Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:22

ބާސެލޯނާ އިން މި ސީޒަންގެ މިހާތަނަށް ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، ޗެމްޕިއަންްސް ލީގުގައި ދެން އެ ޓީމަށް އޮންނާނީ ގަލަތަސަރާއީއާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:22
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފެޔެނޫޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން މުބާރާތުގައި އެ ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ރަފީނިއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކަރީމް އަޑެޔޭމީ ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔާއޯ ކަންސޭލޯ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ 77 ވަނަ މިނެޓުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ލަމީން ޔަމާލް އެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ފެޔެނޫޑްގެ ހަމައެކަނި ލަނޑު ޖެހީ ސެމް ސްޓެއިން އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ބާސެލޯނާގެ ފަހު ލަނޑު ޖެހީ ގަބްރިއަލް ޖީސޫސް އެވެ. އެ ލަނޑު ޖަހަން ޖީސޫސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔަމާލް އެވެ.

ބާސެލޯނާ އިން މި ސީޒަންގެ މިހާތަނަށް ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، ޗެމްޕިއަންްސް ލީގުގައި ދެން އެ ޓީމަށް އޮންނާނީ ގަލަތަސަރާއީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް

10 ސެޕްޓެމްބަރު 2026
ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް
09 ސެޕްޓެމްބަރު 2026

އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި

09 ސެޕްޓެމްބަރު 2026
އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި
09 ސެޕްޓެމްބަރު 2026

ހާލަންޑުގެ ދެ ލަނޑުން ޕޯޓޯ ބަލިކޮށް، ސިޓީގެ ފެށުން ވަރުގަދަކޮށްފި

09 ސެޕްޓެމްބަރު 2026
ހާލަންޑުގެ ދެ ލަނޑުން ޕޯޓޯ ބަލިކޮށް، ސިޓީގެ ފެށުން ވަރުގަދަކޮށްފި
07 ސެޕްޓެމްބަރު 2026

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

07 ސެޕްޓެމްބަރު 2026
ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް
03 ސެޕްޓެމްބަރު 2026

މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން

03 ސެޕްޓެމްބަރު 2026
މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން
02 ސެޕްޓެމްބަރު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
24 އޯގަސްޓު 2026

ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް

24 އޯގަސްޓު 2026
ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް
19 އޯގަސްޓު 2026

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ

19 އޯގަސްޓު 2026
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް