Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި

9 ސެޕްޓެމްބަރު 2026 | ބުދަ 03:48

އެމެރިކާގެ މަނަވަރުތަކަށް އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ދެއްވައިފި. މި އިންޒާރާއެކު އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް އެމެރިކާއިން ހަމަލާދީފައިވާއިރު، މިއީ ހުރްމުޒް ކަނޑުއޮޅީގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާތަކެއް. އީރާނުގެ މީޑިއާތަކުން ބުނާގޮތުގައި މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2026 | ބުދަ 03:48

އީރާނުގެ ތެޔޮ އުފުލާ ޓޭންކަރަކަށް ހަމަލާއެއް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯއެއް | އެކްސް/ސެންޓްކޮމް | އެކްސް

ފާއިތުވި ދެ ދުވަހުގެ ތެރޭގައި އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) އެމެރިކާގެ އަސްކަރީ މަނަވަރަކަށް ދެ ފަހަރެއްގެ މަތިން ބެލިސްޓިކް މިސައިލުން ހަމަލާ ދިނުމާ ގުޅިގެން، ރައްދުގައި އެމެރިކާ ސިފައިން އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ފަސް ޓޭންކަރަކަށް ހަމަލާދީފި އެވެ. މި ކަން ހާމަކުރަމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އީރާނުން ދޭން އުޅުނު ހަމަލާތަކުން އެމެރިކާގެ މަނަވަރު ކާމިޔާބުކަމާ އެކު ސަލާމަތްވެފައިވާ ކަމަށާއި، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އެ މަނަވަރުން މެދުކަނޑައިނުލައި ކުރިއަށް ގެންދާ ކަމަށެވެ. އަދި، މި ހާދިސާގައި އެމެރިކާ ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ސެންޓްކޮމްގެ ބަޔާނުގައި ވެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް ހަމަލާ ދޭން އީރާނުން ކުރާ ކޮންމެ މަސައްކަތަކާ ގުޅިގެން، އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ގެއްލެމުންދާނެ ކަމަށެވެ. ކޮލަމްބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އީރާނުން އެމެރިކާގެ މަނަވަރުތަކަށް ހަމަލާ ދޭން ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަދަ ކޮންމެ ހަމަލާއަކާ ގުޅިގެން ނުވަތަ ހަމަލާ ދޭން އުޅޭ ކޮންމެ ފަހަރަކު ވެސް އެ ގައުމުގެ ތެޔޮ ޓޭންކަރުތަކަށް ރައްދު ހަމަލާދީ ނައްތައިލާނެ ކަމަށެވެ. އަދި، މިއަދު ވެސް އެ ފަދަ މަންޒަރެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަނީ ޚާރިގު ޖަޒީރާ ކައިރީގައި އޮތް ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދީފަ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ޓޭންކަރުތަކުގައި ތިބި ފަޅުވެރިން ރައްކާތެރިކަމާއެކު ބާލާފައިވާ ކަމަށް އެ އޭޖެންސީން ބުނެ އެވެ. މީގެ އިތުރުން، އީރާނުގެ ދައުލަތުގެ މީޑިއާ އައިއާރްއައިބީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖާސްކް ބަނދަރު ކައިރިން ދެ ތެޔޮ ބޯޓަކަށް ހަމަލާ ދީފައި ވާއިރު، އެ ބޯޓުތަކުގައި ތިބި ފަޅުވެރިން ލައިފްބޯޓުތަކުގައި ރައްކާތެރިކަމާއެކު އެއްގަމަށް ގެންގޮސްފައިވާ ކަމަށް ވެސް އެ މީޑިއާ އިން ބުނެފައި ވެ އެވެ.

މި ކުރިމަތިލުންތައް ހިނގާފައި ވަނީ ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި، މިއީ އެ ސަރަހައްދުގެ ކަނޑުގެ މަގުތައް އަލުން ހުޅުވައިލުމަށާއި ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށް މިދިޔަ ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވަނިކޮށް އެމެރިކާއިން ދީފައިވާ ހަމަލާތަކެކެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

އީރާން-އެމެރިކާއައިއާރުޖީސީމާކޯ ރޫބިއޯ ހުރްމުޒް ކަނޑުއޮޅިސެންޓްކޮމް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
08 ސެޕްޓެމްބަރު 2026

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

08 ސެޕްޓެމްބަރު 2026
އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި
07 ސެޕްޓެމްބަރު 2026

ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް

07 ސެޕްޓެމްބަރު 2026
ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް
07 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ

07 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ
06 ސެޕްޓެމްބަރު 2026

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

06 ސެޕްޓެމްބަރު 2026
އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި
06 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

06 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
06 ސެޕްޓެމްބަރު 2026

އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި

06 ސެޕްޓެމްބަރު 2026
އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް