Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!

18 ސެޕްޓެމްބަރު 2026 | ހުކުރު 13:35

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް އެރުވުމަށް ފާސްކުރި ގަރާރަކީ ގާނޫނުއަސާސީގެ އިސްލާހަކާ އެއްވަރުގެ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ސިފަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މި އަމަލަކީ ދުސްތޫރީ ހަމަތަކަށް ކުރި މަލާމާތެއްގެ ގޮތުގައި ސިފަކުރާއިރު، މިއީ ވެރިމީހާއަށް ވަފާތެރިކަން ދެއްކުމަށްޓަކައި ގައުމުގެ މުއައްސަސާތަކުގެ އަގުވައްޓާލުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ސެޕްޓެމްބަރު 2026 | ހުކުރު 13:35
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުއްރަހީމް އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުއްރަހީމް އަބްދުﷲ | ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ބަލާއިރު، އާދަޔާޚިލާފު، ތަފާތު އަދި ހެއްވާ ވާހަކަތަކެއް އަޑުވިއިގެން ދިޔަ އެވެ. ޚާއްސަކޮށް، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕީއެންސީގެ ޗެއަރޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕްރައިމަރީ އަކާ ނުލައި 2028 ގެ ރިޔާސީ ޓިކެޓު އެރުވުމަށް ހުށަހެޅުނު އާންމު ގާރާރެއް، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އަށް ހުށަހެޅޭ އިސްލާހަކާ އެއްވަރުކޮށް ދެއްކެވި ވާހަކަ އިން ހަމަ އަޖައިބު އަންތަރީސްވާ ވަރުވެ އެވެ.

މިއީ ގާނޫނީ އަދި ދުސްތޫރީ ނަޒަރަކުން ބަލާއިރު ވެސް ހަމަނުޖެހޭ، ޑިމޮކްރެސީގެ ހަމަތަކާ މުޅިން ޚިލާފު، އަދި ގާނޫނު އަސާސީ އަށް ކުރި މަލާމާތެކެވެ. ގާނޫނު އަސާސީއަކީ މުޅި ގައުމުގެ އެންމެން ބޯލަނބައި، ކިޔަމަންތެރިވާން ޖެހޭ، އަދި ގައުމުގެ ހުރިހާ ކަމެއް އެކަމަކާ ގުޅިފައި އޮންނަ އެއް ފޮތެވެ. އެއީ މުޅި ދައުލަތާއި، ރައްޔިތުންނާއި، ވެރިން ހިނގަންޖެހޭ މަގު ކަނޑައަޅައިދޭ އަދި މުޅި ގައުމުގެ ނިޒާމު ހިފަހައްޓައިދޭ ދުސްތޫރީ ބިންގަލެވެ. ގާނޫނު އަސާސީއަށް ބަދަލެއް ގެނެވޭނީ ނުވަތަ އިސްލާހެއް ގެނެވޭނީ ވަރަށް ހަރުދަނާ، ދިގު، އަދި ގާނޫނީ މަރުހަލާތަކެއްގެ މަތިން ޑިމޮކްރެޓިކް ހަމަތަމާ އުސޫލުތަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ސަރުކާރުން އެކަންކަމަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ގާނޫނު އަސާސީ ކަފާ ކުދި ކުރުމަކީ މުޅީން އެހެން ކަމެކެވެ. 

ނަމަވެސް، ޕީއެންސީގެ ކޮންގްރެސްއަށް ހުށަހެޅުނީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ނޫނެވެ. އެއީ ހަމައެކަނި ވަކި ފަރުދަކަށް، އެއްވެސް ވާދަވެރިކަމަކާ ނުލައި ޕާޓީގެ ޓިކެޓު ދިނުމަށް އެދުނު ސިޔާސީ ގަރާރެކެވެ. ޕީއެންސީ އަކީ މުޅި ދިވެހިރާއްޖެ އެއްވެސް ނޫނެވެ. އެހެންވީމާ މިފަދަ އާދައިގެ ސިޔާސީ ގަރާރެއް ގޮސް ގާނޫނު އަސާސީއާ އެއްމިންގަނޑަކުން ކިރައި، ގާނޫނުއަސާސީގެ އިސްލާހުތަކާ އެއްވަރުގެ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ސިފަކުރެއްވުމަކީ، ގާނޫނީ އިލްމަށާއި ދުސްތޫރީ ހަމަތަކަށް ކުރި ވަރަށް ބޮޑު މަލާމާތެކެވެ. ދިން ނިކަމެތިކަމެކެވެ.

މިކަމުގެ އެންމެ ހެއްވާ އަދި ހައިރާންކުރަނިވި އަނެއް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވޯޓުލެއްވުމަށް ދެއްކެވި ބަހަނާއެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނަ މީހަކަށް އާންމުކޮށް ވޯޓެއް ނުދެވޭނެ އެވެ. ވޯޓު ދެވެނީ ހަމައެކަނި ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުތަކުގައި ވޯޓު އެއްވަރުވާ ހާލަތްތަކުގައި އެކަމަށް ގޮތެއް ނިންމުމަށެވެ. އެހެންނަމަވެސް، ޕީއެންސީގެ ކޮންގްރެސްގައި އެތައް ސަތޭކަ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް، އަދި އެއްވެސް ވާދަވެރިކަމެއް ނެތި ވަގުތުން ފާސްވާނެކަމުގެ ޔަގީންކަން އޮތް ގަރާރަކަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކޮންމެހެން ވޯޓުލައްވަންޖެހޭނެ ކަމަށް ވިދާޅުވުމަކީ ސިޔާސީ ގޮތުން އަމިއްލަ ސަލާމަތް ހޯދުމަށް ދެއްކެވި ހެއްވާ ވާހަކައެކެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޭނާގެ ވަފާތެރިކަން ސާބިތުކޮށްދީ، ވެރިމީހާގެ ހިތުގައި އޭނާއާމެދު އެއްވެސް ޝައްކެއް ނުވަތަ ކިލަނބުކަމެއް އުފެދިދާނެތީ އުފެދިފައިވާ ބިރެއްގެ ސަބަބުން ކަމަށް މިއަދު އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މިއިން ސާފުކޮށް ފެނިގެންދަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ ނިޒާމު އޮތް ބަލިކަށި، އަދި ވެރިކަމުގެ ބާރު މުތުލަގު ގޮތަކަށް އެއްފަރާތަކަށް ޖަމާވެފައިވާ މިންވަރެވެ. ރައީސް މުއިއްޒުގެ ރުހުން ހޯދުމަށްޓަކައި ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ރައީސް ފަދަ ގައުމުގެ އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުންވެސް މިފަދަ ހެއްވާ، ހަމަތަކުން ބޭރު ވާހަކަތައް ދެއްކުން ފަދަ ކަންކަން ކުރުމަކީ ގައުމުގެ މުއައްސަސާތަކުގެ އަގު ވެއްޓިގެންދާ ކަމެކެވެ. 

ޑިޖިޓަލްކޮށް ވޯޓު ނަގަމުންދިޔަ ބައްދަލުވުމެއްގައި، ކުއްލިއަކަށް އެންމެން އަތްމައްޗަށް ނަގައިގެން ވޯޓުލާންޖެހުނީ ވެރިމީހާއަށް ތާއީދުކުރާ މިންވަރު ސީދާ ދައްކައިދިނުމަށެވެ. މީގެކުރިން ވެސް ރާއްޖޭގައި އެކި ވެރިންގެ ޒަމާނުގައި ސިޔާސީ ވެރިން މިފަދައިން މަގާމާއި ބާރު ދެމެހެއްޓުމަށްޓަކައި ވެރިންގެ ފައިބުޑަށް ވެއްޓި، ގާނޫނީ ހަމަތަކާއި ހަގީގަތްތައް ބަދަލުކޮށްލާފައި އެބަހުއްޓެވެ. ނަމަވެސް ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީއެއްގެ އާދައިގެ ގަރާރެއް އެއްހަމަކޮށް، ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު މިފަދަ ވާހަކަތަކެއް މިދެއްކެވީ އަލަށެވެ. މިހާ ޚުދުމުހުތާރުކޮށް ކަންކަން ކޮށް، މުޅި ގައުމުގެ ދުސްތޫރީ ނިޒާމަށް މިހާ ބޮޑަށް ފުނޑާލި ވެރިއެއް، ސަރުކާރެއް ވެސް އަދި ނާދެ އެވެ. މިފަދަ ކަންކަމުން ރައްޔިތުންނަށް އެނގިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ގައުމީ މަސްލަހަތާއި ގާނޫނީ ހަމަތައް ކުޑަކަކޫ މައްޗަށް ތިރިކުރުމަށް ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ މި ސަރުކާރުން ކުރަމުންދާ މަސައްކަތެވެ. 

ޕީއެންސީ ކޮންގްރެސްއަބްދުއްރަހީމް އަބްދުﷲޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

17 ސެޕްޓެމްބަރު 2026
މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
17 ސެޕްޓެމްބަރު 2026

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

17 ސެޕްޓެމްބަރު 2026
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު
17 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

17 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު
17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

16 ސެޕްޓެމްބަރު 2026
ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!
15 ސެޕްޓެމްބަރު 2026

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

15 ސެޕްޓެމްބަރު 2026
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
15 ސެޕްޓެމްބަރު 2026

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ

15 ސެޕްޓެމްބަރު 2026
މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ
15 ސެޕްޓެމްބަރު 2026

ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!

15 ސެޕްޓެމްބަރު 2026
ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް