Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ޝައިޚް ހަސީނާގެ 7 މުޝީރަކަށް މަރުގެ އަދަބުދޭން ހުކުމްކޮށްފި

15 ސެޕްޓެމްބަރު 2026 | އަންގާރަ 08:53

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ހަތް ބޭފުޅަކު އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަން ސާބިތުވެ، އެ ބޭފުޅުން މެރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި. މި މައްސަލާގައި ކުށް ސާބިތުވި ބައެއް ބޭފުޅުންގެ މުދާ ދައުލަތަށް ނަގައި، ހަމަނުޖެހުންތަކުގައި އަނިޔާވި އާއިލާތަކަށް ބަދަލު ދިނުމަށް ވެސް ވަނީ އަމުރުކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 15 ސެޕްޓެމްބަރު 2026 | އަންގާރަ 08:53
ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ހުންނަ ޖަލެއްގެ ދޮރުމަތީގައި، ހަތިޔާރު އެޅި ފުލުހުން ސަފު ހަދައިގެން ފޯރިމަރަނީ

ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ހުންނަ ޖަލެއްގެ ދޮރުމަތީގައި، ހަތިޔާރު އެޅި ފުލުހުން ސަފު ހަދައިގެން ފޯރިމަރަނީ | އަނަދޮލޫ

ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ހަތް މުޝީރަކު، 2024 ވަނަ އަހަރުގެ އިންގިލާބުގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަން ސާބިތުވެ، އެ ބޭފުޅުން މެރުމަށް އެ ގައުމުގެ ކޯޓަކުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

ވެރިރަށް ދާކާގައި ގާއިމުކޮށްފައިވާ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މި ހުކުމް އިއްވީ، ފަނޑިޔާރު ނަޒްރުލް އިސްލާމް ޗައުދަރީ ރިޔާސަތު ބެލެހެއްޓެވި މަޖިލީހެއްގަ އެވެ. މަރުގެ އަދަބުގެ ހުކުމާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ މި ހަތް ބޭފުޅުންނަކީ ވެސް މިވަގުތު ފިލައިގެން އިންޑިޔާ އަދި އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ތިއްބެވި ބޭފުޅުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement - worldAdvertisement

މި މައްސަލާގައި ކުށް ސާބިތުވި ބޭފުޅުންގެ ތެރޭގައި ހަސީނާގެ އަވާމީ ލީގު ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އުބައިދުލް ގާދިރާއި، ކުރީގެ އިންފޮމޭޝަން ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ އަރަފާތުގެ އިތުރުން ޖޮއިންޓް ޖެނެރަލް ސެކްރެޓަރީ އޭއެފްއެމް ބަހާއުއްދީން ނަސީމް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ޗެއާމަން ޝައިޚް ފަޒްލޭ ޝަމްސް ޕަރާޝްއާއި ޖެނެރަލް ސެކްރެޓަރީ މުއީނުލް ހުސައިން ނިޚީލްގެ އިތުރުން، ދަރިވަރުންގެ ގޮފީގެ ރައީސް ސައްދާމް ހުސައިން އަދި ޖެނެރަލް ސެކްރެޓަރީ ޝައިޚް ވަލީ އާސިފް އީނާންގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެފަ އެވެ.

މި ހުކުމުގައި ވަނީ ގާދިރު، ނަސީމް، އަރަފާތު އަދި ޕަރާޝްގެ މުދަލުގެ ދެބައިކުޅަ އެއްބައި ދައުލަތަށް ނެގުމަށް ވެސް އަމުރުކޮށްފަ އެވެ. ދައުލަތަށް ނަގާ މި މުދާތައް، ޖުލައި މަހުގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް ބަދަލުގެ ގޮތުގައި ދިނުމަށް ޓްރައިބިއުނަލުން ވަނީ އަންގާފަ އެވެ.

ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލި 2024 ވަނަ އަހަރުގެ އިންގިލާބުގައި ހިންގި ލޭއޮހޮރުވުން ބޮޑު އަމަލުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށް ސާބިތުވެ، ހަމަ މި ޓްރައިބިއުނަލުން ވަނީ ނިމިދިޔަ ނޮވެމްބަރު މަހު އޭނާއަށް މަރުގެ އަދަބު ދިނުމަށް ވެސް ހުކުމްކޮށްފަ އެވެ. އދ. އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަސީނާގެ ސަލާމަތީ ބާރުތަކުންނާއި އަވާމީ ލީގު ޕާޓީގެ ސަޕޯޓަރުން ހިންގި މި ހަމަނުޖެހުންތަކުގައި މަދުވެގެން 1،400 މީހުން މަރުވެ، އެތައް ހާސް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ގައުމުން ފިއްލަވައިގެން ވަޑައިގަތުމަށްފަހު ހަސީނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަވައްޓެރި އިންޑިޔާގަ އެވެ. ނަމަވެސް، ކުރިއަށް އޮތް ޑިސެންބަރު މަހު އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދެ ޓްރައިބިއުނަލަކުން މިހާތަނަށް އިއްވި ހަތް ހުކުމެއްގައި ޖުމްލަ 68 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭގެ ތެރެއިން 22 މީހަކަށް ވަނީ މަރުގެ އަދަބު އިއްވާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރެއިން 18 މީހަކު އަދިވެސް ފިލައިގެން އުޅޭއިރު، ހަތަރު މީހަކު މިހާރު ތިބީ ބަންދުގަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޝެއިހް ހަސީނާބަންގްލަދޭޝްއިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއަވާމީ ލީގުޑާކާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ބަންގްލަދޭޝްގެ އާ ރައީސް މަގާމުގެ ހުވައި ކުރައްވައިފި

22 އޯގަސްޓު 2026
ބަންގްލަދޭޝްގެ އާ ރައީސް މަގާމުގެ ހުވައި ކުރައްވައިފި
08 އޯގަސްޓު 2026

ހަސީނާގެ އިވެންޓެއްގައި ބައިވެރިވުމުން، ބަންގްލަދޭޝްގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިޔާ ޝާކިބް އަށް ޤައުމީ ޓީމުން ފުރުސަތު ނުދޭން ނިންމައިފި

08 އޯގަސްޓު 2026
ހަސީނާގެ އިވެންޓެއްގައި ބައިވެރިވުމުން، ބަންގްލަދޭޝްގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިޔާ ޝާކިބް އަށް ޤައުމީ ޓީމުން ފުރުސަތު ނުދޭން ނިންމައިފި
05 އޯގަސްޓު 2026

މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި

04 އޯގަސްޓު 2026
ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި
04 އޯގަސްޓު 2026

"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ

04 އޯގަސްޓު 2026
"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ
02 އޯގަސްޓު 2026

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!

02 އޯގަސްޓު 2026
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!
02 އޯގަސްޓު 2026

ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި

02 އޯގަސްޓު 2026
ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
24 ޖުލައި 2026

ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި

24 ޖުލައި 2026
ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް