Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝެއިހް ހަސީނާ

މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވެއްޖެ

5 އޯގަސްޓު 2026 | ބުދަ 17:10

ބަންގްލަދޭޝްގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، މިއަހަރުގެ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެކަން އިއުލާނުކުރައްވައިފި. އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ހަސީނާ މިކަން ހާމަކުރެއްވީ ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ކަމަށްވާއިރު، އިންޑިއާ ސަރުކާރުން ވަނީ އެކަމަނާގެ ވާހަކަތަކާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތްކަން ސާފުކޮށްދީފައި

ރާއްޖެ އެމްވީ | 5 އޯގަސްޓު 2026 | ބުދަ 17:10
މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ

މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ | އޭއެފްޕީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް އެ ގައުމުގައި މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް، އިންޑިއާގައި ދެ އަހަރު ދުވަހު ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

2024 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަނަކަށްފަހު މަގާމުން ދުރުކުރި އުމުރުން 78 އަހަރުގެ ހަސީނާ މިކަން އިއުލާނުކުރެއްވީ ބުދަ ދުވަހު ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް (އެފް.ސީ.ސީ) އޮފް ސައުތު އޭޝިއާއިން ބޭއްވި ހަރަކާތެއްގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގަ އެވެ. މި ހަރަކާތުގައި ހަސީނާގެ ދަރިކަލުން ސަޖީބް ވަޒީދު ޖޯއީގެ އިތުރުން އަވާމީ ލީގުގެ އިސް ބޭފުޅުން ކަމަށްވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު މުހިއްބުލް ހަސަން ޗައުދަރީ ނައުފަލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"އަޅުގަނޑު ހައްޔަރުކޮށްފާނެ، ނުވަތަ ޖަލަށް ވެސް ފޮނުވާފާނެ. އެކަމަކު ރައްޔިތުންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް ނިންމާނީ ބިރުގަތުމަކުން ނޫން،" ހަސީނާ ވިދާޅުވި އެވެ. "އަޅުގަނޑުގެ ލޮބުވެތި ރައްޔިތުން ތަހައްމަލު ކުރަމުންދާ ތަކުލީފުތަކާ ދުރުގައި އަޅުގަނޑަކަށް ނުހުރެވޭނެ."

އެނބުރި ގައުމަށް ވަޑައިގަންނަވާނެ ސީދާ ތާރީޚެއް "ވަގުތު ޖެހުމުން" އިއުލާނުކުރައްވާނެ ކަމަށް ހަސީނާ ވިދާޅުވި ނަމަވެސް، އެކަމަނާ ބޭނުންފުޅުވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެނބުރި ވަޑައިގަތުމަށެވެ.

ހަސީނާ އިތުރަށް ވިދާޅުވީ އެކަމަނާގެ ޕާޓީ ކަމަށްވާ އަވާމީ ލީގަށް ކުރިމަތިކޮށްފައިވާ މަނާކުރުންތައް އުވާލަންޖެހޭ ކަމަށެވެ. އަދި ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރާއެކު އެއްވެސް މުއާމަލާތެއް ކުރަމުން ނުދާ ކަމަށް ހަސީނާގެ ދަރިކަލުން ވިދާޅުވި އެވެ.

މަރުގެ ހުކުމް

2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި އިންގިލާބު ހުއްޓުވުމަށް ހަސީނާ ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، ވެރިކަން ވެއްޓުމާއެކު އެކަމަނާ ވަނީ ހެލިކޮޕްޓަރެއްގައި އިންޑިއާގެ ނިއު ދިއްލީއަށް ފިއްލަވައިގެން ވަޑައިގެންފަ އެވެ. އޭގެ ފަހުން މިހާތަނަށް އެކަމަނާ ބަންގްލަދޭޝްއަށް ވަޑައިގެންފައެއް ނުވެ އެވެ.

މިދިޔަ އަހަރު ޑާކާގައި ކުރިއަށްދިޔަ ޝަރީއަތަށް ހާޒިރުވުމަށް ހަސީނާ އިންކާރު ކުރެއްވިއިރު، އެ ޝަރީއަތުގައި ވަނީ މީހުން މެރުމަށް ހިތްވަރުދިނުމާއި، މީހުން މެރުމަށް އަމުރުކުރުމާއި، އަދި ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށް ސާބިތުވެފަ އެވެ. އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށް ސާބިތުވުމާ ގުޅިގެން އެކަމަނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމަށް ހުކުމްކޮށްފަ އެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި މިވަނީ، ބަންގްލަދޭޝްއާއި އިންޑިއާއާ ދެމެދު ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރުމަށް ދެ ގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން ތަކުރާރުކޮށް އެދެމުންދާއިރު، އިންޑިއާ ސަރުކާރުން ބުނަމުންދަނީ އެ ހުށަހެޅުން ގާނޫނީ މަރުހަލާތަކުގެ ތެރެއިން ދިރާސާކުރަމުންދާ ކަމަށެވެ.

ނަމަވެސް، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިގު ރަހުމާން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އަވަށްޓެރި ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް (ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ) ސަމިޓަށް އިންޑިއާއިން ވަނީ ތާރިގު ރަހުމާނަށް ދައުވަތު އަރުވާފަ އެވެ.

މީގެއިތުރުން، ހަސީނާގެ ބަޔާން އާންމުކުރުމުގެ ކުރިން އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ، އެކަމަނާގެ ވާހަކަތަކާ އިންޑިއާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތްކަން ހާމަކުރައްވާފަ އެވެ.

"މިކަމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް، އަދި އެ ފޯރަމްގައި ފާޅުކުރާ އެއްވެސް ޚިޔާލަކަށް ސަރުކާރުން ތާއީދެއްވެސް ނުކުރަން،" ތަރުޖަމާނު ވިދާޅުވި އެވެ.

ޝެއިހް ހަސީނާބަންގްލަދޭޝްބަންގްލަދޭޝް-އިންޑިޔާތާރިޤް ރަޙްމާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި

04 އޯގަސްޓު 2026
ހަސީނާގެ ވާޗުއަލް ތަގުރީރު ނުދެއްކުމަށް މީޑިއާތަކަށް ބަންގްލަދޭޝް ސަރުކާރުން އަންގައިފި
04 އޯގަސްޓު 2026

"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ

04 އޯގަސްޓު 2026
"ފިލައިގެން އުޅޭ ކުށްވެރި" ހަސީނާ ދެއްވަން އުޅޭ ތަގުރީރާ ބެހޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދޭން ބަންގްލަދޭޝް އިން އެދިއްޖެ
02 އޯގަސްޓު 2026

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!

02 އޯގަސްޓު 2026
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!
02 އޯގަސްޓު 2026

ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި

02 އޯގަސްޓު 2026
ސާފްގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ސަލާހުއްދީން އިންތިޚާބުކޮށްފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
24 ޖުލައި 2026

ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި

24 ޖުލައި 2026
ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
16 ޖުލައި 2026

މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި

16 ޖުލައި 2026
މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި
14 ޖުލައި 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ

14 ޖުލައި 2026
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް