Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

8 ސެޕްޓެމްބަރު 2026 | އަންގާރަ 14:44

އީރާނުގެ އާ މިސައިލްތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ނުރައްކާވެ، އެ ގައުމުގެ އަސްކަރީ އުސޫލުތައް މުރާޖައާކޮށްފައިވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ. އެމެރިކާއިން އެއްބަސްވުންތަކާ ހިލާފުވެ، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި ދަތުރުފަތުރު ކުރުން މަނާ ސަރަހައްދެއް ކަނޑައަޅާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައި

ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2026 | އަންގާރަ 14:44
ހުޅަނގު އޭޝިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވުމަށްފަހު، އެމެރިކާގެ ކަނޑުގެ ސިފައިންގެ "އާލީ ބާކް" ކްލާހުގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރެއް ކަމަށްވާ "ޔޫއެސްއެސް ފްރޭންކް އީ. ޕީޓަސަން ޖޫނިއާ"، ތައިލެންޑުގެ ޗޮންބުރީ ޕްރޮވިންސްގެ ސިރާޗާ ހާބަރު ބަނދަރަށް ކައިރިކުރުމަށް ދަތުރުކުރަނީ، އެއީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު

ހުޅަނގު އޭޝިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވުމަށްފަހު، އެމެރިކާގެ ކަނޑުގެ ސިފައިންގެ "އާލީ ބާކް" ކްލާހުގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރެއް ކަމަށްވާ "ޔޫއެސްއެސް ފްރޭންކް އީ. ޕީޓަސަން ޖޫނިއާ"، ތައިލެންޑުގެ ޗޮންބުރީ ޕްރޮވިންސްގެ ސިރާޗާ ހާބަރު ބަނދަރަށް ކައިރިކުރުމަށް ދަތުރުކުރަނީ، އެއީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު | ރޮއިޓާސް

އީރާނުގެ އާ މިސައިލްތަކުގެ ގާބިލުކަމާ ގުޅިގެން އެމެރިކާއަށް "ސާފު އިންޒާރެއް" ލިބިފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. އީރާނުން މި އިންޒާރު ދީފައިވަނީ ސަރަހައްދީ ކަނޑުގެ ސަރަހައްދުގައި އޮތް އެމެރިކާގެ މަނަވަރެއްގެ ކައިރީގައި، މަނަވަރުތަކަށް ހަމަލާދޭ އާ މިސައިލެއް ޓެސްޓުކުރުމަށްފަހު އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީ އަންގާރަ ދުވަހުގެ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މަނަވަރުތަކާ ދެކޮޅަށް އީރާނުން ގެންގުޅޭ އަސްކަރީ އުސޫލުތައް މިހާރު އަލުން މުރާޖައާކޮށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ފާއިތުވި ދުވަސްތަކުގައި އީރާނުގެ އާ މިސައިލްތަކުގެ ސަބަބުން ވޮޝިންޓަނަށް ވަނީ ސާފު އިންޒާރެއް ލިބިފައި،" ޖެނެރަލް ރިޒާއީ ލިޔުއްވާފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އީރާނުން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ އުސޫލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

ޖެނެރަލް ރިޒާއީ މިހެން ވިދާޅުވީ އާދީއްތަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި، އީރާނުގެ މިސައިލެއްގެ ސަބަބުން އެމެރިކާގެ މަނަވަރަކަށް އެ ސަރަހައްދު ދޫކޮށް ފިލަން މަޖުބޫރުވި ކަމަށް ވިދާޅުވުމަށްފަހު އެވެ.

"އަޅުގަނޑުމެން ފުރަތަމަ ފަހަރަށް މިވަނީ އެމެރިކާގެ މަނަވަރެއްގެ މަތިން، މަނަވަރުތަކަށް ހަމަލާދޭ މިސައިލެއް ޓެސްޓުކޮށްފައި. މި ހާއްސަ މިސައިލްގެ ސަބަބުން އެމެރިކާ މީހުންނަށް ނަރަކައެއް ފަދަ ބިރުވެރި ހާލަތެއް ކުރިމަތިވި. އަދި އެމީހުން އެ ސަރަހައްދު ދޫކޮށް ފިލައިފި،" ޖެނެރަލް ރިޒާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑަށް ވެސް މި ހާދިސާ ސިއްރެއް ނުކުރެވުނެވެ. އަދި މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސް އެޅުމުގެ ސިޔާސަތަކީ ނާޒުކު އެއްޗެއްކަން އަންގައިދޭ އިންޒާރެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އިގްތިސާދީ ހަނގުރާމައަށް ދޭ ރައްދު

އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ހަނގުރާމައާއި ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުން ދޭ ރައްދުގެ ތެރޭގައި، ޕާޝިއަން ގަލްފުން ފެށިގެން އެމެރިކާގެ މަނަވަރުތައް ހަރަކާތްތެރިވާ ސަރަހައްދާ ހަމައަށް، ދަތުރުފަތުރު ކުރުން މަނާ ހާއްސަ ކަނޑުގެ ސަރަހައްދެއް ކަނޑައެޅުން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދީ ހަނގުރާމައަށް ރައްދު ދޭނީ ޕާޝިއަން ގަލްފުން ފެށިގެން ބްލޮކޭޑްގެ ބޭރު ރޮނގާ ހަމައަށް ކަނޑައެޅޭ، ދަތުރުފަތުރު ކުރުން މަނާ ސަރަހައްދަކުން،" އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ރިޒާއީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ތެހެރާނާ އެކު ވިލަރެސްކުރުމެއް ނެތި އެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއް އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް އިތުރުކުރެވޭނެ އެވެ. މީގެ ސަބަބުން އެ އުޅަނދުތަކުގެ އިންޝުއަރެންސަށާއި ކުރިމަގުގައި ކުރާ ދަތުރުތަކަށް ނޭދެވޭ އަސަރު ކުރާނެ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ހަނިކޮށްފަ އެވެ. މި ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ އީރާނުން ދިން ރައްދު ހަމަލާތަކަށްފަހު އޭޕްރީލް މަހުގެ ކުރީކޮޅު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޖޫން 17 ވަނަ ދުވަހު ތެހެރާނާއި ވޮޝިންޓަނުން ވަނީ ޕާކިސްތާނު މެދުވެރިވެގެން ތައްޔާރުކުރި ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން، ކަނޑުއޮޅި އަލުން ހުޅުވުމާއި އެތަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އީރާނާ އެވެ.

ނަމަވެސް، އެމެރިކާއިން ފަހުން ވަނީ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެގޮތުން އެ މުހިންމު ކަނޑުގެ ސަރަހައްދުގައި އީރާނަށް އޮތް ބާރު ކަނޑުވާލުމަށް މަސައްކަތްކޮށް، އޮމާންގެ އައްސޭރިފަށާ ކައިރީގައި ނުރައްކާތެރި ކޮރިޑޯއެއް ހަދައި، އީރާނަށް ވައިގެ މަގުން ހަމަލާދޭން ފަށައި، އަދި ގާނޫނާ ހިލާފަށް ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފައިވާ ކަމަށް އީރާނުން ތުހުމަތުކުރެ އެވެ.

ތެހެރާނުން ތަކުރާރުކޮށް ބުނަމުންދަނީ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވޭނީ އެމެރިކާއިން ފަހުމުނާމާގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ފުރިހަމައަށް އަމަލުކުރުމުން ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅި މިހާރު ހުޅުވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުން އީރާނުން ވަނީ ދޮގުކޮށްފަ އެވެ. އީރާނުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އީރާން-އެމެރިކާމުހްސިން ރިޒާއީޕާރޝިއަން ގަލްފްހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

3

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

4

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

5

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް

07 ސެޕްޓެމްބަރު 2026
ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް
07 ސެޕްޓެމްބަރު 2026

ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

07 ސެޕްޓެމްބަރު 2026
ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
07 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ

07 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ
06 ސެޕްޓެމްބަރު 2026

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

06 ސެޕްޓެމްބަރު 2026
އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި
06 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

06 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
06 ސެޕްޓެމްބަރު 2026

އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި

06 ސެޕްޓެމްބަރު 2026
އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ
05 ސެޕްޓެމްބަރު 2026

އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް އެމެރިކާއިން ހަމަލާދީފި

05 ސެޕްޓެމްބަރު 2026
އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް އެމެރިކާއިން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް