Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

7 ސެޕްޓެމްބަރު 2026 | ހޯމަ 06:16

މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން ވެސް މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކުން. ދެ ވަނައިގައި އޮތް ޑިޕޯޓިވޯ އަލަވޭސް އަށް 10 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ ނުވަ ޕޮއިންޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2026 | ހޯމަ 06:16
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. 

ވެލެންސިއާގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލަމީން ޔަމާލް އެވެ. އޭގެ ދެ މިނެޓު ފަހުން ޔަމާލް ދެ ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑު ފުޅާކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އެއީ އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބާސެލޯނާގެ ކެޕްޓަން ރަފީނިއާ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން ރަފީނިއާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޮޕޭޒް އެވެ. ބާސެލޯނާ އިން މެޗުގައި ރަނގަޅަށް ކުޅުނުއިރު، މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެޑްރީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ބާސެލޯނާގެ ފަހު ލަނޑު ޖެހީ ޔަމާލް އެވެ.

މޮޅާ އެކު ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން ވެސް މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކުންނެވެ. ދެ ވަނައިގައި އޮތް ޑިޕޯޓިވޯ އަލަވޭސް އަށް 10 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ ނުވަ ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާވެލެންސިއާ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2026

ބެޓިސް އިން ރެއާލް ބަލިކޮށްފި

05 ސެޕްޓެމްބަރު 2026
ބެޓިސް އިން ރެއާލް ބަލިކޮށްފި
03 ސެޕްޓެމްބަރު 2026

މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން

03 ސެޕްޓެމްބަރު 2026
މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން
02 ސެޕްޓެމްބަރު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
31 އޯގަސްޓު 2026

މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް

31 އޯގަސްޓު 2026
މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
27 އޯގަސްޓު 2026

އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު

27 އޯގަސްޓު 2026
އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު
24 އޯގަސްޓު 2026

ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް

24 އޯގަސްޓު 2026
ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް
23 އޯގަސްޓު 2026

ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް

23 އޯގަސްޓު 2026
ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް
19 އޯގަސްޓު 2026

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ

19 އޯގަސްޓު 2026
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް