Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންފްލޭޝަން

ހުސްވި އަހަރުގެ އޮގަސްޓުން މި އަހަރުގެ އޮގަސްޓާ ދެމެދު ތަކެތީގެ އަގުތައް 6.26 އިންސައްތަ އުފުލިއްޖެ

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:28

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލޭގެ ބާޒާރުގައި ޒަރޫރީ މުދަލުގެ އަގުތައް އުފުލި އަހަރީ އިންފްލޭޝަން ރޭޓް ވަނީ 6.26 އިންސައްތައަށް އަރާފައި. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މަހުގެ ބާވަތްތަކާއި، ކޮފީ އަދި ކައްކާ ގޭހުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުން. މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެއްޗާއި ބުއިންތަކުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައި

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:28
ރާއްޖޭގެ އުފެއްދުންތައް މާލޭގައި މީހަކު ވިއްކަނީ

ރާއްޖޭގެ އުފެއްދުންތައް މާލޭގައި މީހަކު ވިއްކަނީ | އެލަމީ

ހުސްވި އަހަރުގެ އޮގަސްޓުން މި އަހަރުގެ އޮގަސްޓާ ދެމެދު ތަކެތީގެ އަގުތައް 6.26 އިންސައްތަ އުފުލިއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހު މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް ނުވަތަ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ކުރީ މަހާ އަޅާބަލާއިރު 1.42 އިންސައްތަ ވަނީ އުފުލިފަ އެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަސް ބޭސް ޕީރިއަޑެއްގެ ގޮތުގައި ބަލައިގެން ތައްޔާރުކޮށްފައިވާ މި އިންޑެކްސް އޮގަސްޓް މަހު ހުރީ 122.07 ގަ އެވެ. އަދި 2025 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، އަހަރީ އިންފްލޭޝަން ރޭޓް ވަނީ 6.26 އިންސައްތަ އިތުރުވެފަ އެވެ.

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، އޮގަސްޓް މަހު ކާބޯތަކެތީގެ އަގުތައް ވަނީ 1.72 އިންސައްތަ އުފުލިފަ އެވެ. މިއީ މައިގަނޑު ގޮތެއްގައި މޭވާގެ އަގު 3.50 އިންސައްތަ، ކިރާއި ބިހުގެ ބާވަތްތަކުގެ އަގު 2.93 އިންސައްތަ، ތަރުކާރީގެ އަގު 1.59 އިންސައްތަ އަދި ހަކުރާއި ފޮނިކާތަކެތީގެ އަގު 1.10 އިންސައްތަ އުފުލުމާ ގުޅިގެން އައި ބަދަލެކެވެ. އަހަރީ ނިސްބަތުން ބަލާއިރު ކާބޯތަކެތީގެ އަގުތައް 5.93 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް މައްޗަށް ދިޔަ ކަމަށް ފާހަގަވެފައިވަނީ، 23.13 އިންސައްތަ އަގު މައްޗަށްދިޔަ މަހުގެ ބާވަތްތަކުންނެވެ.

ބުއިންތަކުގެ އަގުތަކަށް ބަލާއިރު، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ބުއިންތަކުގެ އަގު ވަނީ 0.50 އިންސައްތަ އިތުރުވެފަ އެވެ. މީގެ ތެރޭގައި ކޮފީގެ ބާވަތްތަކުން 1.55 އިންސައްތަ އަދި މޭވާ އާއި ތަރުކާރީ ޖޫހުގެ ބާވަތްތަކުން 1.25 އިންސައްތައަށް އަގު އުފުލުން ވަނީ ފާހަގަކުރެވިފަ އެވެ. އަހަރީ ގޮތުން ބަލާއިރު ބުއިންތަކުގެ އަގު 6.52 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ކޮފީގެ ބާވަތްތަކުގެ އަގު ވަނީ 22.78 އިންސައްތަ އުފުލިފަ އެވެ.

ގޭހާއި އެހެނިހެން ފިއުލްގެ ބާވަތްތަކުގެ އަގު ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 14.54 އިންސައްތަ އުފުލިފަ އެވެ. މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ނުވަތަ ޕާސަނަލް ކެއާ ޕްރޮޑަކްޓްސްގެ އަގުތައް މަހުން މަހަށް 1.17 އިންސައްތަ އުފުލިފައިވާއިރު، އަހަރީ ގޮތުން މި ބާވަތްތަކުގެ އަގު ވަނީ 3.59 އިންސައްތަ އިތުރުވެފަ އެވެ.

ވަކިވަކި ބާވަތްތަކުގެ އިންފްލޭޝަން ރޭޓަށް ބަލާއިރު، ގޮދަނާއި ހަނޑުލުގެ ބާވަތްތަކުގެ އަގު މަހުން މަހަށް 0.65 އިންސައްތަ އަދި އަހަރީ ގޮތުން 3.19 އިންސައްތަ ވަނީ އުފުލިފަ އެވެ. މަހުގެ ބާވަތްތަކުގެ އަގު މަހުން މަހަށް 0.73 އިންސައްތަ އުފުލިފައިވާއިރު، ތެލާއި ފެޓްސްގެ ބާވަތްތަކުގެ އަގު ވަނީ އަހަރީ ގޮތުން 9.85 އިންސައްތަ މައްޗަށް ގޮސްފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، މޭވާގެ އަގު މަހުން މަހަށް 3.50 އިންސައްތަ އުފުލުނު ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މޭވާގެ އަގު 0.25 އިންސައްތަ ދަށްވެފައިވާ ކަމެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގެ ބާޒާރުގައި ގިނަ ޒަރޫރީ މުދަލުގެ އަގުތައް ހުރީ މައްޗަށް ގޮސްފަ އެވެ. ހާއްސަކޮށް މަހުގެ ބާވަތްތަކާއި، ގޭހުގެ އިތުރުން ކޮފީ ފަދަ ބާވަތްތަކުގެ އަގު އަހަރީ ގޮތުން ބޮޑުތަނުން އުފުލިފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރިޕޯޓުން ހާމަވެ އެވެ.

އިންފްލޭޝަންސީޕީއައި

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

މިދިޔަ އަހަރުގެ ޖުލައި އާއި އަޅާބަލާއިރު ހުސްވި ޖުލައިގައި ތަކެތީގެ އަގުތައް 2.3 އިންސައްތަ އުފުލިއްޖެ

31 އޯގަސްޓު 2026
މިދިޔަ އަހަރުގެ ޖުލައި އާއި އަޅާބަލާއިރު ހުސްވި ޖުލައިގައި ތަކެތީގެ އަގުތައް 2.3 އިންސައްތަ އުފުލިއްޖެ
06 އޯގަސްޓު 2026

ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދުނިޔޭގެ ނިސްބަތުން ދިވެހިން ކުރަންޖެހޭ ޚަރަދު ބޮޑު: އެފްއޭއޯ

06 އޯގަސްޓު 2026
ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދުނިޔޭގެ ނިސްބަތުން ދިވެހިން ކުރަންޖެހޭ ޚަރަދު ބޮޑު: އެފްއޭއޯ
03 އޯގަސްޓު 2026

ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް

03 އޯގަސްޓު 2026
ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް
02 އޯގަސްޓު 2026

މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ

02 އޯގަސްޓު 2026
މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
10 ޖުލައި 2026

ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!

10 ޖުލައި 2026
ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
14 ޖޫން 2026

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް