Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާކް

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026 | ބުދަ 06:58

ސާކް ސަމިޓްތައް އަލުން ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމާ ގުޅިގެން، ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް އިންޑިއާއިން ބުނެފިއެވެ. މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ރައީސް ހާމަކުރެއްވި ނަމަވެސް، އިންޑިއާއިން ބުނީ ސާކްގެ މަސައްކަތްތަކަށް ހުރަސްއެޅެނީ ކޮން ގައުމެއްގެ އަމަލުތަކުންކަން އެންމެނަށް އެނގޭނެ ކަމަށް.

ރާއްޖެ އެމްވީ | 29 ޖުލައި 2026 | ބުދަ 06:58
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި 2024 އޮކްޓޫބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގެ ކުރިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުގައި ހިންގަވާފައި ވަޑައިގަންނަވަނީ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި 2024 އޮކްޓޫބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގެ ކުރިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުގައި ހިންގަވާފައި ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ދެ އަހަރުން އެއް އަހަރު ބާއްވާ ސާކް ސަމިޓް އަލުން ފެށުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލެއްވުމާ ގުޅިގެން، ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ހެޔޮނިޔަތް އޮންނަ މާހައުލެއްގައި ކަމަށާއި، ވަކި ކަންތައްތަކެއްގެ ސަބަބުން އެކަމަށް ހުރަސްއެޅެމުންދާ ކަމަށް އިންޑިއާއިން އަންގާރަ ދުވަހު އަލުން ބުނެފި އެވެ. 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑިފައިވާ ސާކް ސަމިޓްތައް އަލުން ބޭއްވުމަށް ރާއްޖެއާއި، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ މެންބަރު ގައުމުތަކުން ދަނީ ދޭތެރެ ދޭތެރެއިން ބާރުއަޅަމުންނެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އިންޑިއާއަކީ ވަރުގަދަ ސަރަޙައްދީ އެއްބާރުލުމަކަށް ތާއީދުކުރާ ގައުމެއް ކަމަށާއި، އެކަމަށްޓަކައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސާކްގެ މަސައްކަތްތަކަށް ހުރަސްއެޅެނީ ކޮން ގައުމެއްގެ ކޮން އަމަލުތަކެއްގެ ސަބަބުންކަން ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތަރުޖަމާނު މިހެން ވިދާޅުވީ، ސަރަޙައްދީ ސުލްހައާއި ސަލާމަތަށްޓަކައި ސާކް "އަލުން ހަރަކާތްތެރި ކުރުވުމަށް" ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާލޭގައި ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ދިރުވަން ޖެހޭ ކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މެންބަރު ގައުމުތަކުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް މަޝްވަރާގެ މަތިން ހައްލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހުއްޓުމަށް ހައްލެއް ހޯދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސާކްގެ ލީޑަރުން އަލުން ސަމިޓްތައް ބާއްވަން ފަށާ ހިސާބަށް ކަންކަން ގެންދަން ޖެހޭ ކަމަށެވެ. "މިކަމުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ އެ ކަންކަން އެއްފަރާތްކޮށް، ސަރަޙައްދީ ތަރައްގީއާއި ސަރަޙައްދީ ސުލްހައަށްޓަކައި އެކުވެރިކަމަށް އިސްކަންދީ، މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް. މި މަސައްކަތަކީ ގޮންޖެހުން ބޮޑު ކަމަކަށް ވާނަމަ، އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިސްނަގައި، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް އަނިޔާވެރިކަމާއި ބާރުގެ ބޭނުންކޮށްފިނަމަ ދުވަހަކުވެސް ހައްލެއް ނުލިބޭނެ ކަމަށް ގަބޫލުކުރާ ގަބޫލުކުރުމުގެ މައްޗަށް ކަމަށެވެ. ސަރަޙައްދީ ސުލްހައާއި ސަލާމަތަށްޓަކައި ސާކް އަލުން ހަރަކާތްތެރި ކުރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، އިންޑިއާއިން ތަކުރާރުކޮށް ބުނަމުންދަނީ މިހާރު އޮތް މަސްލަހަތު ގޯސް މާހައުލުގައި ސަމިޓެއް ބޭއްވުމަކީ ދަތި ކަމެއް ކަމަށެވެ. އިންޑިއާއިން މިކަމުގައި އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ފާހަގަކުރަނީ ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އެ ގައުމުން ދެމުންދާ އެހީތެރިކަމެވެ.

ޑރ. މުޙައްމަދު މުޢިއްޒުސާކްއިންޑިއާބަންގްލަދޭޝްނޭޕާލްޕާކިސްތާން

އިތުރަށް ކިޔާލަން

28 ޖުލައި 2026

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
28 ޖުލައި 2026

އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި

28 ޖުލައި 2026
އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި
27 ޖުލައި 2026

އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

27 ޖުލައި 2026
އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި
27 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު

27 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު
27 ޖުލައި 2026

ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި

27 ޖުލައި 2026
ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި
27 ޖުލައި 2026

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026
ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު
27 ޖުލައި 2026

2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026
2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް