Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝެއިހް ހަސީނާ

ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި

4 އޯގަސްޓު 2026 | އަންގާރަ 14:13

އިންޑިއާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޗުއަލްކޮށް ދެއްވާ ތަގުރީރު އާންމުކުރުން ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފި. މިކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ބަންގްލަދޭޝްއިން ދީފައިވާއިރު، އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެއީ އަމިއްލަ ޖަމިއްޔާއަކުން ބާއްވާ ހަރަކާތެއް ކަމަށް

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 14:13
ބަންގްލަދޭޝްގެ 12 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، 2024 ޖެނުއަރީ 8 ވަނަ ދުވަހު ވެރިރަށް ޑާކާގައި މީޑިއާތަކާ ވާހަކަދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިޝާރާތް ކުރައްވަނީ

ބަންގްލަދޭޝްގެ 12 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، 2024 ޖެނުއަރީ 8 ވަނަ ދުވަހު ވެރިރަށް ޑާކާގައި މީޑިއާތަކާ ވާހަކަދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިޝާރާތް ކުރައްވަނީ | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރު ވައްޓާލިތާ ދެ އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، އިންޑިއާގައި ހުންނަވައިގެން ބުދަ ދުވަހު ދެއްވުމަށް ހަމަޖެހިފައިވާ ވާޗުއަލް ތަގުރީރު އާންމު ނުކުރުމަށް އެ ގައުމުގެ މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އިންޒާރު ދީފި އެވެ.

ދަރިވަރުން އިސްވެ ފެށި މުޒާހަރާތަކާ ގުޅިގެން 2024 ވަނަ އަހަރު ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން އެކަމަނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގަ އެވެ. މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ނިންމައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން އެކަމަނާ މަރަން ހުކުމް ކުރި ނަމަވެސް، ހަސީނާ ވަނީ އެއީ ގާނޫނީ ގޮތުން ބާތިލު ހުކުމެއް ކަމަށް ވިދާޅުވެފަ އެވެ.

އުމުރުފުޅުން 78 އަހަރުގެ ހަސީނާ، ވެރިރަށް ޑާކާ ދޫކުރައްވައި ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބު ކުރައްވަން ހަމަޖެހިފައިވަނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ. ނިއު ދިއްލީގައި ހުންނަ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާއިން އިންތިޒާމުކުރާ މި ހަރަކާތުގައި އެކަމަނާގެ ދަރިކަލުން ސަޖީބް ވަޒީދު ޖޯއީގެ އިތުރުން އެހެން ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޝައިޚް ހަސީނާ ދެއްވާ ތަގުރީރުގެ ތަފްސީލެއް އެކަމަނާގެ އަރިސް ފަރާތްކުން ހާމަކޮށްފައި ނުވި ނަމަވެސް، މިދިޔަ މަހު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާ ވިދާޅުވީ، އަންނަ ޑިސެމްބަރު މަހު އެކަމަނާ އާއި ޕާޓީގެ އިސް ބޭފުޅުން އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވާން ނިންމަވާފައިވާ ކަމަށެވެ. މިއީ ބަންގްލަދޭޝްގެ އާ ސަރުކާރުން އެ ގައުމުގެ އެންމެ ނުފޫޒުގަދަ ސިޔާސީ ވާދަވެރިޔާއާ މެދު އަމަލުކުރާނެ ގޮތް ބަލާލުމަށް ކުރިމަތިވާނެ އިމްތިހާނެކެވެ.

ޕްރައިވެޓް އިވެންޓެއް، އިންޑިއާގެ ބައިވެރިވުމެއް ނެތް

އަމިއްލަ ފަރާތަކުން ބާއްވާ މި ހަރަކާތުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

ބަންގްލަދޭޝްގެ އިންފޮމޭޝަން އެޑްވައިޒަރު ޒާހިދުއް ރަހްމާން އަންގާރަ ދުވަހު މީޑިއާތަކަށް އިންޒާރު ދެއްވަމުން ވިދާޅުވީ، ހަސީނާގެ ތަގުރީރު އިސްތިހާރުކުރުން ނުވަތަ އާންމުކުރުމަކީ ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރެފައިވާ އަމުރާ ހިލާފު ކަމެއް ކަމަށެވެ. އެ އަމުރުގައިވާ ގޮތުން ހަސީނާގެ އެއްވެސް ތަގުރީރެއް، ބަޔާނެއް، އިންޓަވިއުއެއް ނުވަތަ އޯޑިއޯ އަދި ވީޑިއޯ މެސެޖެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެތުރުމަކީ މަނާ ކަމެކެވެ.

ހަސީނާގެ އެހީތެރިއެއް ކަމަށްވާ އަބޫ އުބައިދާ އަރީން ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން އިންޒާރު ދިން ނަމަވެސް އެ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުން ހުއްޓުވުމަށް ޑާކާގެ ސަރުކާރުން ކުރާ މަސައްކަތްތަކުން، ގައުމުން ބޭރުގައި ތިބި މީހުންގެ އަޑު ކަނޑުވާލެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަސީނާގެ މި ތަގުރީރާ ގުޅޭގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް ބަންގްލަދޭޝްއިން ވަނީ ނިއު ދިއްލީގައި އެދިފަ އެވެ. އަދި ފިލައިގެން އުޅޭ މީހަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމުގެ އިންޒާރުވެސް ބަންގްލަދޭޝްއިން ވަނީ ދީފަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުދަ ދުވަހު ވިދާޅުވީ، އެ ހަރަކާތަކީ އަމިއްލަ މީޑިއާ އިދާރާއަކުން އިންތިޒާމުކުރާ ކަމެއް ކަމަށެވެ.

"މިކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް. އަދި އެ ފޯރަމްގައި ފާޅުކުރާ އެއްވެސް ޚިޔާލަކަށް ސަރުކާރުން ތާއީދެއްވެސް ނުކުރަން،" އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.

އަވަށްޓެރި ދެ ގައުމުގެ މެދުގައި މި ނުތަނަވަސްކަން އުފެދިފައި މިވަނީ، އިންޑިއާގައި ހުންނެވި ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް ބަންގްލަދޭޝްއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ޝަމާ އުބައިދު އިސްލާމް ވިދާޅުވީ، ހަސީނާ އާއި އަވާމީ ލީގުގެ އެހެން ލީޑަރުން އިންޑިއާގައި ތިއްބަވައިގެން ސިޔާސީ ބަޔާންތައް ނެރުއްވާތީ އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް އިންޑިއާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން ދެ ގައުމުގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވީ ނަމަވެސް، ފެބްރުއަރީ މަހުގެ އިންތިޚާބަށްފަހު ވެރިކަމާ ހަވާލުވި ބޮޑުވަޒީރު ތާރިގު ރަހްމާންގެ ސަރުކާރުގެ ދަށުން ގުޅުން ރަނގަޅު ކުރުމުގެ ނިޝާންތަކެއް ދެ ފަރާތުންވެސް ދާދި ފަހުން ވަނީ ދައްކާފަ އެވެ.

ޝެއިހް ހަސީނާބަންގްލަދޭޝްބަންގްލަދޭޝް-އިންޑިޔާތާރިޤް ރަޙްމާންއަވާމީ ލީގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ

04 އޯގަސްޓު 2026
"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ
02 އޯގަސްޓު 2026

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!

02 އޯގަސްޓު 2026
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!
02 އޯގަސްޓު 2026

ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި

02 އޯގަސްޓު 2026
ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
24 ޖުލައި 2026

ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި

24 ޖުލައި 2026
ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
16 ޖުލައި 2026

މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި

16 ޖުލައި 2026
މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި
14 ޖުލައި 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ

14 ޖުލައި 2026
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ
13 ޖުލައި 2026

ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

13 ޖުލައި 2026
ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް