Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓަރު އަމީން

ހުވާކުރުމަށް އެއް ދުވަހަށް ވެފައިވަނިކޮށް މައްސަލަ އަނބުރާ ނަގައި، އައިލެންޑް އޭވިއޭޝަނުން އަމީނަށް 2 މިލިއަން ރުފިޔާ ދެނީ

2،202،508.02 ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2023 | އަންގާރަ 07:24
މުއިއްޒުގެ ރިޔާސީ ކެމްޕެއިން މެނޭޖަރު އަދި ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން

މުއިއްޒުގެ ރިޔާސީ ކެމްޕެއިން މެނޭޖަރު އަދި ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން މެނޭޖަރު އަދި ހިނގަމުންދާ ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީނަށް 2 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އައިލެންޑް އޭވިއޭޝަނުން ނިންމައިފިއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު އަމީން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގައި އަދާކުރަމުން ދިޔަ ޑިރެކްޓަރ ފްލައިޓް އޮޕަރޭޝަންސްގެ މަޤާމުން ވަކިކޮށް އެއަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރަން ނިންމާފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އަމީންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅިއެވެ.

އަދި އަމީން އަދާކުރަމުންދިޔަ ޑިރެކްޓަރ ފްލައިޓް އޮޕަރޭޝަންސްގެ މަޤާމު ނުވަތަ އެފެންވަރުގެ އެހެން މަޤާމެއް ހަމަޖެއްސުމަށާއި، ލިބެންޖެހޭ މުސާރަ އާއި އިނާޔަތް އަދި އެލަވަންސް ދިނުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އެންގުމަށްވެސް އޭނާގެ ފަރާތުން އެދިފައިވެއެވެ.

ސިވިލް ކޯޓުން މި މައްސަލަ ނިމުނީ އަމީންއާ އެއްކޮޅަށެވެ. ވުމާއެކު، އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

ހައިކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ 20 ނޮވެމްބަރު 2023ގައެވެ. ހައިކޯޓުން ކުރި ޙުކުުމުގައި ބުނެފައިވަނީ، މި މައްސަލަ ދެފަރާތުން ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާ ކަމަށެވެ.

އަދި ސިވިލް ކޯޓުގެ ގަޒިއްޔާއާ އެއްގޮތަށް އޭނާގެ ވަޒީފާ އިއާދަކޮށް، 2،202،508.02 (ދެމިލިއަން ދެލައްކަ އައްޑިހަ ދެހާސް، ފަސްސަތޭކަ އަށް ރުފިޔާ ދެ ލާރި) ބަދަލުގެ ގޮތުގައި ދިނުމަށް ދެފަރާތުގެ ދެމެދުގައި މިހާރު އެއްބަސްވުމަކަށް އާދެވިފައިވުމާއެކު، ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައެވެ.

އެގޮތުގެ މަތިން 16 ނޮވެމްބަރު 2023 ގައި އައިލެންޑް އޭވިއޭޝަނުން ވަނީ މި މައްސަލައިގެ ދައުވާ ފޯމު އަނބުރާ ގެންދިއުމަށް ކޯޓުގައި އެދިފައެވެ. އެއީ އައު ރައީސް ޑރ މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ އެއްދުވަސް ކުރިއެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ހައިކޯޓުން ވަނީ އެ ކުންފުނީގެ އެދުމުގެ މަތިން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދިފައެވެ.

އަމީނަކީ މި ސަރުކާރުގެ ޓްރާންސްޕޯޓާއި، ސިވިލް އޭވިއޭޝަންގެ ކަންކަން ބެލުމާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރެވެ.

އައިލެންޑް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު