Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026 | އަންގާރަ 13:19

ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އިން ފާސްކޮށްފި. ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވަނީ އެ ބިލުގެ 64 ވަނަ މާއްދާގެ (ރ) އުނިކުރުމަށް ހުށަހަޅުއްވާފަ. އެ އިސްލާހާއެކު އެ ބިލު ކޮމިޓީ އިން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އޯގަސްޓު 2026 | އަންގާރަ 13:19
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާޖި ގެނައުމުގެ ބިލު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާޖި ގެނައުމުގެ ބިލު ދިރާސާކުރުން | ރާއްޖެއެމްވީ

ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އިން ފާސްކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ މި ބިލަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، އެ ކޮމިޓީ އަށް ފޮނުވާފައިވާ ބިލެކެވެ. 60 މެންބަރުންގެ އިއްތިފާގުން ފާސްކޮށް ކޮމިޓީ އަށް ހުށަހެޅި މި ބިލު، އޭގެ އެއް އަހަރު ފަހުން ދިރާސާކޮށް ނިންމާފައިވާއިރު ކޮމިޓީ އިން ވަނީ ބިލަށް ބައެއް އިސްލާހުތަކެއް ވެސް ގެނަސްފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވަނީ އެ ބިލުގެ 64 ވަނަ މާއްދާގެ (ރ) އުނިކުރުމަށް ހުށަހަޅުއްވާފަ އެވެ. މެންބަރު ވިދާޅުވި ގޮތުގައި އެ މާއްދާ އުނިކުރަން ހުށަހެޅުއްވީ، އެ މާއްދާ ބިލުގައި އޮތީ، މިހާރު ވެސް ގާނޫނުގައި އެ މާއްދާ އޮތް ގޮތަށް ކަމަށްވާތީ ކަމަށެވެ. އެހެންކަމުން އަލުން އެ ބިލުގައި އެ މާއްދާ ހިމެނުމުގެ ބޭނުމެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ. އެ އިސްލާހާއެކު އެ ބިލު ކޮމިޓީ އިން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. 

ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހެޅި މި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބޭ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުން ހިމެނެ އެވެ.

ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ ގޮތުގައި މީގެ ކުރިން ޖަލަށްލައި ޖޫރިމަނާއެއް ނުކުރެ އެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 250،000 ރުފިޔާ އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.

އެ ބިލުގައި ހިމަނާފައިވާ ބަދަލުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމުގެ ބައި، 15 ވަނަ ބާބަށް ބައެއް ބަދަލުތައް ގެނައުން ހިމެނެ އެވެ. އެގޮތުން އެ މާއްދާގެ (ކ) ގެ ފަހަތަށް ތިން އަކުރު އިތުރުކުރަން މި ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބައިގައި މި ގާނޫނުގެ ސިއްރު ހިފެހެއްޓުމާއި ގުޅޭ މާއްދާ، (15) ވަނަ މާއްދާގެ ޓެކްސް ނެގުމާއި ބެހޭ ގާނޫނުތައް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އެހެން މުވައްޒަފަަކަށް ވަޒީފާ އަދާކުރުމަށް ބޭނުން ކުރާ މައުލޫމާތު އެހެން ފަރާތަކާއި ހިއްސާކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އަދި ހަމަ އެހެންމެ ބޭރުގެ ގައުމެއްގައި ނުވަތަ ސަރަހައްދުގައި ހިންގާ ގާނޫނެއްގެ ދަށުން އެ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ނަގާ ޓެކްސް އާއި މެދު އެ ސަރަހައްދެއްގައި ޓެކްސް ގާނޫނު ހިންގުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް ރާއްޖޭގެ ޓެކްސް ދައްކަން ޖެހޭ މައުލޫމާތު ވެސް ސިއްރުކުރަން ވާނެ ކަަަމަށް ބުނެފައި ވެ އެވެ.

މީގެ އިތުރުން މައުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭ ގޮތަށް ތަފާސްހިސާބުގައި ހިމަނަން ހާމަކުރާ މައުލޫމާތު ވެސް ސިއްރުކުރަން ވާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އެފަދަ ހާލަތެއްގައި މީރާގެ މުވައްޒަފަކު ހާމަކުރާ މައުލޫމާތުގެ ސިއްރުކަން އެ މައުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަން ވާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އަދި އެ މައުލޫމާތު ލިބޭ ފަރާތުން ތިން ވަނަ ފަރާތަކާއި އެކަން ހިއްސާކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެ އެވެ.

މި ބިލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ސަރުކާރުން މިކަން މި ކުރަނީ ސީދާ ސަރުކާރަށް ފައިސާ ބޭނުން ވެގެންނެވެ. އަދި ސަރުކާރުން އުޅެނީ ގަދަކަމުން ފެލާލައިގެން ވެސް ރުފިޔާ ނެގޭތޯ ކަމަށާއި އެއީ ފަހަރެއްގައި ޓެކްސް އޮތޯރިޓީގެ ކޮމިޝަނަރުގެ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މީރާއިގުތިސާދީ ކޮމިޓީމުހައްމަދު މަމްދޫހުޓެކްސް ނެގުމާބެހޭ ޤާނޫނުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
24 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!

24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!
23 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!

23 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!
23 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026
މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
19 އޯގަސްޓު 2026

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!

19 އޯގަސްޓު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި

18 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް