Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ބަންގްލަދޭޝް

"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ

4 އޯގަސްޓު 2026 | އަންގާރަ 05:59

އިންޑިއާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޗުއަލްކޮށް ތަޤުރީރު ކުރެއްވުމަށް ރާވާފައިވާތީ، އެކަމާ ގުޅޭ އިންޑިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން އެދިއްޖެ. ފިލައިގެން އުޅޭ ކުށްވެރިއަކު އިންޑިއާގެ ފަސްގަނޑުގައި ހުރެ ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބުނެ ބަންގްލަދޭޝްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 05:59
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2022 ސެޕްޓެމްބަރު 6 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަދައްކަަވަނީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2022 ސެޕްޓެމްބަރު 6 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަދައްކަަވަނީ | ގެޓީ އިމޭޖަސް

އިންޑިއާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ނިއުދިއްލީގައި ހުންނަވައިގެން ވާޗުއަލްކޮށް ތަޤުރީރު ކުރެއްވުމަށް ރާވާފައިވާ މައްސަލައިގައި އިންޑިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން އެދިއްޖެ އެވެ. ބަންގްލަދޭޝްއިން އިންޑިއާއަށް އިންޒާރު ދީފައިވަނީ، ފިލައިގެން އުޅޭ ކުށްވެރިއަކު އެ ގައުމުގައި ހުރެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ ދެ ގައުމުގެ ދެމެދުގައި ރަނގަޅުވަމުން އަންނަ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށެވެ.

މިއީ ހަސީނާގެ ސަރުކާރު ވައްޓާލުމަށް ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ނިއުދިއްލީގެ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާ (އެފް.ސީ.ސީ.އެސް.އޭ) އިން ބާއްވާ ހަރަކާތެއްގައި ހަސީނާ ބައިވެރިވެވަޑައިގަންނަވާތީ، ބަންގްލަދޭޝް ސަރުކާރުން ރަސްމީކޮށް ދިން ފުރަތަމަ ރައްދެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ބަންގްލަދޭޝްއިން ފިއްލަވައިގެން ވަޑައިގެން އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް (އެކްސްޓްރަޑިޝަން) ޑާކާ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވީ ނަމަވެސް، އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަތުމަށް ގަސްދުކުރައްވާ ކަމަށް ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އިންޑިއާއާއެކު ކުރިއަށް މިދަނީ މުސްތަޤުބަލަށް އަމާޒުކޮށްގެން، ގުޅުން ބަދަހިކުރުމުގެ ވިސްނުމެއްގައި. އެ ކުރިއެރުމަށް އެއްވެސް ހުރަހެއް އެޅޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ޝަމާ އުބައިދު އިސްލާމް ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނަށް ވިދާޅުވި އެވެ. "މިކަމުގައި އިންޑިއާގެ ސިޔާސަތު އޮތްގޮތް ސާފުވާންޖެހޭ."

އެފް.ސީ.ސީ.އެސް.އޭ އިން ބުނި ގޮތުގައި، އުމުރުން 78 އަހަރުގެ ހަސީނާ ނިއުދިއްލީގެ މި ހަރަކާތުގައި ވާހަކަދައްކަވާނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ. އޭނާގެ އިތުރުން ދަރިކަލުން ސަޖީބް ވަޒީދު ޖޯއީ އާއި އެހެނިހެން ބޭފުޅުންވެސް މި ހަރަކާތުގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ބަންގްލަދޭޝް ސަރުކާރުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ކްލަބުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޝަމާ އުބައިދު އިސްލާމް ވިދާޅުވީ، ހަސީނާ އާއި އަވާމީ ލީގުގެ އެހެން ލީޑަރުން އިންޑިއާގެ ފަސްގަނޑުގައި ތިއްބަވައިގެން ސިޔާސީ ބަޔާންތައް ނެރުއްވާ މައްސަލައިގައި ބަންގްލަދޭޝްގެ ކަންބޮޑުވުންތައް ތަކުރާރުކޮށް އިންޑިއާއަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

"ފިލައިގެން އުޅޭ ކުށްވެރިންގެ ބަޔާންތަކުގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުމަށް ގެއްލުންވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ. އަދި ފިލައިގެން އުޅޭ ކުށްވެރިން އިންޑިއާގެ ފަސްގަނޑުގައި ތިބެ ސިޔާސީ ހަރަކާތްތައް ހިންގާނެ ކަމަށް އިންޑިއާ އިން މީގެ ކުރިން ގަބޫލުނުކުރާ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ހަރަކާތަކީ އިންޑިއާ ސަރުކާރުން އިންތިޒާމުކުރާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، ޝަމާ ވިދާޅުވީ ބޭނުންވެއްޖެ ނަމަ ޑިޕްލޮމެޓިކް އުސޫލުން މި މައްސަލަ ޑާކާ ސަރުކާރުން އިންޑިއާއަށް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލައިގައި އިންޑިއާގެ ފޮރިން މިނިސްޓްރީން އަދި ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ.

ހަސީނާ މަގާމުން ދުރުކުރި ފަހުން ދެ ގައުމުގެ ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފަ އެވެ. ނަމަވެސް، ފެބްރުއަރީ މަހުގެ އިންތިޚާބަށްފަހު ތާރިގު ރަހުމާންގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކޮށް ގުޅުން އަލުން ބަދަހިކުރުމުގެ ޝައުގުވެރިކަން ދެ ފަރާތުންވެސް ވަނީ ފާޅުކޮށްފަ އެވެ.

ހަފުތާތަކަކަށް ދެމިގެންދިޔަ ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކަށްފަހު ހަސީނާގެ ސަރުކާރު ވައްޓާލުމުން، އޭނާ ހުންނެވީ އިންޑިއާގަ އެވެ. ބަންގްލަދޭޝްއިން އޭނާ އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރުގެ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ނިންމައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ ހަސީނާ މަރަން ހުކުމްކޮށްފައެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ގާނޫނީ ގޮތުން ބާތިލު ހުކުމެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

ޝެއިހް ހަސީނާބަންގްލަދޭޝް-އިންޑިޔާތޯރިޤް ރަހްމާންއަވާމީ ލީގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ

14 ޖުލައި 2026
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ
10 ޖުލައި 2026

ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ

10 ޖުލައި 2026
ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ
29 ޖޫން 2026

ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!

29 ޖޫން 2026
ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!
17 ފެބުރުއަރީ 2026

ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި

17 ފެބުރުއަރީ 2026
ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި
17 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ އައު ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވައިފި

17 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އައު ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވައިފި
16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
16 ފެބުރުއަރީ 2026

ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވައިފި

16 ފެބުރުއަރީ 2026
ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވައިފި
14 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟

14 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟
13 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟
13 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް