Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ

17 އޯގަސްޓު 2026 | ހޯމަ 08:10

ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި. މި އިސްލާހުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ބޭނުމަކީ ދިވެހި ކުންފުނިތަކަށް މަޝްރޫއުތައް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން. ނަމަވެސް، އިދިކޮޅު މެންބަރުން ވަނީ މި ބަދަލުން އެކަނި ދިވެހި ވިޔަފާރިތަކަށް އެދެވޭ ކުރިއެރުމެއް ނުލިބޭނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 އޯގަސްޓު 2026 | ހޯމަ 08:10
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.  

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނީ މި އިސްލާހަކީ މިހާރު ނަގަމުންދާ ޓެކްސް 5 އިންސައްތަ އިން 10 އިންސައްތަ އަށް އިތުރުކުރުމަށް ހުށައަޅާފައިވާ އިސްލާހެއް ކަމަށެވެ.

Advertisement - newsAdvertisement

މި ބިލު ސަރުކާރުން ހުށަޅާފައިވާ އިތުރު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނާ ދެމެދު ވާދަވެރި މާހައުލެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މަސައްކަތްތައް ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، ވިތްހޯލްޑިން ޓެކްސް ހަމައެކަނި 5 އިންސައްތަ އިން 10 އިންސައްތަ އަށް މަތިކުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ އިތުރު ފުރުސަތެއް ލިބިގެން ނުދާނެކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.

މި ބިލަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ހިނގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރު ޕްރޮޖެކްޓް ކަމަށްވާއިރު، އެ ބިން ހިއްކާ ކަމަށް ބުނަނީ އެމްއޭސީއެލް ނަމަވެސް، ހުރިހާ މަސައްކަތެއް ކުރަނީ ބޭރުގެ ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ހަމައެއާއެކު ރަށްރަށުގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަ ވެސް ސަރުކާރުން މިހާރު ހަވާލުކުރަމުންދަނީ ޗައިނާގެ ކުންފުނިތަކަށް ކަމަށެވެ.

މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓް ދިވެހި ކުންފުނިތަކަށް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ބޭރު ކުންފުނިތަކުގެ މަޝްރޫއުތަކުގައި ދިވެހި ކޮންޓްރެކްޓަރުންނަށް 30 އިންސައްތަގެ ސަބް ކޮންޓްރެކްޓެއް ދިނުމުގެ އިސްލާހެއް ހުށަހަޅައިފި ނަމަ ދިވެހި ކުންފުނިތަކަށް ލިބޭ މަސައްކަތްތައް އިތުރުވެގެން ދާނެކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ، ސަރުކާރުން ބޭރު ކުންފުނިތަކުން ގެންނަ އެކްސްކަވޭޓަރު އަދި އިތުރު މެޝިނަރީތަކުން ޑިއުޓީ ނުނަގާ ކަމަށެވެ. ނަމަވެސް ރާއްޖޭއަށް ނިސްބަތްވާ ކުންފުނިތަކުން މިފަދަ މެޝިނަރީތަކުން ޑިއުޓީ ނަގަމުންދާކަމަށް މެންބަރު ވިދާޅުވި އެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ޓެކްސް އިތުރު ކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 251 މިލިއަން ރުފިޔާ އިތުރުވާނެ އެވެ. ނަމަވެސް މި ގާނޫނަށް މި ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެނިގެންދާނީ މީގެ ތިން އަހަރު ނުވަތަ ހަތަރު އަހަރު ފަހުން ކަމަށް ސަރުކާރަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވަނީ ވިދާޅުވެފަ އެވެ. 

ވިތްހޯލްޑިން ޓެކްސްއާމްދަނީ ޓެކުސްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!
17 އޯގަސްޓު 2026

ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި

17 އޯގަސްޓު 2026
ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި
17 އޯގަސްޓު 2026

މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު

17 އޯގަސްޓު 2026
މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު
17 އޯގަސްޓު 2026

މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން

17 އޯގަސްޓު 2026
މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން
17 އޯގަސްޓު 2026

ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު

17 އޯގަސްޓު 2026
ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު
17 އޯގަސްޓު 2026

ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ނަތީޖާ ފެންނަން ތިން އަހަރު ނަގާނެ، ކުއްލިއަކަށް އާމްދަނީ ރަނގަޅުވެ ޤައުމަށް ޑޮލަރު ވަންނާނެކަމަށް ރައްޔިތުން ހީނުކުރާތި: ނަސީރު

17 އޯގަސްޓު 2026
ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ނަތީޖާ ފެންނަން ތިން އަހަރު ނަގާނެ، ކުއްލިއަކަށް އާމްދަނީ ރަނގަޅުވެ ޤައުމަށް ޑޮލަރު ވަންނާނެކަމަށް ރައްޔިތުން ހީނުކުރާތި: ނަސީރު
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
16 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި

16 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި
16 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި
16 އޯގަސްޓު 2026

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026
ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް