 2026
ފަރަންސޭސި ރައީސް ދިމިޝްގުގައި ހުންނެވި ހޮޓާ ކައިރީގައި ބޮންތަކެއް ގޮއްވާލައިފި
02 ޖުލައި 2026

ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

02 ޖުލައި 2026
ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
25 ޖޫން 2026

ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި

25 ޖޫން 2026
ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް