Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖީއެސްޓީ

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026 | އަންގާރަ 07:12

ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓްރެވަލް އެޖެންޓުން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި. މި ބަދަލާއެކު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އުސޫލުން ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ވިއްކާ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތަކުން ވެސް ޓެކްސް ނެގޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޯގަސްޓު 2026 | އަންގާރަ 07:12
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ | ރާއްޖެއެމްވީ

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުގެ ތެރެއިން 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Advertisement - newsAdvertisement

އެ ބިލުގައި ވަނީ ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފަ އެވެ. އަދި ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ. 

މި ބިލުގެ މައިގަނޑު މަގުސަދެއް ކަމަށް ބުނެފައި ވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްސް ނެގުމުގައި ބޭނުންކުރާ ’ޑެސްޓިނޭޝަން ޕްރިންސިޕަލް‘ ރާއްޖޭގައި ތަންފީޒުކުރުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެއް ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފަ އެވެ. މީގެ މާނައަކީ ހިދުމަތް ލިބިގަންނަ ނުވަތަ ބޭނުންކުރާ ގައުމުގައި އެ ހިދުމަތަކުން ޓެކްސް ނެގުމެވެ.

އެ ބިލުގައި ވަނީ ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފަ އެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުން ކަން ވެސް ބިލުގައި ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ހިމަނައި، ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވެސް ތަފްސީލު ކޮށް ވަނީ ބަޔާން ކޮށްފަ އެވެ. 

ޖީއެސްޓީ 20 ވަނަ ރައްޔިތުންގެ މަޖިލީސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު

17 އޯގަސްޓު 2026
ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު
16 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި

16 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި
16 އޯގަސްޓު 2026

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު

16 އޯގަސްޓު 2026
ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު
15 އޯގަސްޓު 2026

ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
13 އޯގަސްޓު 2026

އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް

13 އޯގަސްޓު 2026
އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް
12 އޯގަސްޓު 2026

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026
ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
29 ޖުލައި 2026

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

29 ޖުލައި 2026
މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!
29 ޖުލައި 2026

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް