Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަގުވާމީ އެއަރލައިނެއް އުފައްދަނީ

ބައިނަލްއަގުވާމީ އެއަރލައިނެއް އުފައްދަން އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ވައިގެ ދަތުރުފަތުރާއި، ކަނެކްޓިވިޓީއަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް އަންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 07:32
އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

އައިލެންޑް އޭވިއޭޝަނާއި އެމްއެފްއެމްސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އައު ބައިނަލްއަގުވާމީ އެއަރލައިނެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި އެކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރާއި، ކަނެކްޓިވިޓީއަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފެށުނު ވަރަށް އުއްމީދީ ދަތުރެއްކަމަށް އެމްއެފްއެމްސީން ބުންޏެވެ. އަދި މި އެއްބަސްވުމަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ސްޓްރެޓެޖިކް ގޮތުން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް ބުންޏެވެ.

Advertisement - newsAdvertisement

އެމްއެފްއެމްސީން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ތައާރަފު ކުރެވިގެންދާނީ ރާއްޖޭގެ ރީތިކަމާއި މެހޭމާންދާރީގެ ފުރިހަމަކަން ދައްކުވައިދޭ ވޯލްޑް ކްލާސް އިންޓަރނޭޝަނަލް އެއަރލައިނެއް ކަމަށެވެ. އަދި މިއީ ރާއްޖެ، ދުނިޔެއާ ގުޅުވައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމަކާއެކު ތައާރަފު ކުރާ އެއަރލައިނެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ބައިނަލްއަޤްވާމީ އެއަރލައިންގެ އަމާޒަކީ އެކި މަންޒިލްތަކާއި ދިވެހިރާއްޖެ ގުޅުވާލަދީ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އެގޮތުން މިއީ ހަމައެކަނި ޗައިނާ، ޔޫރަޕް އަދި ރަޝީއާ މަކެޓްތަކަށް ބަރޯސާވުމުގެ އިތުރުން، އައު މަންޒިލްތަކަށްވެސް ރާއްޖެ ހުޅުވާލުމަށް މަސައްކަތްކުރާނެ އެއަރލައިނަކަށް ވެގެންދާނެ ކަމަށް އެމްއެފްއެމްސީން ބުންޏެވެ.

މިއީ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދު ކުރިއެރުވުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާވެސް އައު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި ދެ ކުންފުނިން ވެސް ފާހަގަކުރެއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އައިލެންޑް އޭވިއޭޝަން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
02 ސެޕްޓެމްބަރު 2025

އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް

02 ސެޕްޓެމްބަރު 2025
އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް
03 ޖެނުއަރީ 2024

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި

03 ޖެނުއަރީ 2024
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި
21 ނޮވެމްބަރު 2023

ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ

21 ނޮވެމްބަރު 2023
ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ
01 މާރިޗު 2023

މޯލްޑިވިއަނުން ޓިކެޓުތަކުގެ އަގު ބޮޑުކޮށްފި

01 މާރިޗު 2023
މޯލްޑިވިއަނުން ޓިކެޓުތަކުގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު