Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައިޑް-ބޮޑީ މަތިންދާބޯޓު

ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ބާޒާރުގައި ބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރިކަން އައިލެންޑް އޭވިއޭޝަނުން ވަނީ ފާހަގަކޮށްފައި. މި ބޯޓު ގެނައުމަށް ސަރުކާރުން ކުރިން ކަނޑައެޅި މުއްދަތު ފާއިތުވެފައިވާއިރު، ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަކީ ރާއްޖޭގެ އިގްތިޞާދާއި ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މެއި 2026 | ބުރާސްފަތި 06:26
މޯލްޑިވިއަންއަށް ގެނައި ވައިޑް ބޮޑީ އެއަރކްރާފް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވިއަންއަށް ގެނައި ވައިޑް ބޮޑީ އެއަރކްރާފް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

  މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޓީ މަތިންދާ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.  އިޔާސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށްފަހު، ރައީސް އެ ދުވަހު އިއުލާންކުރެއްވި ގޮތަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ހަމައެއާއެކު، މި ބޯޓު ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއަރކްރާފްޓު ލިބުން މިވަގުތު ހުރީ ވަރަށް ބޮޑަށް ލިމިޓްކޮށް ކަމަށެވެ.

މިދިޔަ އަހަރުގެ  އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް މުއިއްޒު  އެހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް  އިފްތިތާޙުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފުލާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އޮޕަރޭޝަންތައް ފެށުމާއެކު، ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާޢަތަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި 2025 ވަނަ އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ދިން ޑެޑްލައިން ފާއިތުވެ ގޮސް، އަނެއްކާވެސް މިވަނީ އައު ޑެޑްލައިނެއް ދީފައެވެ. 

ދިވެހި ރައީސްއައިލެންޑް އޭވިއޭޝަން އިބްރާހިމް ނިޔާޒްޑރ. މުޙައްމަދު މުޢިއްޒުކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓްމްއެޗްސީއެލް

އިތުރަށް ކިޔާލަން

28 މެއި 2026

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

28 މެއި 2026
ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު