Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތަކެތީގެ އަގު

ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް

3 އޯގަސްޓު 2026 | ހޯމަ 06:40

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުން. މާލެއަށްވުރެ އަތޮޅުތެރޭގައި ތަކެތީގެ އަގުތައް އުފުލުނު މިންވަރު އިތުރުވެފައިވާއިރު، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ދަތުރުފަތުރާއި ކާބޯތަކެތީގެ ބާވަތްތަކުން

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 06:40
އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ ތަރުކާރީ

އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ ތަރުކާރީ | ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު، ޖޫން މަހު ކާބޯތަކެތީގެ އަގުތައް 1.90 އިންސައްތަ މައްޗަށް ދިޔައިރު އެންމެ ބޮޑަށް އަގު އުފުލުނު ފިޔާގެ އަގު 92 އިންސައްތަ މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އާއްމު ގޮތެއްގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ ކާބޯތަކެތީގެ އަގުތައް ވަނީ ހުސްވި މަހު ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ފިޔާ (91.83 އިންސައްތަ)، ގިތެޔޮ މިރުސް (12.13 އިންސައްތަ)، ކުކުޅު ބިސް (6.64 އިންސައްތަ)، ކެރެޓު (14.83 އިންސައްތަ)، ފްލޭވަރޑް މިލްކް ޕެކެޓް (2.54 އިންސައްތަ)، ކޮށާފައި ހުންނަ ރޯ ކަނޑުމަސް (13.74 އިންސައްތަ)، މޭބިސްކަދުރު (7.47 އިންސައްތަ)، ޓޮމާޓޯ (9.55 އިންސައްތަ)، އަލުވި (11.42 އިންސައްތަ)، ތޮޅި މިރުސް (5.38 އިންސައްތަ)، ކަނޑުމަސް (1.07 އިންސައްތަ)، ކަރާ (8.29 އިންސައްތަ)، ދޮންކެޔޮ (1.44 އިންސައްތަ)، ހިކިމަސް (1.37 އިންސައްތަ) އަދި ލޮނުމެދު (5.06 އިންސައްތަ) ހިމެނެ އެވެ.

ބައެއް ބާވަތްތަކުގެ އަގު ބޮޑުވި ނަމަވެސް، އަނެއްބައި ތަކެތީގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން ކާށި (7.73- އިންސައްތަ)، ފަރުމަސް (3.27- އިންސައްތަ)، ކުރުނބާ (8.62- އިންސައްތަ)، އޮރެންޖު (8.30- އިންސައްތަ)، އާފަލު (3.86- އިންސައްތަ)، ލުނބޯ (1.85- އިންސައްތަ) އަދި ރިހާކުރުގެ އަގު (0.68- އިންސައްތަ) ވަނީ ދަށްވެފަ އެވެ. މި ބާވަތްތަކުގެ އަގު ހެޔޮވުމަކީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ މިންވަރު ކޮންމެވެސް ވަރަކަށް ހިފެހެއްޓުމަށް އެހީތެރިވި ކަމެއް ކަމަށް ބުނެފައިވެ އެވެ.

ފާއިތުވި 12 މަސްދުވަހަށް ބަލާއިރު ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް 7.28 އިންސައްތަ މައްޗަށް ގޮސްފައިވެ އެވެ.

2026 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރާއްޖޭގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ މުދަލާއި ޚިދުމަތުގެ އަގުތައް 0.26 އިންސައްތަ މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ. މިއީ މެއި މަހު އަގުތައް އުފުލުނު 0.20 އިންސައްތައާ އަޅާބަލާއިރު އިތުރުވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، މިއަހަރުގެ ޖޫން މަހު އަހަރީ އިންފްލޭޝަން ރޭޓް ހުރީ 2.56 އިންސައްތައިގަ އެވެ. މަހުން މަހަށް ބަލާއިރު އަގުތަކަށް އައި ބަދަލުގައި އެންމެ ބޮޑު ހިއްސާއެއް ވަނީ މަހުގެ ބާވަތްތައް ނުހިމަނައި ކާބޯތަކެތީގެ އަގުތަކަށް އައި ބަދަލުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޖޫން މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ތަރުކާރީގެ އަގު ވަނީ 18.87 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން ކިރާއި ބިހުގެ ބާވަތްތަކުން 1.72 އިންސައްތަ، ގޮދަނާއި ހަނޑުލުގެ ބާވަތްތަކުން 0.64 އިންސައްތަ، އަދި ގޭބިސީތަކުގެ މަރާމާތާއި ސަލާމަތީ ކަންކަމާ ގުޅޭ ޚިދުމަތްތަކުން 1.98 އިންސައްތަ އަގު އުފުލިފައިވެ އެވެ. އަދި ފައިވާނާއި ބޫޓުގެ އަގު 0.91 އިންސައްތަ، ކޮފީގެ ބާވަތްތަކުން 1.27 އިންސައްތަ، އަދި ގޭތެރޭގައި ބޭނުންކުރާ ކުދި އިލެކްޓްރޯނިކް ސާމާނުގެ އަގު 2.12 އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ. ވަކިވަކި ބާވަތްތަކަށް ބަލާއިރު ފިޔާގެ އަގަށް އައި ބޮޑު ބަދަލަކީ އިންފްލޭޝަން މައްޗަށް ދިއުމަށް ދިމާވި މައިގަނޑު އެއް ސަބަބެވެ.

މާލެއާއި އަތޮޅުތަކުގެ އަގުތަކަށް ބަލާއިރު، ޖޫން މަހު މާލޭގައި އަގުތައް އުފުލިފައިވަނީ 0.19 އިންސައްތައަށެވެ. މާލޭގައި އަގު އެންމެ ބޮޑަށް އުފުލުނީ ކާބޯތަކެތީގެ ބާވަތްތަކުން ކަމަށްވާއިރު، މީގެ ތެރޭގައި ފިޔާ، ބިސް، ފަތްކޭލާއި ކިރު ހިމެނެ އެވެ. އަތޮޅުތަކުގައި އަގުތައް އުފުލިފައިވަނީ 0.35 އިންސައްތައަށެވެ. އަތޮޅުތަކުގައިވެސް އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމެވެ. ނަމަވެސް މާލެއާއި އަތޮޅުތަކުގައިވެސް ކަރަންޓާއި ފެނުގެ ޚިދުމަތުގެ އަގު ވަނީ މެއި މަހާ އަޅާބަލާއިރު ދަށަށް ގޮސްފަ އެވެ.

އަހަރީ އިންފްލޭޝަނަށް ބަލާއިރު، 2025 ޖޫން އިން 2026 ޖޫން އަށް މުޅި ރާއްޖޭގެ އަގުތައް ވަނީ 2.56 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މީގެ ތެރެއިން މާލޭގެ އަހަރީ އިންފްލޭޝަން 1.93 އިންސައްތައިގައި ހުރިއިރު، އަތޮޅުތަކުގެ އިންފްލޭޝަން ހުރީ 3.49 އިންސައްތައިގަ އެވެ. އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ދަތުރުފަތުރުގެ ޚިދުމަތްތަކުންނާއި ކާބޯތަކެތީގެ ބާވަތްތަކުންނެވެ. އެގޮތުން ދަތުރުފަތުރުގެ އަގުތައް 8.05 އިންސައްތަ އަދި ކާބޯތަކެތީގެ އަގުތައް 7.28 އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންފްލޭޝަންތަކެތީގެ އަގު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ

02 އޯގަސްޓު 2026
މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
10 ޖުލައި 2026

ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!

10 ޖުލައި 2026
ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
14 ޖޫން 2026

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
04 ޖޫން 2026

މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި

04 ޖޫން 2026
މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި
03 ޖޫން 2026

ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން

03 ޖޫން 2026
ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން
08 މާރިޗު 2026

ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ

08 މާރިޗު 2026
ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް