Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:50

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުންދާތީ ރައްޔިތުން ތިބީ އުފަލުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައި. ނަމަވެސް، ސަރުކާރުން ވައުދުތައް ނުފުއްދައި މަޝްރޫއުތައް ހުއްޓިފައިވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވަމުންދާކަން ފާހަގަކުރެވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:50
‏ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވާހަކަ ދައްކަވަނީ

‏ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވާހަކަ ދައްކަވަނީ | ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދުތަކަކަށް ނަހައްދަވައި، އޭގެ ތެރެއިން ބޮޑު އިންސައްތަ އެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާދެއްވާފައިވާތީ ރައްޔިތުން ތިބީ އުފަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕީއެންސީ ޓިކެޓް ރައީސް މުއިއްޒަށް އެރުވުމަށް ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ރައްޔިތުން ވޯޓު ދިނީ އެންމެ ރަނގަޅު ވިސްނުމުގައި ކަމަށާއި، އެއީ އެޅުނު އެންމެ ރަނގަޅު ފިޔަވަޅުކަން މިއަދު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 2023 ވަނަ އަހަރު ޕީއެންސީ ވަރަށް ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެ ޕާޓީން ދެއްކި ކެންޑިޑޭޓަކީ ރާއްޖޭގެ ވެރިކަން ކުރަން އެވަގުތު ނެރެވޭނެ އެންމެ ރަނގަޅު ކެންޑިޑޭޓް ކަމަށް ރައްޔިތުން ޤަބޫލުކުރި ކަމަށެވެ.

މިއަދު ދިވެހި ރައްޔިތުން އެބަ އުފާކުރޭ. އެ އުފާކުރާ މައިގަނޑު ސަބަބަކީ އެ ދުވަހު އެ ބޭފުޅުންނަށް އެލެވުނު ވޯޓަކީ ހަގީގަތުގައި އެބޭފުޅުންނަށް ހެޔޮ ވިސްނިގެން އެބޭފުޅުންގެ ހިޔާލަށް ގެނެވުނުގޮތަކީ އެބޭފުޅުންނަށް ވިސްނުނު ގޮތަކީ އެންމެ ރަނގަޅު ގޮތް ކަން އެ ހުރިހާ ރައްޔިތުންނަށް ގަބޫލު ކުރެވުނީތީ. ދިވެހި ރައްޔިތުން އެދުނު ގޮތަށް ރަނުން ރަނަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ޒަޢާމަތުގައި މި ވޭތުކުރަމުންދާ ތިން އަހަރާ ހަމައަށް އައި އިރުގައި އެމަނިކުފާނުވެވަޑައިގެންނެވި ވައުދުތައް އެއީ ދޮގު ވައުދުތަކަކަށް ނަހައްދަވާ ރަނުން ރަނަށް ފުއްދަވަން މަސައްކަތް ކުރައްވާ އޭގެ ތެރެއިން ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ފުއްދަވާފަވާތީ ދިވެހި ރައްޔިތުން ތިބީ ވަރަށް އުފަލުން
އިބްރާހީމް ފަލާހު

މީގެ އިތުރުން ރައީސް މުއިއްޒު އަށް 2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓް އެރުވުމަށް ހުށަހެޅުނު ގަރާރަށް ތާއިދު ކުރައްވާ ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ 73 މެންބަރުންނަކީ ރާއްޖޭގެ 93 ދާއިރާގެ ތެރެއިން 73 ދާއިރާ ތަމްސީލުކުރައްވާ ބޭފުޅުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖުމްލަ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 80 އިންސައްތަ ރައްޔިތުން ކަމަށެވެ.

މިއަދު މި އެދެނީ މި ޕާޓީގެ ރައީސް ޑރ. މުއިއްޒުގެ އަރިހުން މިއެދެނީ މަނިކުފާނު ދެވަނަ ދައުރަކަށް 2028 ގަ ކުރިމަތިލެއްްވުމަށް އަޅުގަނޑުމެންގެ ދާއިރާތަކުގެ ހުރިހާ ރައްޔިތުން މަނިކުފާނުގެ އަރިހުގަ ވަރަށް ބޮޑަށް އެދޭ 
އިބްރާހީމް ފަލާހު

މީގެއިތުރުން ފަލާހު ވިދާޅުވީ، ބުރާސްފަތި ދުވަހު ހުށަހެޅިގެންދިޔަ ގަރާރަކީ މަޖިލީހުގެ 73 މެންބަރުން ނިސްބަތްވާ ހުރިހާ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއި ސަޕޯޓެއް އޮތް ގަރާރެއް ކަމަށެވެ. އަދި ޕާޓީގެ ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެ މެންބަރުންނާއި ރައްޔިތުން "ލޮލުން ބޮލުން ހިތުން" އެދޭ ކަމަށާއި، މި ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރަނުނަށް ވައުދު ފުއްދަވަމުން ގެންދަވާ ވާހަކަ ފަލާހު ވިދާޅުވި ނަމަވެސް، ސަރުކާރުން ވައުދުތައް ނުފުއްދައި މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވަމުންދާކަން ފާހަގަކުރެވެ އެވެ. ވައުދުތައް ނުފުއްދޭ ތަނުގައި ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ވެސް މިހާރު ވަނީ ހުއްޓިފަ އެވެ. އަދި އެކިއެކި މުނާސަބަތުތަކާ ދިމާކޮށް އަޅާފައިވާ ބިންގާތައް އެޅި ގޮތަށް ހުރެ، ބައެއް ތަންތަން ޖަންގައްޔަށް ބަދަލުވެފައިވާއިރު އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އެތައް ތަނެއް އެބަހުއްޓެވެ. މީގެ އިތުރުން ވައުދުތައް ނުފުއްދައި، ރައްޔިތުންނަށް ދޮގުހެދުމާއި އޮޅުވާލުން މި ސަރުކާރުގެ ތެރޭގައި އަށަގެންފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒުއިބްރާހީމް ފަލާހްޕީއެންސީ މަތީ މަޖިލިސް

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

16 ސެޕްޓެމްބަރު 2026
ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!
16 ސެޕްޓެމްބަރު 2026

ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު

16 ސެޕްޓެމްބަރު 2026
ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު
15 ސެޕްޓެމްބަރު 2026

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

15 ސެޕްޓެމްބަރު 2026
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި
15 ސެޕްޓެމްބަރު 2026

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

15 ސެޕްޓެމްބަރު 2026
ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
15 ސެޕްޓެމްބަރު 2026

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ

15 ސެޕްޓެމްބަރު 2026
މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް