Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް

18 ސެޕްޓެމްބަރު 2026 | ހުކުރު 17:39

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ރައްޔިތުންނަށް ބިރުދައްކައި ވަޒީފާގެ ނުފޫޒު ފޯރުވަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތުކުރައްވައިފި. މި ސަރުކާރުން ރައްޔިތުންގެ ކަރާމާތަށް އަރައިގަނެ އަޅުވެތިކުރަމުންދާ ކަމަށާއި، ނަމަވެސް ރައްޔިތުން މިހާރު ތިބީ މިކަންކަމަށް ހޭލުންތެރިވެފައިކަމަށް ޖަމީލް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ސެޕްޓެމްބަރު 2026 | ހުކުރު 17:39
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުންނަށް މި ދިވެހިރާއްޖެ އަކީ އެ ބޭފުޅުންގެ މިލްކެއް ކަމަށް ހީފުޅުކުރެއްވި ނަމަވެސް، މިއީ އެ ބޭފުޅުންގެ މިލްކެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ސަރުކާރުން ކުރާ މަސައްކަތުން މިއީ ރޭހެއްތޯ ވެސް ހީވާ ކަހަލަ ކަމަށެވެ. ނުވަތަ ވެރިކަން ލިބޭނީ އެންމެ ގިނަ ބަޔަކު ސޮއި ކުރާ ޕާޓީއަކަށް ކަމަށް ހީއްކޮށްގެން ގަދަކަމުން މީހުން އެ ޕާޓީ އަށް ވައްދަން މަސައްކަތް ކުރަނީ ކަމަށް ވެސް ވެދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ތިން ވަނަ ކަމެއްގެ ގޮތުގައި ޑރ. ޖަމީލް ފާހަގަ ކުރެއްވީ މެންބަރުން އިތުރުވުމުން ލިބޭ މާލީ މަންފާ އެވެ. އެގޮތުން ޕާޓީގެ މެންބަރުންގެ ނިސްބަތަށް ބަލައި ގިނަ ފައިސާ ލިބޭނެތީ މީހުން އިތުރު ކުރަނީ ކަމަށް ވެދާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން މި ސަރުކާރުން ކުރަނީ ރައްޔިތުންނަށް ބިރު ދައްކައިގެން ކަމަށާއި މިގައުމާއި މި ގައުމުގެ ހުރިހާ ރައްޔިތުން މިއަދު މި ސަރުކާރުން ނިކަމެތި ކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ. 

އެއްވެސް ވެރިއަކު އަޅުގަނޑަކަށް ހިޔެއް ނުވޭ ރާއްޖޭގެ ރައްޔިތުން މި މިންވަރަށް އެއްވެސް ޕާޓީއަކުން ވެސް، އެއްވެސް ވެރިއަކު ވެސް މި މިންވަރަށް ރާއްޖޭގެ ރައްޔިތުންނަށް ނިކަމެތިކޮށްލި ހެނެއް. އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ، އޭނަގެ ނަފްސުގެ އިއްޒަތް، އޭނަގެ ކަރާމާތް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހިނގާ ބިނގާވެ މިއުޅެނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަމިއްލަ ނަފްސުގެ ކަންތައްތައް ނިންމާނީ އަޅުގަނޑޭ. އެހެންވީމާ އަޅުގަނޑަށް މިނިވަންކަން އޮންނާނެއޭ. އެ މިނިވަންކަން އޮންނަ ކަމަށް ގަބޫލު ކޮށްގެންނޭ ކޮންމެ މީހަކު މި އުޅެނީ. އެކަމު މިއަދުގެ ހަގީގަތަކީ ވަޒީފާ ބޭނުން ހެއްޔޭ. ވަޒީފާ ބޭނުންކަމުގައި ވާނަމަ، ޕީއެންސީ އަށް ސޮއި ކުރާށޭ. މި މިންވަރަށް ރާއްޖޭގެ ރައްޔިތުން އަޅުވެތި ކޮށްފި. އެއީ ވެސް ހަމަ މީހެއް. އޭނަ ހިޔެއް ނުކުރާނެތާ ވަޒީފާ އަކީ އެއްގޮތަކަށް ވެސް ރައީސް މުއިއްޒު ދެއްވައިގެން، ޕީއެންސީ އިން ދީގެން އުޅޭ އެއްޗެކޭ. މިހާރު ހީވާ ކަހަލަ މުޅި ތަން ބިލޯންގްސް ނުވަތަ މުޅި ތަނުގެ މިލްކުވެރިއަކީ މުއިއްޒު އޭ
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މިއަދު މި ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ ވަޒީފާ ވެސް ލިބެނީ އަދި އެހެން ކަމެއް ވެސް ވަނީ މި ސަރުކާރާ ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމުން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރާއި ރައީސް މުއިއްޒު ރައްޔިތުން އަޅުވެތިކޮށް، ނިކަމެތި ކުރަމުންދާކަން އެނގޭ ކަމަށާއި އެކަން ރައްޔިތުންނަށް މިހާރު އޮޅުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެއަށްވުރެ ރައްޔިތުން ހޭލުންތެރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ސަރުކާރަށް، މިކަންކަން އެނގި ހާމަވެގެން ދާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުޑރ. މުޙައްމަދު ޖަމީލް އަޙުމަދުޕީއެންސީ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!

18 ސެޕްޓެމްބަރު 2026
ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!
17 ސެޕްޓެމްބަރު 2026

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

17 ސެޕްޓެމްބަރު 2026
މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
17 ސެޕްޓެމްބަރު 2026

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

17 ސެޕްޓެމްބަރު 2026
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު
17 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
15 ސެޕްޓެމްބަރު 2026

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

15 ސެޕްޓެމްބަރު 2026
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް