Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއޭސީއެލް

އަތޮޅުތެރޭގެ ނުވަ އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއަރޕޯޓް އުވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެންމެހާ އޮޕަރޭޝަންތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށަށް ވަނީ ބަދަލުކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 ސެޕްޓެމްބަރު 2025 | އަންގާރަ 13:28
ޅ. މަޑިވަރުގައި ތަރައްގީކުރި އެއާޕޯޓް: ކުރިން ރީޖަނަލް އިން އޮޕަރޭޓް ކުރި ހުރިހާ އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ވަނީ ނިންމާފަ

ޅ. މަޑިވަރުގައި ތަރައްގީކުރި އެއާޕޯޓް: ކުރިން ރީޖަނަލް އިން އޮޕަރޭޓް ކުރި ހުރިހާ އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ވަނީ ނިންމާފަ

ޑޮމެެސްޓިކް އެއަރޕޯޓްތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފި އެވެ.

ރީޖަނަލް އެއަރޕޯޓްސްތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަަނަލް އެއަރޕޯޓްސްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ހާމަކުރައްވައިފަ އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނީ މީގެ ދެ ހަފްތާއެއްހަ ދުވަސްކުރީން ފެށިގެން އަތޮޅުތެރޭގައި ރީޖަނަލް އެއާޕޯޓްގެ ދަށުގައި ހުރި ހުރިހާ އެއަރޕޯޓެއްގެ ހިންގުމާއި އެމްއޭސީއެލް އިން ހަވާލުވެފައިވާ ކަމަށެވެ. އެ ގޮތުން ޖުމްލަ ނުވަ އެއަރޕޯޓެއްގެ ހިންގުން އެ ކުންފުނީގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މި ނިންމުމާއެކު އެއަރޕޯޓްތަކުގެ މަރާމާތު ކުރުމާއި ހިންގުން ހަރުދަނާކޮށް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ހުރިހާ އެއަރޕޯޓެއްގެ ގްރައުންޑް އޮޕަރޭޝަންތައް މިހާތަނަށް ބަލަހައްޓަމުން އައީ އައިލެންޑް އޭވިއޭޝަނުންނެވެ.

އެހެން ނަމަވެސް މި ނުވަ އެއަރޕޯޓުގެ ގްރައުންޑް އޮޕަރޭޝަނާ ވެސް މިހާރު ހަވާލުވެފައި ވަނީ އެމްއޭސީއެލް އަށެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންގެ ކަންކަން ވެސް މިހާރު ވާނީ އެމްއޭސީއެލް އަށް ބަދަލުކޮށްފަ އެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިންގަމުން އައި ހުރިހާ އެއަރޕޯޓަކާއި އެމްއޭސީއެލް އިން ހަވާލުވުމާ އެކު ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އުވާލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް އިދާރީ ހުރިހާ ކަމެއް ނިންމުމަށް ފަހު އެ ކުންފުނި އުވާލެވޭނެ ސީދާ ތާރީހެއް އަދި ނޭންގެ އެވެ.

އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާރުވެސް ބައެއް އެއަރޕޯޓްތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އަދި ބައެއް އެއަރޕޯޓްތައް ވެސް އެޅުމަށް ނިންމާފައިވާއިރު، ބައެއް މަސައްކަތް ހަވާލުކޮށްފައި ވަނީވެސް އެމްއޭސީއެލްއަށެވެ. އެ ގޮތުން މަކުނުދޫ އެއާޕޯޓާއި މަތިވެރި އެއަރޕޯޓް އަޅަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އިންނެވެ.

ރީޖަނަލް އެއަރޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް އެއްކޮށްލަން ވެސް އޭރު ނިންމި އެވެ.

އެމްއޭސީއެލްރީޖަނަލް އެއާޕޯޓްސްއައިލެންޑް އޭވިއޭޝަން މަކުނުދޫ އެއަރޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު