Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ދަރަނި

ފާއިތުވި އަށް މަސް ތެރޭ 10 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފި: ފިނޭންސް މިނިސްޓަރު

18 ސެޕްޓެމްބަރު 2026 | ހުކުރު 07:51

ވޭތުވެދިޔަ އަށް މަސްދުވަހު ދައުލަތުން ދެއްކި 10 ބިލިއަން ރުފިޔާގެ ދަރަންޏަކީ ފާއިތުވި ނުވަ އަހަރު ދެއްކި މިންވަރާ އެއްވަރުގެ އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ. ރިޒާވުން އެންމެ ބޮޑު ހޭދައެއް ތެލާއި ދަރަނި ދެއްކުމަށް ކުރަމުންދާއިރު، ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ތެލަށް ކުރި ހޭދަ ނިސްބަތުން ދަށްކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 18 ސެޕްޓެމްބަރު 2026 | ހުކުރު 07:51
ޕީއެންސީގެ ކޮންގްރެސްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ޕްރެސެންޓޭޝަނެއް ދެއްވާފައި

ޕީއެންސީގެ ކޮންގްރެސްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ޕްރެސެންޓޭޝަނެއް ދެއްވާފައި | ޕީއެންސީ

ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި "މަތީ މަޖިލިސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދެއްކި 10 ބިލިއަން ރުފިޔާއަކީ އޭގެ ކުރީގެ 9 އަހަރު ދުވަހުގެ ތެރޭގައި ދައްކާފައިވާ މިންވަރާ އެއްވަރުގެ އަދަދެއް ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ދެއްވި ޕްރެޒެންޓޭޝަނެއްގައި، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުން ދަރަންޏާއި ތެލަށް ކުރަން ޖެހުނު ހޭދައިގެ ތަފުސީލުތައް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން، މި ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވުން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ ތެލާއި ދަރަނި ދެއްކުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް ތެލަށް 831 މިލިއަން ޑޮލަރު ހޭދަވިއިރު، އޭގެ ފަހުން ވޭތުވެދިޔަ ތިން އަހަރު ވެސް އެ އަދަދު އުޅެނީ 700 މިލިއަން ޑޮލަރަށް ވުރެ މަތީ ގައެވެ.

ނަމަވެސް، މި އަހަރުގެ މިހާތަނަށް ތެލަށް ކުރި ހޭދަ ވަނީ ނިސްބަތުން ދަށްކުރެވިފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ތެލަށް ހޭދަވެފައިވަނީ 683 މިލިއަން ޑޮލަރެވެ.

ހަސަން ޒަރީރުޕީއެންސީ މަތީ މަޖިލިސް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރަން ޖެހޭ: ފުއާދު

18 ސެޕްޓެމްބަރު 2026
ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރަން ޖެހޭ: ފުއާދު
17 ސެޕްޓެމްބަރު 2026

ޒަރޫރީ މުދާ އެތެރެކުރެވޭނެ ފައިސާ އެބަހުރި، ދަރަނި ދައްކަނީ ރޭވުންތެރިކަމާއެކު: ފިނޭންސް މިނިސްޓަރު

17 ސެޕްޓެމްބަރު 2026
ޒަރޫރީ މުދާ އެތެރެކުރެވޭނެ ފައިސާ އެބަހުރި، ދަރަނި ދައްކަނީ ރޭވުންތެރިކަމާއެކު: ފިނޭންސް މިނިސްޓަރު
17 ސެޕްޓެމްބަރު 2026

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

17 ސެޕްޓެމްބަރު 2026
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު
17 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!
16 ސެޕްޓެމްބަރު 2026

ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު

16 ސެޕްޓެމްބަރު 2026
ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި
15 ސެޕްޓެމްބަރު 2026

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

15 ސެޕްޓެމްބަރު 2026
ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް