Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ދަރަވަންދޫ

ކައުންސިލް އިންތިޚާބާ ދިމާކޮށް ދަރަވަންދޫ އެއަރޕޯޓުގެ އައު ޓާމިނަލުގެ ބިންގާ އެޅި ނަމަވެސް މިއަދު އެ މަޝްރޫއު އޮތީ ވާނުވާގައި!

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:38

ބ. ދަރަވަންދޫ އެއަރޕޯޓުގެ އައު ޓާމިނަލްގެ ބިންގާ އެޅިތާ ގިނަ މަސްތަކެއް ވީއިރުވެސް އަމަލީ މަސައްކަތް ނުފެށި މަޝްރޫއު ހުއްޓިފައިވާތީ އާޔަތުﷲ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އޭނާ ވިދާޅުވީ އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އިސްވެރިން ބިންގާ އެޅުއްވި ނަމަވެސް، މިހާރު އެ މަޝްރޫއަށް ވީނުވީއެއް ނޭނގޭ ކަމަށާއި މިއީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:38
ބ.ދަރަވަންދޫ އެއަރޕޯޓު، މި އެއަރޕޯޓުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދޭ

ބ.ދަރަވަންދޫ އެއަރޕޯޓު، މި އެއަރޕޯޓުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދޭ | ޕީއެސްއެމް

ބ. ދަރަވަންދޫ އެއަރޕޯޓުގައި އައު ޓާމިނަލެއް އެޅުމަށް ބިންގާ އެޅިތާ މަސްތަކެއް ވެގެން ދިޔައިރު ވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެށި، މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑީޕީ ގައުމީ މަޖިލީހުގެ ބ.ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ވިދާޅުވީ، ބ. އަތޮޅުގައި އޮތް ހަމައެކަނި އެއަރޕޯޓަކީ ދަރަވަންދޫ އެއަރޕޯޓު ކަމަށާއި، އެ އެއަރޕޯޓުގެ އައު ޓާމިނަލްގެ ބިންގާ އެޅީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ކަމަށެވެ.

Advertisement - newsAdvertisement
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ބ.ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ބ.ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ނަމަވެސް، ބިންގާ އެޅިފަހުން 6 އާއި 8 މަސް ދުވަސް ވެގެން ދިޔައިރު ވެސް އެ މަސައްކަތުގެ އެއްވެސް އަމަލީ ހަރަކާތެއް އެތަނުން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމައެކަނި އައިލެންޑް އޭވިއޭޝަންއަށް ފައިދާވާ އޮޕަރޭޓް ކުރާ އެއަރޕޯޓު އޮތީ ބ.ދަރަވަންދޫގައި. ވަރަށް ބޮޑަށް ފޫގަޅާފައި އައިލެންޑް އޭވިއޭޝަންގެ އެމްޑީ އާ ޓްރާންސްޕޯޓް މިނިސްޓަރު. އޭރު އަޅުގަނޑު ހަނދާން ވަނީ އަމީން ހުންނެވީ. އަމީނުއާ ބައިވަރު ސަރުކާރުގެ އެތައް ބަޔަކު ކައުންސިލް އިންތިޚާބު ތެރޭގައި އާ ޓާމިނަލެއް އަޅާނަމޭ ކިޔާ ބިންގާ އެޅީ. މިހާރު އެ ބޭފުޅުންނަކަށް އަޅުގަނޑަކަށް ހަނދާނެއް ނުވޭ މިހާރު ބިންގާ އެޅުނުކަމެއް ވެސް މިނިސްޓަރު އަމީނަށް ވެސް އެގިލައްވާ ކަމެއް. އެ ލެވެލްގައި އެ ބޭފުޅުން އެ ތިބެނީ. ހެޔޮ ނުވާނެ ރައްޔިތުންނަށް މިހާ ވަރަށް އޮޅުވާލާކަށް
އާޔަތުﷲ 

އާޔަތުﷲ  ވިދާޅުވީ، ރައްޔިތުން އެ ޓާމިނަލަށް އިންތިހާއަށް ބޭނުންވެފައި ތިބި ނަމަވެސް، މިއަދު އެ މަޝްރޫއަށް ވީނުވީއެއް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. 

މީގެއިތުރުން، ރައީސް މުއިއްޒުގެ މި ސަރުކާރުގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ވެސް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދަނީ ފިނިހަކަ ދުވެލީގައި ކަމަށާއި، މިހާރު މި މަޝްރޫއުތައް ކުރިއަށްދާނެ ކަމުގެ އެއްވެސް އުއްމީދެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބ. ދަރަވަންދޫއައިލެންޑް އޭވިއޭޝަން

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
28 މެއި 2026

ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!

28 މެއި 2026
 ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!
31 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި

31 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި
27 ޑިސެމްބަރު 2025

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

20 ޑިސެމްބަރު 2025

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި
09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
02 ސެޕްޓެމްބަރު 2025

އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް

02 ސެޕްޓެމްބަރު 2025
އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް
03 ޖެނުއަރީ 2024

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި

03 ޖެނުއަރީ 2024
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި
21 ނޮވެމްބަރު 2023

ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ

21 ނޮވެމްބަރު 2023
ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ
01 ސެޕްޓެމްބަރު 2023

ބައިނަލްއަގުވާމީ އެއަރލައިނެއް އުފައްދަން އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ބައިނަލްއަގުވާމީ އެއަރލައިނެއް އުފައްދަން އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް