Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

8 ސެޕްޓެމްބަރު 2026 | އަންގާރަ 05:36

ޣައްޒާގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ހެކި ނައްތާލުމަށް އިމާރާތްތަކުގެ ކުނިތައް މުގުރައި ބޭރުކުރަމުންދާތީ، އެ ސަރަހައްދުތައް ހިމާޔަތްކޮށް ތަހުގީގީ ޓީމުތަކަށް ފުރުސަތު ދިނުމަށް ހަމާސްއިން ވަނީ ގޮވާލާފައި. މި މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އައިސީޖޭގެ އަމުރާ ޚިލާފު ކަމެއް ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެހެންކަމުން، ޝަހީދުންގެ ހަށިތައް ހޯދައި ހެކިތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު

ނިއުސް ޓީމް
ނިއުސް ޓީމް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 05:36
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލުމަށްފަހު، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުގައި ވަޅުލެވިފައި އޮއްވާ ފެނުނު 100 އަށްވުރެ ގިނަ މީހުންގެ ޖަނާޒާގެ ތެރެއިން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލުމަށްފަހު، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުގައި ވަޅުލެވިފައި އޮއްވާ ފެނުނު 100 އަށްވުރެ ގިނަ މީހުންގެ ޖަނާޒާގެ ތެރެއިން | އަނަދޮލޫ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ ހެކި ނައްތާލުމަށް އިސްރާއީލުން މަސައްކަތްކުރާ ކަމަށް ބުނެ، ހަމާސް ޖަމާއަތުން އިންޒާރު ދީފި އެވެ. ހަމާސްއިން ބުނީ، އިސްރާއީލުން މި ކަން ކުރަނީ ހާހަކަށް ވުރެ ގިނަ މީހުންގެ ހަށިތައް ވަޅުލެވިފައިވާ ކަމަށް ބެލެވޭ އިމާރާތްތަކުގެ ކުނިތައް ނަގައި، މުގުރައި އަދި އެ ތަކެތި އެހެން ތަންތަނަށް އުފުލައިގެން ކަމަށެވެ. މިއީ، ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ހިންގާފައިވާ ރަހުމުކުޑަ ޖަރީމާތަކުގެ މާއްދީ ހެކިތައް ނައްތާލުމަށް އިސްރާއީލުގެ ސިފައިންނާއި އެ ގައުމުގެ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް ވެސް ހަމާސްގެ ބަޔާނުގައި ފާހަގަކުރި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްއިން ބުނީ، ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިތަކާއި ހެކިތައް ހުރި ސަރަހައްދުތަކަށް ބަދަލު ގެނައުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، ހެކި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްއިން (އައިސީޖޭ) ނެރެފައިވާ އަމުރާ ޚިލާފު ކަމެއް ކަމަށެވެ. އަދި، މިއީ ޝަހީދުންގެ ކަރާމާތަށް އަރައިގަތުމުގެ އިތުރުން، އިސްލާމީ އުސޫލުން އެ މީހުން ވަޅުލުމަށް އާއިލާތަކަށް ލިބިގެންވާ ހައްގަށް ހުރަސްއެޅުން ކަމަށެވެ.އދ. ގެ ހާއްސަ ރެޕޯޓާ ފްރެންޗެސްކާ އަލްބަނޭޒޭ ވެސް ވަނީ ސުންނާފަތި ކޮށްލާފައިވާ ގެދޮރާއި އިމާރާތްތަކުގެ ކޮންކުރިޓުތަކާއި ގައުކުނޑި މުގުރުމުގެ ސަބަބުން ޣައްޒާގައި ހިންގި "ލާއިންސާނީ ބޮޑެތި ޖަރީމާތަކުގެ" ނިޝާންތައް ފޮހެވިދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.

އެހެންކަމުން، މި ސަރަހައްދުތައް ހިމާޔަތްކުރުމަށް އދ. އާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ތަހުގީގީ ޓީމުތަކަށާއި ފޮރެންސިކް މާހިރުންނަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށް ހަމާސްއިން ވަނީ ގޮވާލައިފަ އެވެ. އަދި، ކުނި ނަގައި ޣައްޒާ އަލުން އާރާސްތުކުރުމަކީ ރައްޔިތުންގެ ހައްގަކަށް ވިޔަސް، ޖަރީމާތަކުން ރެކުމަށް މި މަސައްކަތުގެ ބޭނުން ހިފިޔަދީގެން ނުވާނެ ކަމަށާއި، ޝަހީދުކޮށްލާފައިވާ އެތައް ހާސް މީހުންގެ ހަށިތައް ހޯދައި ހެކިތައް ރައްކާތެރިކުރަންޖެހޭނެ ކަމަށް އެ ޖަމާއަތުން ފާހަގަކުރި އެވެ.

ޖެނީވާގައި މަރުކަޒުވެފައިވާ ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓާއިން އޮގަސްޓް މަހު ބުނީ، އިސްރާއީލުގެ މަދަނީ ކުންފުނިތަކާ ގުޅިގެން، ސިފައިންގެ ކޮންޓްރޯލްގައިވާ ޣައްޒާގެ 66 އިންސައްތަ ސަރަހައްދުން މަދުވެގެން 10 މިލިއަން ޓަނުގެ ކުނި ނަގައި، މުގުރައި ނުވަތަ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު 100 އެއްހާ ލޮރީގައި ޣައްޒާއިން ބޭރަށް ކުނި އުފުލާއިރު، އެ ސަރަހައްދުތަކުގައި 400 އެއްހާ އުޅަނދު ހަރަކާތްތެރިވަމުންދާ ކަން އެ ޖަމުއިއްޔާއިން ހާމަކުރި އެވެ. ފަލަސްތީނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާ ގަތުލުއާންމުގައި އިސްރާއީލުން ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 73،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފަ އެވެ. އަދި، 174،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާއިރު، 9،000 އަށް ވުރެ ގިނަ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށް ވެސް އިދާރާތަކުން އަންދާޒާ ކުރެ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޣައްޒާއިސްރާއީލްހަމާސްފަލަސްތީނުނަސްލު ނައްތާލުން

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި
07 ސެޕްޓެމްބަރު 2026

ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި

07 ސެޕްޓެމްބަރު 2026
ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި
06 ސެޕްޓެމްބަރު 2026

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

06 ސެޕްޓެމްބަރު 2026
ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
06 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި

06 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
05 ސެޕްޓެމްބަރު 2026

ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި

05 ސެޕްޓެމްބަރު 2026
ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި
04 ސެޕްޓެމްބަރު 2026

ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި

04 ސެޕްޓެމްބަރު 2026
ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި
04 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް

04 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް
03 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ

03 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް