Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސާކް

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި

ސައުތު އޭޝިއަން ޔުނިވާސިޓީ (އެސްއޭޔޫ) އަށް ދައްކަންޖެހޭ ފައިސާ 2021 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުން ދައްކާފައި ނުވާތީ، އެ ގައުމުގެ ދަރިވަރުންނަށް ދެމުން އައި ސްކޮލަޝިޕްތައް ހަމަހަމަ އުސޫލެއް ގާއިމުކުރުމުގެ ގޮތުން މިހާރު ވަނީ މެދުކަނޑާލާފައި. އިންޑިއާއިން ތާލިބާން ސަރުކާރު ބަލައިގެންފައި ނުވުމުން ފައިސާގެ މުއާމަލާތްތައް ކުރާނެ ރަސްމީ މަގެއް ނެތް ނަމަވެސް، އެހެން ފަރާތަކުން ފައިސާ ދައްކައިދީފިނަމަ ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ ލިބިއްޖެނަމަ އަފްޣާން ދަރިވަރުންނަށް ފުރުސަތު ދޭން ޔުނިވާސިޓީން އޮތީ ތައްޔާރަށް. މިދިޔަ އަހަރުތަކުގައި ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކުން ގަވާއިދުން ފައިސާ ދައްކާފައިވާއިރު، މިފަހަރުގެ އެޑްމިޝަންގައި އެއްވެސް އަފްޣާން ދަރިވަރަކަށް ޖާގަ ލިބިފައެއް ނުވޭ.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 06:45
ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) - ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަ ޔުނިވަރސިޓީއެއް ގާއިމުކުރުމުގެ ޚިޔާލަށް ސާކްގެ ހުރިހާ މެންބަރު ގައުމުތަކަކުން ތާއީދުކޮށް މި ޔުނިވަރސިޓީ ގާއިމުކުރުމާ ގުޅޭ އިންޓަރ-މިނިސްޓީރިއަލް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2007 އޭޕްރީލް 4 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ސާކްގެ 14 ވަނަ ސަމިޓުގެ ތެރެއިން.

ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) - ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަ ޔުނިވަރސިޓީއެއް ގާއިމުކުރުމުގެ ޚިޔާލަށް ސާކްގެ ހުރިހާ މެންބަރު ގައުމުތަކަކުން ތާއީދުކޮށް މި ޔުނިވަރސިޓީ ގާއިމުކުރުމާ ގުޅޭ އިންޓަރ-މިނިސްޓީރިއަލް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2007 އޭޕްރީލް 4 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ސާކްގެ 14 ވަނަ ސަމިޓުގެ ތެރެއިން. | އެސްއޭޔޫ

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ (އެސްއޭޔޫ) އަށް އަފްޣާނިސްތާނުން ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ގައުމުގެ ދަރިވަރުންނަށް ދެމުން އައި ސްކޮލަޝިޕްތައް އެ ޔުނިވާސިޓީން މެދުކަނޑާލައިފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ އަފްޣާނިސްތާނުން ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ގައުމުގެ ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ލިބެމުންދާތީ އެކަމާ މެދު ބޫޓާނުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އެސްއޭޔޫގެ ރައީސް ކޭ.ކޭ. އަގަރްވާލް ވިދާޅުވީ، މާލީ ގޮތުން ހިއްސާނުވާ ގައުމަކަށް ސްކޮލަޝިޕްގެ މަންފާ ލިބެމުންދިއުމަކީ އިންސާފެއް ނޫން ކަމަށް ބޫޓާނުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން، މެންބަރު ހުރިހާ ގައުމުތަކަކާ މެދުވެސް އަމަލުކުރަންޖެހޭނީ އެއް ހަމައަކުން ކަމަށްވާތީ، އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް ހުއްޓާލަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިސާ ގަވާއިދުން ދައްކަމުންދާ ގައުމުތަކުން ވަނީ މިކަމާ މެދު އިއުތިރާޒުކޮށްފައި. ހުރިހާ ގައުމުތަކަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ، ސްކޮލަޝިޕްތައް މެދުކަނޑާލަން ނިންމީ،" 'ދަ ޓައިމްސް އޮފް އިންޑިއާ' އަށް ދެއްވި އިންޓަވިއުއެއްގައި އަގަރްވާލް ވިދާޅުވިއެވެ.

ޔުނިވާސިޓީގެ މާލީ ރެކޯޑުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުން އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެ އެވެ. އެ ގައުމުން އެންމެ ފަހުން ފައިސާ ދައްކާފައިވަނީ 2020 ވަނަ އަހަރު އެވެ. އެއީ 307,000 އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ސްރީލަންކާއިން ވެސް 2021 އިން ފެށިގެން ފައިސާ ދައްކާފައި ނުވި ނަމަވެސް، ޔުނިވާސިޓީން ބުނީ އެއީ ފައިސާ ނުދައްކަން އުޅުން ނޫން ކަމަށާއި، އެއީ ފައިސާ ދެއްކުން ލަސްވުމުގެ މައްސަލައެއް ކަމަށެވެ. ޕާކިސްތާނުން ގިނަ އަހަރުތަކެއް ވަންދެން ފައިސާ ނުދައްކާ އޮތުމަށްފަހު، 2025 ވަނަ އަހަރު ވަނީ 69,921 ޑޮލަރުގެ ޕޭމަންޓެއް ދައްކާފައެވެ.

ކަމާބެހޭ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިވަގުތު އެސްއޭޔޫގައި ޕާކިސްތާނުގެ އެއްވެސް ދަރިވަރަކު ތައުލީމު ހާސިލުކުރަމުންނެއް ނުދެ އެވެ.

އަގަރްވާލް އިތުރަށް ވިދާޅުވީ، އަފްޣާނިސްތާނުގެ ފައިސާގެ މައްސަލަ ހައްލުނުކުރެވި އޮތީ، އެ ގައުމުގައި މިހާރު އޮތް އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން (އައިއީއޭ) ނުވަތަ ތާލިބާން ސަރުކާރު އިންޑިއާއިން ރަސްމީކޮށް ބަލައިގެންފައި ނުވާތީ އެވެ. މީގެ ސަބަބުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކުރާނެ ރަސްމީ މަގެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އިންޑިއާ ސަރުކާރުން ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފައި ނުވާތީ، ފައިސާގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ގައުމާ ވާހަކަދެއްކޭނެ ރަސްމީ ނިޒާމެއް ޔުނިވާސިޓީއަކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ސްކޮލަޝިޕް ޕްރޮގްރާމް ހުއްޓާލި ނަމަވެސް، އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފިނަމަ، އެ ގައުމުގެ ދަރިވަރުންނަށް، ހާއްސަކޮށް އަންހެން ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުރުސަތު ދޭން ތައްޔާރަށް އޮތް ކަމަށް އަގަރްވާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަން ބޭނުންވެގެން އަދިވެސް މެސެޖު ކުރަމުންދެ އެވެ. ނަމަވެސް އަންހެނުންނަށް ތައުލީމު އުނގެނުމުގައި އޮތް ހުރަސްތަކާއި ވިސާގެ ދަތިތަކާ ހުރެ ގިނަ ކުދިންނަށް ދަތުރުކުރެވޭ ގޮތް ނުވަނީ އެވެ.

"އަފްޣާނިސްތާނުގެ ގިނަ ދަރިވަރުންތަކެއް، ހާއްސަކޮށް އަންހެން ކުދިން، މިތަނުގައި ކިޔަވަން ބޭނުންވެގެން އީމެއިލް ކުރޭ. އެކަމަކު އަންހެނުން ކިޔެވުން މަނާކޮށްފައި އޮތުމާއި ވިސާގެ މައްސަލަތަކާ ހުރެ އެކުދިންނަށް އާދެވޭ ގޮތެއް ނުވޭ. ގައުމެއްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ތައުލީމު ނުލިބޭނަމަ އެ ގައުމެއް ކުރިއަރާނީ ކިހިނެއް؟" އޭނާ ވިދާޅުވި އެވެ.

އަގަރްވާލް އިތުރަށް ވިދާޅުވީ، ސާކްގެ އެހެން މެންބަރު ގައުމަކުން ނުވަތަ ބޭރުގެ އެހީދޭ އިދާރާއަކުން އަފްޣާނިސްތާނުގެ ހިއްސާ ދައްކައިދޭން އެއްބަސްވެއްޖެނަމަ، އަލުން ސްކޮލަޝިޕްތައް ދޭން ފަށާނެ ކަމަށެވެ. އަދި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީން ދޭ އައިސީސީއާރު ސްކޮލަޝިޕްތައް، އެސްއޭޔޫގައި ކިޔަވަން ބޭނުންވާ އަފްޣާން ދަރިވަރުންނަށް ފުޅާކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

2021 ވަނަ އަހަރުން ފެށިގެން 2026 ޖޫން 30 އާ ހަމައަށް ޔުނިވާސިޓީއަށް ލިބުނު ފައިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް ދީފައިވަނީ އިންޑިއާއިންނެވެ. އެއީ 65.91 މިލިއަން ޑޮލަރެވެ. ބަންގްލަދޭޝްއިން 2.99 މިލިއަން ޑޮލަރު ދީފައިވާއިރު، ދިވެހިރާއްޖެއިން ވަނީ 1.82 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ބޫޓާނުން 1.35 މިލިއަން ޑޮލަރު، ނޭޕާލުން 1.26 މިލިއަން ޑޮލަރު އަދި ޕާކިސްތާނުން 136,810 ޑޮލަރު ހިއްސާކޮށްފައިވެ އެވެ.

އެސްއޭޔޫއަށް ދަރިވަރުން ހޮވާ އުސޫލަކީ، ކޮންމެ ގައުމަކުން ދައްކާ ފައިސާގެ ނިސްބަތަށް ބަލައިގެން ޖާގަ ކަނޑައެޅުމެވެ. އެގޮތުން އިންޑިއާއަށް 50 އިންސައްތަ ޖާގަ ލިބޭއިރު، ބަންގްލަދޭޝް އަދި ޕާކިސްތާނަށް ކޮންމެ ގައުމަކަށް 10 އިންސައްތަ ޖާގަ ލިބެއެވެ. އަފްޣާނިސްތާން، ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކޮންމެ ގައުމަކަށް 4 އިންސައްތަ ޖާގަ ކަނޑައަޅާފައިވާއިރު، ބާކީ 10 އިންސައްތަ ޖާގަ ހާއްސަކޮށްފައިވަނީ ސާކް ސަރަހައްދުން ބޭރުގެ ދަރިވަރުންނަށެވެ.

ޔުނިވާސިޓީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2024-25 ވަނަ ދިރާސީ އަހަރު އެސްއޭޔޫގައި ކިޔަވަމުންދިޔައީ އަފްޣާނިސްތާނުގެ 10 ދަރިވަރުންނާއި، ބަންގްލަދޭޝްގެ 23 ދަރިވަރުންނާއި، ބޫޓާނުގެ 12 ދަރިވަރުންނާއި، އިންޑިއާގެ 526 ދަރިވަރުންނާއި، ނޭޕާލުގެ 25 ދަރިވަރުން އަދި ސްރީލަންކާގެ 3 ދަރިވަރުންނެވެ. ޕާކިސްތާނާއި ދިވެހިރާއްޖޭގެ އެއްވެސް ދަރިވަރަކު އެ އަހަރު ކިޔަވާފައެއް ނުވެއެވެ.

2026 ވަނަ އަހަރުގެ އެޑްމިޝަނަށް ބަލާއިރު، އަފްޣާނިސްތާނުގެ ދަރިވަރުންގެ ފަރާތުން 157 އެޕްލިކޭޝަން ލިބިފައިވެ އެވެ. މީގެ ތެރޭގައި ފުރަތަމަ ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއަށް އެދި ހުށަހެޅި ކުދިން ހިމެނެ އެވެ. ނަމަވެސް، އެއްވެސް އަފްޣާން ދަރިވަރަކަށް މިފަހަރު ޔުނިވާސިޓީއަށް ވަނުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

މިފަހަރު އަލަށް ގުޅުނު ދަރިވަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 73 ދަރިވަރުންނާއި، ނޭޕާލުގެ 7 ދަރިވަރުންނާއި، ބަންގްލަދޭޝްގެ 6 ދަރިވަރުން އަދި ސްރީލަންކާގެ 2 ދަރިވަރުންނެވެ. އަފްޣާނިސްތާން، ބޫޓާން، ޕާކިސްތާން، ދިވެހިރާއްޖެ އަދި ސާކް ސަރަހައްދުން ބޭރުގެ އެއްވެސް އާ ދަރިވަރަކު މިފަހަރު ޔުނިވާސިޓީއާ ގުޅިފައެއް ނުވެ އެވެ.

އަފްޣާނިސްތާންސައުތު އޭޝިއަން ޔުނިވާސިޓީބޫޓާންސާކްތާލިބާން

އިތުރަށް ކިޔާލަން

03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

ސާކް އެގްރިކަލްޗަރ ސެންޓަރާއި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީ ގުޅިގެން މާލޭގައި ބޭއްވި ސަރަހައްދީ ބައްދަލުވުމުގައި، ދެކުނު އޭޝިއާގެ ކަނޑުގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރި. މޫސުމީ ބަދަލުތަކާއި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ވަކިވަކި ގައުމުތަކުން ކުރާ މަސައްކަތުގެ ބަދަލުގައި ސަރަހައްދީ ފެންވަރުގެ ވަރުގަދަ އޮނިގަނޑެއް އެކުލަވާލުމަށް މި ބައްދަލުވުމުގެ ބައިވެރިން ވަނީ ގޮވާލާފައި. .

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
29 ޖޫން 2026

ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި، 36 މީހަކު މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 36 މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ތާލިބާން ސަރުކާރުން ވަނީ ހާމަކޮށްފައި. ޕާކިސްތާނުން މި ހަމަލާތައް އަމާޒުކުރީ އެ ގައުމަށް ހަމަލާދޭ ހަނގުރާމަވެރި ޖަމާއަތްތަކަށް ކަމަށް ބުނި ނަމަވެސް، އަފްޣާނިސްތާނުން ވަނީ އެ ގައުމުގެ ބިމުގައި ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައި.

29 ޖޫން 2026
ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި، 36 މީހަކު މަރުވެއްޖެ
20 ޖޫން 2026

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ބަންނޫ ޑިސްޓްރިކްޓްގައި ދިން ދެ ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، މިއީ ހަނގުރާމަވެރި ޓީޓީޕީން ދިން ހަމަލާތަކެއް ކަމަށް ބެލެވޭ. މިފަދަ ހަމަލާތައް އިތުރުވަމުންދާތީ ޕާކިސްތާނުން އަފްޣާނިސްތާނަށް ތުހުމަތުތަކެއް ކުރަމުންދާއިރު، މީގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވެ އަސްކަރީ ކުރިމަތިލުންތަކަކަށް ވަނީ މަގުފަހިވެފައިވޭ. ނަމަވެސް އަފްޣާން ސަރުކާރުން ވަނީ އެ ގައުމުގެ ބިން ހަނގުރާމަވެރިން ބޭނުންކުރާ ކަމަށް ބުނާ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައި.

20 ޖޫން 2026
ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ
19 ޖޫން 2026

އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި

ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހުރި އައިއެސް-ކޭގެ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައި. މި ހަމަލާތަކަކީ އަފްޣާނިސްތާނުގެ ސަލާމަތަށް ނުރައްކާކުރާ ޖަމާއަތްތަކާ ދެކޮޅަށް ދިން ހަމަލާތަކެއް ކަމަށް ބުނި ނަމަވެސް، ޕާކިސްތާނުން ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައި. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެ، ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ އާންމުން ދަނީ މަރުވަމުން.

19 ޖޫން 2026
އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި
14 ޖޫން 2026

ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ

މި ހަމަލާ ތަކުގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި، އަންހެނަކާއި، އުމުރުން ދުވަސްވީ ފިރިހެނަކު ހިމެނޭއިރު، އިތުރު 14 އަންހެނުންނާއި ކުޑަކުދިން ޒަޚަމު ވެފައިވާ ކަމަށް ތާލިބާން ސަރުކާރުން ބުނޭ.

14 ޖޫން 2026
ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު