Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު

ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅެއް ނުވާނެ: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:17

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ޤައުމީ މަސްލަހަތު އިސްކުރާ އެއްވެސް މީހަކު އެ ޕާޓީގެ ފަލްސަފާއާ ދެބަސްނުވާނެ ކަމަށާއި، ޕާޓީގެ މައިގަނޑު އަސާސަކީ ވެސް އަދި އެތެރޭގެ ބަދަހިކަމުގެ ސިއްރަކީ ވެސް "ޤައުމު އިސްކުރުން" ކަމަށް

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:17
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ޤައުމީ މަސްލަހަތު އެންމެ އިސްކުރާ ކޮންމެ މީހަކަށްވެސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަލްސަފާއާ ދެބަސްވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޤައުމު އިސްކޮށްފިނަމަ، ރައްޔިތުންނަށްޓަކައި ޕީއެންސީން ކުރިއަށްގެންދަން ގަސްދުކުރާ ކަންކަމުގައި އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement
ޤައުމު އިސްކޮށްފިނަމަ، މި ޕާޓީގެ ފަލްސަފާއާއި މިސްރާބާ ދެބަސްވާނެ އެއްވެސް ޖާގައެއް ނޯންނާނެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރުކާރާއި މި ޕާޓީން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތަކުގައި އެންމެން އެއްބާރުލުން ދޭނެ. އެހެންކަމުން، އިރާދަކުރެއްވިއްޔާ ޕީއެންސީން ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމެއްގެ ފަހަތުގައިވާ އަސާސަކީ އަދި މައިގަނޑު ސިޔާސަތަކީ ވެސް ހަމަ މި ދެންނެވި އުސޫލު
ރައީސް މުއިއްޒު

ޕީއެންސީ ކުރިއަށްދާނީ "ޤައުމު އިސްކުރުން" މި ޝިއާރުގެ ދަށުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމުގައި ޕާޓީގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށެވެ. ޕާޓީ ބަދަހިކޮށް އޮތުމުގެ ސިއްރަކީ ވެސް އެންމެން މި މަޤްސަދުގައި ސާބިތުވެ ތިބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ކުރިން ވެރިކަން ކުރި، ޕީއެންސީއާ އިދިކޮޅު ފިކުރުތަކުން އެއްވެސް އިރެއްގައި ޤައުމީ މަސްލަހަތު އިސްކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް ފަހަރު އެ ފަރާތްތަކުން އިސްލާމްދީނުގެ އަސާސްތަކާ ޚިލާފަށް ވެސް މަސައްކަތްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤައުމުގެ އެންމެ މަތީ މަސްލަހަތަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަނީ ހަމައެކަނި ޕީއެންސީން ނެވެ. އެމަނިކުފާނު ވަނީ އެހެން ހުރިހާ ސިޔާސީ ފިކުރުތަކަކީ ޤައުމަށް ގެއްލުންދެނިވި ފިކުރުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އަދި ޕީއެންސީގެ ސިޔާސަތަކީ އިސްލާމީ އަގީދާ ނަގަހައްޓައި އެކަމަށް ވަކާލާތުކުރުން ކަމަށާއި، މިއީ އެހެން ސިޔާސީ ޕާޓީތަކާ ބަލާއިރު އުޑާއި ބިމާ ހާސް ތަފާތު ސިޔާސަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ޤައުމަށް ލިބޭނެ އެންމެ ބޮޑު މަންފާއަކީ ޕީއެންސީއާއެކު ކުރިއަށް ދިއުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވާހަކަފުޅު ނިންމަވާލެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުޕީއެންސީ މަތީ މަޖިލިސް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި

19 ސެޕްޓެމްބަރު 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި
18 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް

18 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް
18 ސެޕްޓެމްބަރު 2026

ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!

18 ސެޕްޓެމްބަރު 2026
ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!
18 ސެޕްޓެމްބަރު 2026

ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ނުލިބޭނެ: ދޮންބިލެތް

18 ސެޕްޓެމްބަރު 2026
ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ނުލިބޭނެ: ދޮންބިލެތް
18 ސެޕްޓެމްބަރު 2026

ފާއިތުވި އަށް މަސް ތެރޭ 10 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފި: ފިނޭންސް މިނިސްޓަރު

18 ސެޕްޓެމްބަރު 2026
ފާއިތުވި އަށް މަސް ތެރޭ 10 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފި: ފިނޭންސް މިނިސްޓަރު
18 ސެޕްޓެމްބަރު 2026

ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރަން ޖެހޭ: ފުއާދު

18 ސެޕްޓެމްބަރު 2026
ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރަން ޖެހޭ: ފުއާދު
17 ސެޕްޓެމްބަރު 2026

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

17 ސެޕްޓެމްބަރު 2026
މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
17 ސެޕްޓެމްބަރު 2026

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

17 ސެޕްޓެމްބަރު 2026
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު
17 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް