Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-އިންޑިއާ

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

2 ސެޕްޓެމްބަރު 2026 | ބުދަ 09:46

"އިންޑިއާ އައުޓް" ސްލޯގަންގެ ދަށުން ވެރިކަމަށް ވަޑައިގަތުމަށްފަހު ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިމާލެ ގުޅާލި ސެގްމަންޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި، އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވާ ތައުރީފް ކުރައްވާފައި. މި މަޝްރޫއަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ބިނާއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއިރު، އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2026 | ބުދަ 09:46
"އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް މުޢިއްޒު ވަނީ އަމަލީ ގޮތުން އިސް ސަފުގައި ބައިވެރިވެވަޑައިގެންފައި

"އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް މުޢިއްޒު ވަނީ އަމަލީ ގޮތުން އިސް ސަފުގައި ބައިވެރިވެވަޑައިގެންފައި | ރާއްޖެއެމްވީ

މާލެ އާއި ވިލިމާލެ އާ ދެމެދު އިންޑިއާ ސަރުކާރުން އަޅާ ބްރިޖުގައި ހިންގަވާފައި ވަޑައިގަތުމާއެކު "އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކަށް އަރައިފި އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން މާލެއާއި ވިލިމާލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ މަސައްކަތްތައް ސަރުކާރުގެ މިނިސްޓަރުންނާއެކު ރައީސް މުޢިއްޒު އާދީއްތަ ދުވަހު ވަނީ ބައްލަވާލައްވާފަ އެވެ. 

Advertisement - newsAdvertisement

މި ޚަބަރު އިންޑިއާގެ މީޑިއާ އިން ގެނެސްދިން އިރު މި ޒިޔާރަތުގައި ރައީސް ވަނީ އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ބިނާއެއްގެ ގޮތުގައި ސިފަކުރައްވާފައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރު (ޖީ. ބާލަސުބްރަމާނިއަން) އާއި މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް ކުންފުނީގެ އިސްވެރިންނާއެކު، ރައީސް މުޢިއްޒު ވަނީ 6.74 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިމާލެ ގުޅުވައިދޭ ބަޔަށް އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ފާހަގަ ކުރި އިންޖިނިއަރުންގެ ދުވަހު ވަޑައިގެންފަ އެވެ. މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ފަހު ސެގްމަންޓް ގުޅާލާފައިވަނީ މިދިޔަ ހަފުތާގަ އެވެ. އެއާއެކު މި ދެ ރަށް އެއްގަމު މަގުން ފުރަތަމަ ފަހަރަށް ވަނީ ގުޅާލެވިފަ އެވެ.

"މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ އަދި ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމްރާނީ ތަރައްގީގެ މަޝްރޫއެއް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރާއި ހައިކޮމިޝަނަރު ދެއްވާ އަހަންމިއްޔަތަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މަސައްކަތް ކުރިއަށްދާ ސައިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ރަށް ފިޒިކަލްކޮށް ގުޅާލެވުމަކީ މި މަޝްރޫއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑުގައި ކުރިއަށްދާނަމަ، ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުން - 30 އޮގަސްޓް 2026

ރައީސް މުއިއްޒު ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުން - 30 އޮގަސްޓް 2026 | ރައީސް އޮފީސް

500 މިލިއަން ޑޮލަރުގެ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަކީ ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާގެ އެހީގައި ފެށި މަޝްރޫއެކެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. މިއީ ގައުމުން ބޭރުގައި އިންޑިއާ އިން ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢު އެވެ. މި މަޝްރޫއުގެ މަގްސަދަކީ މާލެއާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލައި، ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް، އިޖުތިމާއީ ގުޅުން ވަރުގަދަކުރުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އެއް މަޝްރޫއު ކަމަށްވާއިރު، މިއީ ސަރަހައްދީ ތަރައްގީގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައިގަނޑު އެއް ތަނބުގެ ގޮތުގައި އިންޑިއާގެ މީޑިއާ އިން ސިފަކޮށްފައިވެ އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ނުވަތަ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވަނީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ނުވަތަ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުޢިއްޒުގެ ރިޔާސީ ކެމްޕޭން ބިނާކުރެއްވީ "އިންޑިއާ އައުޓް" ޝިއާރުގެ މައްޗަށް ކަމަށް ވީނަމަވެސް، ފަހަކަށް އައިސް އިންޑިއާއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ކަމަށް މި ޚަބަރާ ގުޅިގެން އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ކުރެއްވި މި ޒިޔާރަތަކީ، މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމާއި، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ގުޅުންތައް އާ އުސްމިނަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ވެސް އިންޑިއާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެ އެވެ.

ޑރ. މުހައްމަދު މުއިއްޒުގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްރާއްޖެ-އިންޑިއާމުނު މަހާވަރްތިލަމާލެ ބްރިޖު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
02 ސެޕްޓެމްބަރު 2026

ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް

02 ސެޕްޓެމްބަރު 2026
ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް
02 ސެޕްޓެމްބަރު 2026

ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި

02 ސެޕްޓެމްބަރު 2026
ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި
01 ސެޕްޓެމްބަރު 2026

"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!

01 ސެޕްޓެމްބަރު 2026
"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!
01 ސެޕްޓެމްބަރު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

01 ސެޕްޓެމްބަރު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
31 އޯގަސްޓު 2026

އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި

31 އޯގަސްޓު 2026
އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026
މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް