Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ހަސީނާ އެނބުރިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވައިފި

24 ޖުލައި 2026 | ހުކުރު 11:31

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމާއެކު، ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގެ އެންމެ ފަހު ނުފޫޒުގަދަ ބޭފުޅާ ދައުލަތުގެ މަތީ މަގާމަކުން ވަކިވެގެންދާނެ. ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ސަރުކާރުގެ މަގާމުތަކުގައި ތިބި ހަސީނާގެ ގާތް ފަރާތްތައް ވަކި ކުރުމަށް ބޮޑު ވަޒީރަށް ޕްރެޝަރކުރުން ވަނީ އިތުރުވެފައި

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 11:31
ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް ޝައިޚް ހަސީނާ، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު 11 ޖެނުއަރީ 2024 ގައި ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ކުރިއަށްދިޔައިރު، އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން (ވ) ބައިވެރިވެވަޑައިގަންނަވަނީ.

ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް ޝައިޚް ހަސީނާ، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު 11 ޖެނުއަރީ 2024 ގައި ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ކުރިއަށްދިޔައިރު، އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން (ވ) ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީން، މަގާމުގެ ދައުރުގެ މެދުތެރެއިން އަންނަ ހުކުރު ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް އޭނާގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ރޮއިޓާސްއަށް ވިދާޅުވެއްޖެ އެވެ. ޝަހާބުއްދީން އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ، ކޯޓުން އިއްވާފައިވާ ހުކުމާ ގުޅިގެން އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން އަމާންދެއްވާނެ ކަމަށް ހަސީނާ ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސަލާމަތީ ބާރުތަކުގެ ކޮމާންޑަރ-އިން-ޗީފްގެ މަގާމުގައި ހުންނެވި ޝަހާބުއްދީން އިސްތިއުފާ ދެއްވުމުން، ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ރާވާފައިވާ ތާރީޚުގެ ފަސް މަސް ކުރިން، ސަރުކާރުގެ މަތީ މަގާމެއްގައި ހުންނެވި ހަސީނާގެ ހަމައެކަނި ގާތް ފަރާތް ގެއްލިގެންދާނެ އެވެ. 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން، އޭނާގެ އަވާމީ ލީގު ޕާޓީ ވަނީ އެ ގައުމުގައި މަނާކޮށްފަ އެވެ. އަދި އެ ޕާޓީގެ ގިނަ އަދަދެއްގެ ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ ޖަލަށްލާފައި ނުވަތަ ފިލައިގެން ގޮސްފަ އެވެ.

ޝަހާބުއްދީން އިސްތިއުފާ ދެއްވާ ސަބަބެއް އޭނާގެ ތަރުޖަމާނު ހާމަކުރައްވާފައި ނުވި ނަމަވެސް، މިކަމުގެ މަޢުލޫމާތު އެނގޭ ތިން މަސްދަރަކުން ބުނި ގޮތުގައި، ހަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމާ ގުޅިގެން، ހަސީނާއާ އޮތް ގާތް ގުޅުމުގެ ސަބަބުން މަގާމުން ދުރުވުމަށް ސަރުކާރުން ވަނީ ޝަހާބުއްދީނަށް ބާރުއަޅާފަ އެވެ.

ފާއިތުވި ދެ އަހަރު ދުވަހު ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް، އަންނައުނު އެކްސްޕޯޓްކުރުމުގެ ވަރުގަދަ އިގްތިސާދެއް އޮންނަ 173 މިލިއަން މީހުންގެ މުސްލިމް އާބާދީއެއް އޮތް ބަންގްލަދޭޝްގައި ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް، ހަސީނާ އެނބުރި ވަޑައިގަތުމަކީ ކުރިމަތިވާނެ ބޮޑު އިމްތިހާނަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ފެބްރުއަރީ މަހު ބޭއްވި އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯއްދެވި ބޮޑުވަޒީރު ތާރިގު ރަހްމާންގެ ތަރުޖަމާނުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

"ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައީސްގެ އިސްތިއުފާ ފުރިހަމަވާނީ މަޖިލީހުގެ ރައީސަށް ސޮއިކުރެއްވި ސިޓީއެއް ހުށަހެޅުއްވުމުން،" ރޮއިޓާސްގެ ރިޕޯޓު ކަށަވަރުކޮށްދެއްވަމުން ޝަހާބުއްދީންގެ ޕްރެސް ސެކްރެޓަރީ ސަރުވަރު އާލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ތައިލެންޑްގައި ހުންނެވި މަޖިލީހުގެ ރައީސް މާދަމާ އެނބުރި ވަޑައިގަތުމުން ރައީސް އިސްތިއުފާ ހުށަހަޅުއްވާނެ ކަމަށެވެ.

ޝަހާބުއްދީން އިސްތިއުފާ ހުށަހެޅުއްވުމުން، އާ ރައީސަކު އިންތިޚާބު ކުރެވެންދެން ބަންގްލަދޭޝްގެ ގާނޫނުއަސާސީގެ ދަށުން އަމަލީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް ކަމަށް އާލަމް ވިދާޅުވި އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް ހާފިޒުއްދީން އަހުމަދުގެ އޮފީހުން މިކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓުން ވަނީ، މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމަށް އަމުރުކުރި މައްސަލައިގައި ހަސީނާގެ މައްޗަށް ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފަ އެވެ. އދ. ގެ ރިޕޯޓެއް ބުނާ ގޮތުން އެ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1,400 މީހުން މަރުވެފައިވެ އެވެ. އަރުވާލެވިގެން ހުންނެވި ހަސީނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

އިންޑިއާގައި ހުންނެވި ހަސީނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޚަބަރާއެކު، އޭނާގެ ގާތް ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކުން ވަކިކުރުމަށް ރަހްމާންގެ ސަރުކާރަށް އޮތް އާންމުންގެ ފިއްތުންތައް ވަނީ އިތުރުވެފަ އެވެ.

ބަންގްލަދޭޝްގެ ރައީސްގެ މަގާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. ގައުމުގެ ހިންގުމުގެ އެންމެހާ ބާރުތައް އޮންނަނީ ބޮޑުވަޒީރާއި ކެބިނެޓަށެވެ.

ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަސީނާ ފިއްލަވައިގެން ނިއުދިއްލީއަށް ވަޑައިގަތުމުން، އިންތިޚާބީ އެއްވެސް ވެރިއަކު ނެތި އުފެދުނު ސިޔާސީ ހުސްކަމާއެކު، ރައީސްގެ މަގާމުގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އުމުރުން 76 އަހަރުގެ ޝަހާބުއްދީން 2023 ވަނަ އަހަރު ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުވީ، މިހާރު މަނާކޮށްފައިވާ ހަސީނާގެ އަވާމީ ލީގު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެއްވެސް ވާދަކުރުމަކާ ނުލަ އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، އިސްތިއުފާ ދެއްވުމަށް ނިންމެވިކަން ޝަހާބުއްދީން ބޮޑުވަޒީރު ރަހްމާނަށް އެންގެވީ މިދިޔަ އަންގާރަ ދުވަހު އެވެ. 

މިކަމާ ގުޅޭގޮތުން ޝަހާބުއްދީން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް، ހަސީނާގެ ސަރުކާރަށްފަހު އުފެދުނު ވަގުތީ ސަރުކާރުން އޭނާ އެކަހެރިކޮށްފައިވާތީ، ފެބްރުއަރީ މަހުގެ އިންތިޚާބަށްފަހު އިސްތިއުފާ ދެއްވާނެ ކަމަށް މިދިޔަ ޑިސެމްބަރު މަހު އޭނާ ރޮއިޓާސްއަށް ވިދާޅުވެފައިވެ އެވެ.

ހަސީނާ ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އޭނާއާއި ޕާޓީގެ އިސް ބޭފުޅުން ގައުމަށް އެނބުރި ވަޑައިގަތުމަށް ރާވަމުންދަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަވާމީ ލީގު މަނާކުރުމުގެ ކުރިން އެއީ ބަންގްލަދޭޝްގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާއިރު، އަދިވެސް އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު ގައުމުގައި އެބަތިއްބެވެ.

މަސްދަރު: ރޮއިޓާސް

ބަންގްލަދޭޝް

އިތުރަށް ކިޔާލަން

17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
16 ޖުލައި 2026

މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި

16 ޖުލައި 2026
މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި
14 ޖުލައި 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ

14 ޖުލައި 2026
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ
13 ޖުލައި 2026

ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

13 ޖުލައި 2026
ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ
11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
10 ޖުލައި 2026

ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ

10 ޖުލައި 2026
ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް