Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމީރާ

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!

21 ސެޕްޓެމްބަރު 2026 | ހޯމަ 05:15

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖީޖީއެސްޓީ އާއި ޓޫރިޒަމް ބިމު ކުލި. މީގެ ތެރެއިން 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ސެޕްޓެމްބަރު 2026 | ހޯމަ 05:15
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) | މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.50 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނީ  ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.50 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 8.25 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 6.24 ބިލިއަން ރުފިޔާ ކަމަށެވެ.

ޓެކްސްގެ ބާކީ ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޖީޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.59 ބިލިއަން ރުފިޔާ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 1.94 ބިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 1.56 ބިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސްތަކުގެ ގޮތުގައި 1.15 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 5.97 ބިލިއަން ރުފިޔާގެ ޓޫރިޒަމް ލޭންޑް ރެންޓެވެ.

އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ދައުލަތަށް ނުލިބޭ ފައިސާގެ ބޮޑު އަދަދެއް އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް ވުމެވެ. އެގޮތުން އެސްއޯއީތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 3.82 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރޭގައި 3.76 ބިލިއަން ރުފިޔާގެ ޓެކްސް ހިމެނެ އެވެ.

ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިއަހަރުގެ އޮގަސްޓް މަހުގަ އެވެ.

މި ގާނޫނުގައި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް އުސޫލުތައް އިތުރަށް ހަރުދަނާކޮށްފައިވެ އެވެ. މިގޮތުން، ޓެކުހާގުޅޭ ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު ހުރި ކޮންމެ ފަރާތަކުން، އެ މައުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. 

މި އިސްލާހުގައި ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޓެކްސް ބަޔާން ހުށަހެޅުމަށް ދެވޭނެ މުއްދަތުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިހުތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަމާއި، އެކަމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

ގާނޫނު އިތުރަށް ހަރުދަނާ ކޮށްފައިވީ ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ މިންވަރު ވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފަ އެވެ. އެގޮތުން 2026 ވަނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މީރާ އިން ބުނެ އެވެ. މިހާރު އެ އަދަދު ވަނީ 14.5 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. 

މީރާޓީޖީއެސްޓީޖީއެސްޓީ އާމްދަނީ ޓެކުސް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!

18 ސެޕްޓެމްބަރު 2026
މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!
16 ސެޕްޓެމްބަރު 2026

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަލިބޭ: ރައީސް ނަޝީދު

16 ސެޕްޓެމްބަރު 2026
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަލިބޭ: ރައީސް ނަޝީދު
06 ސެޕްޓެމްބަރު 2026

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

06 ސެޕްޓެމްބަރު 2026
ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި
31 އޯގަސްޓު 2026

މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި

31 އޯގަސްޓު 2026
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

30 އޯގަސްޓު 2026

މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފި! މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެއް!

30 އޯގަސްޓު 2026
މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފި! މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެއް!
25 އޯގަސްޓު 2026

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް