Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 15:06

ގިސާސް ހިފުމާއި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމަކީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތަކެއް ކަމަށް ސުޖާއު ފާހަގަކުރެއްވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 15:06
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު | މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން، ފުރާނައަށް ގެއްލުންވާ ގޮތަށް އެއްވެސް ޒުވާނެއް ނުވަތަ ރައްޔިތެއް މަރުވެގެން ގޮސްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެ އެވެ.

ސުޖާއު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީ ކޮންގްރެސްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސުޖާއު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޒުވާނުން ވަޅިހަރައިގެން މަރަމުން ދިޔަ ކަމަށާއި، ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން ފުރާނައަށް ގެއްލުންވާ ގޮތަށް އެފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ދޭންޖެހޭ މުހިންމު ސަބަބުތަކެއް ވާ ކަމަށް ވިދާޅުވެ، ސުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވަނީ މި ގައުމުގައި ގިސާސް ހިފުން ކަށަވަރު ކޮށްދެއްވާނެކަން ރައްޔިތުންނަށް ޔަގީންކޮށްދެއްވާފައި ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ގިސާސް ހިފުމަށް ކެރިވަޑައިގެންފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ދޭންޖެހޭ އަނެއް ސަބަބެއްގެ ގޮތުގައި ސުޖާއު ފާހަގަ ކުރެއްވީ، ކެތްތެރިކަމާ އެކު ކޮންމެ ރައްޔިތެއްގެ ވާހަކަ ވެސް ކަނުލައި އަޑު އައްސަވާ ރައީސެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވުމެވެ. މީގެ އިތުރުން، ރައީސް މުއިއްޒު، މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ނިންމަވާފައިވާ ކަމަށާއި، އެ ސަބަބާ ހުރެ ވެސް ދެވަނަ ދައުރެއް ދިނުން ލާޒިމު ކަމަށް ސުޖާއު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން މިޖެހެނީ ގިސާސް މިގައުމުގައި ހިފާނެކަން އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާތީވެ. އެއީ މިގައުމުގެ ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ކުރަން ކެރުނު ކަމެއް ނޫން. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޒުވާނުން މަރަމުން ދިޔައީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ޒުވާނަކު އަދި އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް އަދި އެއްވެސް ޒުވާނެއް މަރުވެގެން ގޮސްފައެއް ނުވޭ. ވަޅި ޖަހާ ވަޅި ހަރައިގެންނެއް
އިބްރާހީމް ސުޖާއު

ސުޖާއު ވިދާޅުވީ، 2028 ވަނަ އަހަރު ރައީސް މުއިއްޒު އަށް ރިޔާސީ ދައުރެއް ނުލިބިއްޖެ ނަމަ، ހިތާމަކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުން އުފަލާއި ހިތްހަމަޖެހުމުގައި ދިރިއުޅެން ބޭނުންނަމަ، ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ދިނުން މުހިއްމު ކަމަށް ސުޖާއު ވިދާޅުވި އެވެ.

މަރުތަކާ ގުޅުވައި ސުޖާއު ވާހަކަ ދައްކަވާފައިވާއިރު، ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާދިނުމާއި އެކި ބާވަތުގެ ޖިނާއީ ކުށްތައް މިފަހުން ވެސް ރާއްޖޭގައި ހިނގާފައިވާކަން ފާހަގަ ކުރެވެ އެވެ. އަދި ގޮތް ނޭނގޭ މަރުގެ ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ. މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވާ އިރު، އިހުމާލުން މަރުވި ޒުވާނުންގެ މަރުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އިތުރުވެގެން ދިޔަކަން ފާހަގަކުރެވެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހުގެ މަރުހަލާގައި ކަމަށެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުތަކުން ވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް ވެސް އެ ކަން ކުރެވިފައިނުވާ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުއިބްރާހީމް ސުޖާއުޕީއެންސީ މަތީ މަޖިލިސް

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

17 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު
17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

16 ސެޕްޓެމްބަރު 2026
ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!
16 ސެޕްޓެމްބަރު 2026

ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު

16 ސެޕްޓެމްބަރު 2026
ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު
15 ސެޕްޓެމްބަރު 2026

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

15 ސެޕްޓެމްބަރު 2026
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި
15 ސެޕްޓެމްބަރު 2026

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

15 ސެޕްޓެމްބަރު 2026
ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް