Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިދާހުރި ކާނާ

ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދުނިޔޭގެ ނިސްބަތުން ދިވެހިން ކުރަންޖެހޭ ޚަރަދު ބޮޑު: އެފްއޭއޯ

6 އޯގަސްޓު 2026 | ބުރާސްފަތި 12:06

ރާއްޖޭގައި ސިއްހަތަށް ފައިދާހުރި ކާނާ ހޯދުމަށް ދުވާލަކަށް 4.45 ޑޮލަރު ހޭދަކުރަންޖެހޭއިރު، މިއީ ދުނިޔޭގެ އަދި ސަރަހައްދީ އެވްރެޖަށްވުރެ މަތީ އަދަދެއްކަމަށް އެފްއޭއޯގެ ރިޕޯޓުން ދައްކާ. ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކާބޯތަކެތީގެ އަގުތައް 31 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައިވާއިރު، މާލެއަށްވުރެ އަތޮޅުތެރޭގައި ތަކެތީގެ އަގުތައް އުފުލޭ ނިސްބަތް އިތުރުކަން ތަފާސްހިސާބުތަކުން ހާމަވޭ

ރާއްޖެ އެމްވީ | 6 އޯގަސްޓު 2026 | ބުރާސްފަތި 12:06
މާލެ ސިޓީގެ ލޯކަލް މާރުކޭޓު

މާލެ ސިޓީގެ ލޯކަލް މާރުކޭޓު | އެލަމީ

ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދިވެހީން ކުރަންޖެހޭ ހޭދަ ދުނިޔޭގެ ނިސްބަތުން ބޮޑު ކަމަށް ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) ގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

"ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ނިއުޓްރިޝަންގެ ހާލަތު 2026" ނަމުގައި ނެރެފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ޚަރަދު ކުރަންޖެހޭ އެންމެ ކުޑަ މިންވަރަށް ބަލާއިރު ދިވެއްސަކު ދުވާލަކަށް 4.45 ޑޮލަރު ހޭދަކުރަން ޖެހެ އެވެ. އެއީ ރަސްމީ އެކްސްޗޭންޖް ރޭޓުން ބެލި ކަމުގައިވިޔަސް ގާތްގަނޑަށް 69 ރުފިޔާގެ މިންވަރެކެވެ.

Advertisement - newsAdvertisement

މިކަން މިހެން އޮތް އިރު، ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ހިނގާ އެންމެ ކުޑަ ހަރަދު 2025 ވަނަ އަހަރު ވަނީ ކޮންމެ މީހަކަށް ދުވާލަކަށް 4.28 ޕާޗޭސިންގް ޕަވަރ ޕެރިޓީ (ޕީ.ޕީ.ޕީ) ޑޮލަރުގެ މިންވަރެއްގަ އެވެ. 

"ކޮސްޓް އޮފް އޭ ހެލްތީ ޑައިޓް" (ސިއްހަތަށް ފައިދާހުރި ކާނާގެ އަގު) ގެ ނަމުން ނަންދެވިފައިވާ މި އިންޑިކޭޓަރަކީ، ގައުމެއްގައި ސިއްހަތަށް ފައިދާހުރި ކާނާ ހިމެނޭ ގޮތަށް، އެ ގައުމަކުން ލިބެން ހުރި އެންމެ އަގުހެޔޮ ތަކެތި ގަތުމަށްޓަކައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް ހޭދަކުރަންޖެހޭނެ ކަމަށް ލަފާކުރެވޭ އެންމެ ކުޑަ މިންވަރެވެ.

މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި ސިއްހަތަށް ފައިދާހުރި ކާނާގެ އަގު ހުރީ ކޮންމެ މީހަކަށް ދުވާލަކަށް 4.45 ޕީ.ޕީ.ޕީ ޑޮލަރުގަ އެވެ. މިއީ ދުނިޔޭގެ އެވްރެޖް އަގު ކަމަށްވާ 4.28 ޑޮލަރާއި، ދެކުނު އޭޝިއާގެ އެވްރެޖް އަގު ކަމަށްވާ 4.18 ޑޮލަރަށްވުރެ ވެސް މަތީ އަދަދެކެވެ. ރާއްޖޭގެ މި އަދަދުތަކަށް ބަލާއިރު، 2021 ވަނަ އަހަރު 3.39 ޑޮލަރުގައި ހުރި އަގު 2024 ވަނަ އަހަރު 4.30 ޑޮލަރަށް އުފުލިފައިވާއިރު، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކާނާގެ އަގު ވަނީ 31 އިންސައްތައަށްވުރެ ބޮޑަށް އުފުލިފަ އެވެ.

ސަރުކާރުން މަހަކު އެއް ފަހަރު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ކާބޯތަކެތީގެ އަގުތައް ކޮންމެ މަހަކު ކަހަލަ ގޮތަކަށް ދަނީ އުފުލެމުންނެވެ. މިދިޔަ ޖޫން މަހަށް ބަލާއިރު ވެސް ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް މަތިވުން ކަމަށް ރާއްޖޭގެ ތަފާސް ހިސާބާ ބެހޭ ސަރުކާރުގެ އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަސް ހިމެނޭހެން ކާބޯތަކެތީގެ އަގުތައް ޖޫން މަހު 1.90 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.28 އިންސައްތަ އިތުރު އަދަދެކެވެ. އަގުތައް މައްޗަށް ގޮސްފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އެގޮތުން ތަރުކާރީގެ އަގުތައް ވަނީ 18.87 އިންސައްތަ މައްޗަށް ގޮސްފަ އެވެ.

މެއި މަހާ އަޅާބަލާއިރު ޖޫން މަހު ފިޔާގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނަ އުފުލި، 91.83 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން ކެރެޓުގެ އަގު 14.8 އިންސައްތަ، އަލުވީގެ އަގު 11.4 އިންސައްތަ އަދި ވިލާތު ބަށީގެ އަގު 10 އިންސައްތަ ވަނީ އުފުލިފަ އެވެ. އަދި ކުކުޅު ބިހުގެ އަގު 6.6 އިންސައްތަ މަތިވިއިރު، ފްލޭވަރޑް މިލްކް ޕެކެޓުގެ އަގު ވަނީ 2.5 އިންސައްތަ އުފުލިފަ އެވެ.

އަނެއްކޮޅުން ތަފާސް ހިސާބުން ފެންނަ ގޮތުގައި ވެރިރަށް މާލެއަށްވުރެ އަތޮޅުތެރޭގައި ތަކެތީގެ އަގުތައް އުފުލޭ ނިސްބަތް ހުރީ މަތީގަ އެވެ. ޖޫން މަހު މާލޭގައި ތަކެތީގެ އަގުތައް 0.2 އިންސައްތަ އުފުލުނުއިރު، އަތޮޅުތެރޭގައި މި އަދަދު ހުރީ 0.4 އިންސައްތައިގަ އެވެ. އަހަރީ އިންފްލޭޝަނަށް ބަލާއިރު މާލޭގައި 2 އިންސައްތަ ރެކޯޑުކުރެވުނު ނަމަވެސް، އަތޮޅުތެރޭގައި މި އަދަދު ވަނީ 3.5 އިންސައްތައަށް އަރާފަ އެވެ.

އެފްއޭއޯމޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްފުޑް ސެކިއުރިޓީއިންފްލޭޝަން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

03 އޯގަސްޓު 2026
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
03 އޯގަސްޓު 2026

ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް

03 އޯގަސްޓު 2026
ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް
02 އޯގަސްޓު 2026

މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ

02 އޯގަސްޓު 2026
މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
10 ޖުލައި 2026

ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!

10 ޖުލައި 2026
ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
14 ޖޫން 2026

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
04 ޖޫން 2026

މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި

04 ޖޫން 2026
މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް