Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ބަންގްލަދޭޝްގެ އާ ރައީސް މަގާމުގެ ހުވައި ކުރައްވައިފި

22 އޯގަސްޓު 2026 | ހޮނިހިރު 06:26

ބަންގްލަދޭޝްގެ އާ ރައީސްކަމުގެ ހުވާ ބީއެންޕީގެ މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު ކުރެއްވީ، ކުރީގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި ވާދަވެރި އިންތިޚާބު ކާމިޔާބު ކުރައްވައިގެން. ސިޔާސީ ދާއިރާގައި 50 އަހަރު ހޭދަކުރައްވާފައިވާ ފަޚްރުލްއަކީ ޝައިޚް ހަސީނާގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށްލާފައިވާ، ތަޖުރިބާކާރު ލީޑަރެއް

ރާއްޖެ އެމްވީ | 22 އޯގަސްޓު 2026 | ހޮނިހިރު 06:26
ބީއެންޕީގެ މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު، މައިގަނޑު ގޮތެއްގައި ރަސްމީ އިއްޒަތުގެ މަގާމެއް ކަމުގައިވާ ރައީސްކަމުގެ މަގާމަށް ވަނީ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއްގައި އިންތިޚާބު ކޮށްފައި

ބީއެންޕީގެ މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު، މައިގަނޑު ގޮތެއްގައި ރަސްމީ އިއްޒަތުގެ މަގާމެއް ކަމުގައިވާ ރައީސްކަމުގެ މަގާމަށް ވަނީ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއްގައި އިންތިޚާބު ކޮށްފައި | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގައި އެންމެ ގިނަ ދުވަހު ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތު، މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު، އެ ގައުމުގެ އާ ރައީސް ކަމުގެ ހުވާ ކުރައްވައިފި އެވެ. ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު، ބަންގަބަވަންގައި ބޭއްވި މި ރަސްމިއްޔާތަކީ ފަޚްރުލްގެ ފަންސާސް އަހަރުވީ ދިގު ސިޔާސީ ދަތުރުގެ އެންމެ އުސްމިނަށް ވާސިލުވުން ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބަންގްލަދޭޝްގެ ރައީސްގެ ރަސްމީ އޮފީސް އަދި ގެކޮޅު ކަމަށްވާ ބަންގަބަވަންގެ ދަރުބާރު ހޯލުގައި ހުކުރު ދުވަހުގެ ރޭ އިރާކޮޅު ބޭއްވި ރަސްމިއްޔާތުގައި، އުމުރުން 78 އަހަރުގެ ފަޚްރުލްއަށް ރައީސްކަމުގެ ހުވާލައިދެއްވީ ޖާތިޔާ ސަންގްސަދު (ޕާލަމެންޓް) ގެ އެކްޓިންގ ސްޕީކަރު ކައިސަރު ކަމާލެވެ.

ދައުލަތުގެ މި މުހިންމު ރަސްމިއްޔާތުގައި، މަގާމުން ވަކިވެވަޑައިގަންނަވާ އެކްޓިންގ ރައީސް ހާފިޒުއްދީން އަހުމަދާއި، ބޮޑުވަޒީރު ތާރިގް ރަހުމާނާއި، އުއްތަމަ ފަނޑިޔާރު ޒުބައިރު ރަހުމާން ޗައުދަރީ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ވަގުތީ ސަރުކާރުގެ ކުރީގެ ޗީފް އެޑްވައިޒަރު ޕްރޮފެސަރު މުހައްމަދު ޔޫނުސާއި، އިދިކޮޅު ލީޑަރު ޝަފީގުއް ރަހުމާނާއި، ކެބިނެޓް ވަޒީރުންނާއި، އެކި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ އިތުރުން ސަފީރުން ހިމެނޭހެން އެތައް ސަތޭކަ ޝަރަފުވެރި މެހުމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިރްޒާ ފަޚްރުލް ވަނީ ކެބިނެޓަށް އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް މަގާމުގެ ހުވާލައިދެއްވާފަ އެވެ.

އަވާމީ ލީގުން އައްޔަންކުރި ކުރީގެ ރައީސް މުހައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖުލައި 24 ވަނަ ދުވަހު އެކްޓިންގ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ ސްޕީކަރު ހާފިޒުއްދީން އަހުމަދެވެ. މިއާއެކު ހާފިޒުއްދީން ވެވަޑައިގެންފައިވަނީ ބަންގްލަދޭޝްގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތަކަށް ރައީސްކަން ކުރެއްވި ފަރާތަށެވެ.

މިރްޒާ ފަޚްރުލް ރައީސްކަމަށް އިންތިޚާބު ކުރެވުނީ ބުރާސްފަތިދުވަހު ބޭއްވި އިންތިޚާބެއްގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވޯޓުންނެވެ. މިއީ 1991 ވަނަ އަހަރަށްފަހު ބަންގްލަދޭޝްގައި ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވި ފުރަތަމަ ފަހަރެވެ.

1996 އާއި 2023 އާ ދެމެދު ބޭއްވުނު އިންތިޚާބުތަކުގައި އަށް ރައީސުން އިންތިޚާބުވެފައިވަނީ އެއްވެސް ވާދަވެރިކަމެއް ނެތި އެވެ. އެ ހުރިހާ ފަހަރަކުވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އޭރު ވެރިކަން ކުރާ ޕާޓީން ކުރިމަތިލެއްވި ކެންޑިޑޭޓުންނެވެ.

ޖެނުއަރީ 26، 1948 ގައި ތާކުރްގާއޮންއަށް އުފަންވެވަޑައިގަތް ފަޚްރުލްއަކީ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ޑާކާ ޔުނިވަރސިޓީން އިގްތިސާދީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ފަޚްރުލް ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތީ އައްޔޫބު ޚާނާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ތެރެއިން، ވާތުފިޔައިގެ ފިކުރުގެ ދަރިވަރުންގެ އިސް ހަރަކާތްތެރިއެއްގެ ގޮތުގަ އެވެ.

ބަންގްލަދޭޝްއަށް މިނިވަންކަން ލިބުމަށްފަހު، ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ކުރު މުއްދަތަކަށް ކިޔަވައިދެއްވުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެ.

އަހަރުތަކަކަށްފަހު، 1988 ވަނަ އަހަރު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ތާކުރްގާއޮން މުނިސިޕަލިޓީގެ ޗެއާމަންގެ މަގާމަށް އޭނާ އިންތިޚާބުވެވަޑައިގަ ތެވެ.

އެރުޝާދުގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި، 1990 ގެ ކުރީކޮޅު ބީއެންޕީއާ ގުޅިވަޑައިގެން، 1992 ވަނަ އަހަރު ތާކުރްގާއޮން ޑިސްޓްރިކްޓް ބީއެންޕީގެ ރައީސްކަމާ އޭނާ ހަވާލުވެވަޑައިގަތެވެ.

ފަޚްރުލް ވަނީ 1991 އަދި 1996 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ތާކުރްގާއޮން-1 ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ނަމަވެސް، 2001 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އޭނާ ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އެގޮތުން 2001 އިން 2006 އަށް އޭނާ ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ.

އޭގެ ފަހުން 2008 ވަނަ އަހަރުގެ އިންތިޚާބުން އޭނާ ނާކާމިޔާބުވި އެވެ. އަދި 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ބީއެންޕީގެ ފަރާތުން ތާކުރްގާއޮން-1 އަދި ބޮގުރާ-6 ދާއިރާއަށް އޭނާ ވާދަކުރެއްވި އެވެ. އެ އިންތިޚާބުގައި ބޮގުރާ-6 ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފައްދައި އޭނާ ވަނީ މަގާމުގެ ހުވާކުރެއްވުމަށް އިންކާރު ކުރައްވާފަ އެވެ.

ސިޔާސީ ހަޔާތުގައި ކުރިއަށް ވަޑައިގަންނަވަމުން، 2009 ވަނަ އަހަރު ސީނިއާ ޖޮއިންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފަޚްރުލް އައްޔަންކުރެވުނެވެ. އަދި 2011 ގައި އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 2016 ވަނަ އަހަރު ރަސްމީކޮށް އެ މަގާމަށް އިންތިޚާބުވެވަޑައިގަތެވެ.

މި އަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ބީއެންޕީން އޭނާ ރައީސްކަމަށް ނޮމިނޭޓް ކުރަންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ. ޝައިޚް ހަސީނާގެ ވެރިކަމުގައި ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގައި، މަދުވެގެން 11 ފަހަރު އޭނާ ޖަލަށްލާފައިވާއިރު، ޖުމްލަ ތިން އަހަރެއްހާ ދުވަސް އޭނާ ވަނީ ޖަލުގައި ހޭދަކުރައްވާފަ އެވެ.

މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރުބަންގްލަދޭޝްބީއެންޕީބީޝެއިހް ހަސީނާޑޮކްޓަރ މުޙައްމަދު ޔޫނުސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

ހަސީނާގެ އިވެންޓެއްގައި ބައިވެރިވުމުން، ބަންގްލަދޭޝްގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިޔާ ޝާކިބް އަށް ޤައުމީ ޓީމުން ފުރުސަތު ނުދޭން ނިންމައިފި

08 އޯގަސްޓު 2026
ހަސީނާގެ އިވެންޓެއްގައި ބައިވެރިވުމުން، ބަންގްލަދޭޝްގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިޔާ ޝާކިބް އަށް ޤައުމީ ޓީމުން ފުރުސަތު ނުދޭން ނިންމައިފި
05 އޯގަސްޓު 2026

މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި

04 އޯގަސްޓު 2026
ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި
04 އޯގަސްޓު 2026

"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ

04 އޯގަސްޓު 2026
"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ
02 އޯގަސްޓު 2026

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!

02 އޯގަސްޓު 2026
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!
02 އޯގަސްޓު 2026

ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި

02 އޯގަސްޓު 2026
ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
24 ޖުލައި 2026

ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި

24 ޖުލައި 2026
ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް