Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން-އަފްޣާނިސްތާން

ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ

މި ހަމަލާ ތަކުގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި، އަންހެނަކާއި، އުމުރުން ދުވަސްވީ ފިރިހެނަކު ހިމެނޭއިރު، އިތުރު 14 އަންހެނުންނާއި ކުޑަކުދިން ޒަޚަމު ވެފައިވާ ކަމަށް ތާލިބާން ސަރުކާރުން ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 08:53
ޕާކިސްތާން އިން ރޭގަނޑުގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކާ ގުޅިގެން، ގެއްލުން ލިބުނު މީހުން ހޯދުމުގެ މަސައްކަތް ތާލިބާނުންގެ ސަލާމަތީ ބާރު ތަކުން ކުރަމުން ގެންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

ޕާކިސްތާން އިން ރޭގަނޑުގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކާ ގުޅިގެން، ގެއްލުން ލިބުނު މީހުން ހޯދުމުގެ މަސައްކަތް ތާލިބާނުންގެ ސަލާމަތީ ބާރު ތަކުން ކުރަމުން ގެންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

ޕާކިސްތާނުގެ އަސްކަރިއްޔާ އިން އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދު ތަކަށް ދިން ވައިގެ ހަމަލާ ތަކެއްގައި، މަދުވެގެން 13 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމުވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ހާމަ ކުރެއްވި ގޮތުގައި، ޕާކިސްތާނުގެ އަސްކަރީ ޖެޓުތަކުން އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާ ދީފައި ވަނީ އިރުމަތީގައިވާ ކޮސްޓް، ކުނާރު، އަދި ޕަކްތީކާ ޕްރޮވިންސްގެ އާންމުން ދިރިއުޅޭ ގެދޮރަށެވެ.

މި ހަމަލާ ތަކުގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި، އަންހެނަކާއި، އުމުރުން ދުވަސްވީ ފިރިހެނަކު ހިމެނޭއިރު، އިތުރު 14 އަންހެނުންނާއި ކުޑަކުދިން ޒަޚަމު ވެފައިވާ ކަމަށް ތާލިބާން ސަރުކާރުން ބުނެ އެވެ.

މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރް ވިދާޅުވީ، މިއީ ޕާކިސްތާނުގެ އެތެރޭގައި ދެމުންދާ ބޭރުގެ އެހީތެރިކަން ލިބޭ ޓެރަރިސްޓް ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން ދެވުނު ހަމަލާ ތަކެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ތަހްރީކޭ ތާލިބާން ޕާކިސްތާންގެ 26 ހަނގުރާމަވެރިން މަރުވެ، އެ ޖަމާއަތުގެ ތަމްރީނު މަރުކަޒުތަކާއި ހަތިޔާރު ގުދަންތައް ހިމެނޭހެން ހަތަރު އަމާޒަކަށް ކާމިޔާބުކަމާ އެކު ހަމަލާ ދީފައި ވާނެ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ދަނީ ޓީޓީޕީގެ ހަނގުރާމަވެރިންނަށް އެ ގައުމުގެ ފަސްގަނޑުން ހިމާޔަތްދީ، ޕާކިސްތާންއާ ދެކޮޅަށް ހަމަލާ ދިނުމަށް ފުރުސަތު ފަހި ކޮށްދެމުންނެވެ. ނަމަވެސް، އަފްޣާނިސްތާނުން މި ތުހުމަތުތައް ދޮގު ކުރެ އެވެ.

މި ފަހުގެ ވައިގެ ހަމަލާ ތަކާ އެކު، އަވަށްޓެރި މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާ އަށް ބޮޑުވެފައި އެވެ. މިއަހަރުގެ ކުރީ ކޮޅުން ފެށިގެން ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ދެމުންދާ ހަމަލާ ތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރު ވެފައިވާއިރު، ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ވިޔަފާރި އާއި، އިންސާނީ އެހީ ފޯރު ކޮށްދިނުމަށް ބޮޑެތި ހުރަސް ތަކެއް ވަނީ ކުރިމަތި ވެފައި އެވެ.

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ އިން ވަނީ އެ ޤައުމުގައި ހުންނަވާ ޕާކިސްތާނުގެ ޑިޕްލޮމޭޓް ހާޒިރުކޮށް، ޝަކުވާ އުފުލާފަ އެވެ.

ޕާކިސްތާންއަފްޣާނިސްތާންޕާކިސްތާން-އަފްޣާނިސްތާން

އިތުރަށް ކިޔާލަން

13 ޖޫން 2026

އެމެރިކާ އީރާން ސުލްހައިގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން

13 ޖޫން 2026
އެމެރިކާ އީރާން ސުލްހައިގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން
10 ޖޫން 2026

ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
07 ޖޫން 2026

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި

07 ޖޫން 2026
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި
24 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

24 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު
24 މެއި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު

24 މެއި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު