Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިލެންޑް އޭވިއޭޝަން

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025 | ހޮނިހިރު 10:33

މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައި ބުނެފައިވަނީ "އެދިފައިވާ މައުލޫމާތު ގައި ވިޔަފާރީގެ ސިއްރުތައް ހިމެނޭތީ، އެ މައުލޫމާތު ދޫކުރެވެން ނެތް،" ކަމުގައި.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 10:33
މޯލްޑިވިއަން ގެ ފްލައިޓެއް ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުން ފުރަނީ

މޯލްޑިވިއަން ގެ ފްލައިޓެއް ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުން ފުރަނީ | ގެޓީ އިމޭޖަސް

ރައީސް މުހައްމަދު މުއިއްޒުގެ ޕާޓީ - ޕީއެންސީ އިން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މާލޭ ގައި ބޭއްވި ޖަލްސާ އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެންނަން ކިތައް ފްލައިޓް ޗާޓަރު ކުރިތޯ ރާއްޖެ ޓީވީ އިން އެ ކުންފުނީގައި ސުވާލު ކުރުމުން "ވިޔަފާރީގެ ސިއްރެއް" ކަމަށް ބުނެ އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަށް ހުށަހެޅި ސުވާލުތަކަކީ އެ ދުވަހު ޗާޓަރު ކޮށްގެން އޮޕަރޭޓް ކުރި ފްލައިޓުތަކުގެ އަދަދަކީ ކޮބައިތޯ އާއި، ޗާޓަރު ކުރީ ކޮން ބައެއްތޯ އާއި އަދި ޗާޓަރު ކުރި ފްލައިޓްތަކަށް ލިބެންޖެހޭ ފައިސާ ލިބިއްޖެ ތޯ އެވެ.

Advertisement - newsAdvertisement

17 ނޮވެމްބަރު ގައި ހުށަހެޅި މި ސުވާލުތަކަށް 11 ޑިސެމްބަރުގައި ކުންފުނިން ދިން ޖަވާބުގައި ބުނެފައިވަނީ "އެދިފައިވާ މައުލޫމާތު ގައި ވިޔަފާރީގެ ސިއްރުތައް ހިމެނޭތީ، އެ މައުލޫމާތު ދޫކުރެވެން ނެތް،" ކަމުގައެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އައިލެންޑް އޭވިއޭޝަނުން މި މޭރުމުން ޖަވާބުދީފައިވާ އިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހިންގެވި ކެމްޕޭނުގައި އެމަނިކުފާނުގެ ސަރުކާރުގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އޮތީ ވިދާޅުވެފަ އެވެ. 

އައިލެންޑް އޭވިއޭޝަން އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ފަސިންޖަރުން އުފުލައިގެން ކަމަށް ފާހަގަ ވެފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮމެސްޓިކް ފަސިންޖަރުންގެ އަތުން ގާތްގަނޑަކަށް 345 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެން ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ވަނީ 46 މިލިއަން ރުފިޔާގެ ގެއްލުމެއްވެފަ އެވެ.

ޕީއެންސީއައިލެންޑް އޭވިއޭޝަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
18 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

18 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
16 އޯގަސްޓު 2026

ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!

16 އޯގަސްޓު 2026
ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

06 އޯގަސްޓު 2026

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

06 އޯގަސްޓު 2026
އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

06 އޯގަސްޓު 2026
ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
04 އޯގަސްޓު 2026

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

04 އޯގަސްޓު 2026
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!
31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް