Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު މައްސަލަ

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

29 އޯގަސްޓު 2026 | ހޮނިހިރު 13:58

ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާއެކު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވުމުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް ނަޝީދު ފާޅުކުރައްވައިފި. މި އިސްލާހާ ގުޅިގެން މަޓީ އާއި މަޓާޓޯގެ އިތުރުން، މުސާރަ އާއި ސަރވިސް ޗާޖު ރުފިޔާއިން ދިނުމާ ދެކޮޅަށް ރިސޯޓު މުވައްޒަފުން ވެސް ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 އޯގަސްޓު 2026 | ހޮނިހިރު 13:58
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މި ގައުމުގެ ވިޔަފާރިވެރިންނާއި ގައުމު ބަނގުރޫޓު ކުރަމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ތަނަވަސްކަން ހޯދެނީ ވިޔަފާރިވެރިޔާ ވެސް މަސައްކަތް ކުރާ މީހާ ވެސް ހުރީ ތީ ކަމަށެވެ. 

Advertisement - newsAdvertisement

ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ މަސައްކަތުން ހޯދާ މުއްސަނދިކަމެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެ މުއްސަނދިކަން ގުޅިފައި ވަނީ މުޅި ގައުމުގެ އެންމެންގެ ވެސް ތަނަވަސްކަމާ ކަމަށެވެ. އަދި  ވިޔަފާރިވެރިޔާ އަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ދިވެހި ރުފިޔާ އަށް މާރު ކުރުމަށް މަޖުބޫރު ކުރުމުން އެ ވިޔަފާރިތައް ދެކޮޅު ނުޖެހި، ބަނގުރޫޓު ވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވިޔަފާރިވެރިޔާ ބަނގުރޫޓު ވުމުން އެހެން މީހުންގެ ވަޒީފާތައް ގެއްލޭނެ ކަމަށާއި ރިސޯޓު ވިޔަފާރި އާއި ގުޅުން ހުރި ދެން ހުރި ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުގެ އާމްދަނީ އިން 40 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާއިތުވި ހަފުތާގައި ފާސްކޮށްފަ އެވެ. 

މި އިސްލާހުތަކާއި ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ދިވެހި ރުފިޔާ އިން ސަރވިސް ޗާޖް އަދި މުސާރަ ދިނުމާއި ދެކޮޅަށް މުވައްޒަފުން ޕެޓިޝަނެއްގައި ވަނީ ސޮއިކުރަން ފަށާފަ އެވެ. ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިސްނަގައިގެން ކުރިޔަށްގެންދާ މި ހަރަކާތާ ގުޅިގެން ހުކުރު ދުވަހު ޓީމްގެ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ބަޔާނުގައި އެ ޖަމިއްޔާގެ އެންމެހާ މެންބަރު ރިސޯޓުތަކާއި ޓީމްގެ މެންބަރު ނޫން ރިސޯޓުތަކުން ވެސް މި ޕެޓިޝަނުގައި ސޮއިކުރަން ވަނީ ބާރު އަޅައިފަ އެވެ.

ގާނޫނަށް ގެންނަ މި އިސްލާހުގެ ސަބަބުން ޓީމްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީމުހައްމަދު ނަޝީދުޑޮލަރުގެ މައްސަލަ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު

29 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު
29 އޯގަސްޓު 2026

އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!

29 އޯގަސްޓު 2026
އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
28 އޯގަސްޓު 2026

މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު

28 އޯގަސްޓު 2026
މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު
27 އޯގަސްޓު 2026

މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު

27 އޯގަސްޓު 2026
މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
26 އޯގަސްޓު 2026

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް

26 އޯގަސްޓު 2026
ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް
25 އޯގަސްޓު 2026

ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ

25 އޯގަސްޓު 2026
ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ
25 އޯގަސްޓު 2026

އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު
25 އޯގަސްޓު 2026

އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް