Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ނެގުމުގެ ގާނޫނު

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026 | ހޯމަ 12:09

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ރާއްޖޭން ބޭރުގެ ބުކިންގ ޕްލެޓްފޯމްތަކާއި އޭޖެންޓުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން 17 އިންސައްތައިގެ ރޭޓުން ޖީ.އެސް.ޓީ ނަގަން ވަނީ ނިންމާފައި. މި ބަދަލަށް ޢަމަލުކުރަން ފަށާނީ 1 އޮކްޓޫބަރު 2026 އިން ފެށިގެން ކަމަށްވާއިރު، މީގެ މައިގަނޑު މަޤުޞަދަކީ ޓެކްސް ނިޒާމު ހަރުދަނާކޮށް ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުން ކަމަށް ބުނޭ

ރާއްޖެ އެމްވީ | 31 އޯގަސްޓު 2026 | ހޯމަ 12:09
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި | ރައީސް އޮފީސް

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 23 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިންނެވެ.

Advertisement - newsAdvertisement

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުމަށްޓަކައި، އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މި ބިލުގައި ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ޚިދުމަތަކީ ކޮބައިކަން ބަޔާންކޮށްފައިވެ އެވެ. މި އިޞްލާޙާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީ.އެސް.ޓީ ނެގޭނެ މުދަލާއި ޚިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

މި އިޞްލާޙު އަމާޒުކުރެވެނީ، އޯފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގުމަށެވެ. އެގޮތުން، އެފަދަ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 (ސަތާރަ) އިންސައްތައިގެ ރޭޓުންނެވެ.

އަލަށް ތަޢާރަފްކުރެވޭ ޓެކްސް ނަގަން ފަށާނީ، 1 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ. އަދި މި އިޞްލާޙާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ އަންގަވާފަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލްފަތުރުވެރިކަންޓެކްސް ގާނޫނު

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި

31 އޯގަސްޓު 2026
ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި
31 އޯގަސްޓު 2026

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
31 އޯގަސްޓު 2026

މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު

31 އޯގަސްޓު 2026
މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު
30 އޯގަސްޓު 2026

ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް

30 އޯގަސްޓު 2026
ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް
30 އޯގަސްޓު 2026

އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
29 އޯގަސްޓު 2026

ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

29 އޯގަސްޓު 2026
ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
27 އޯގަސްޓު 2026

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

27 އޯގަސްޓު 2026
ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު
27 އޯގަސްޓު 2026

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޯގަސްޓު 2026
އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް