Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލު

ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 18:03

އިރާނުގެ ސަރުކާރު ބަލިކަށިވެ ވެއްޓުމާ ގާތްވެފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ. އިރާނުން އިސްރާއީލަށް ހަމަލާދޭން ނުކެރެނީ އެ ގައުމުގެ އަސްކަރީ ބާރުގަދަކަމުން ކަމަށް އޭނާ ފާހަގަކުރެއްވ. ނަތަންޔާހޫ މިހެން ވިދާޅުވީ އިންތިޚާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 18:03
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ | އޭއެފްޕީ

އިރާނުގެ މިހާރުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އެމެރިކާއިން އަލުން ހަމަލާތައް ދޭން ފެށުމާއެކު އެ ގައުމު މިހާރު އޮތީ ކުރިއަށްވުރެ ބޮޑަށް ބަލިކަށިވެފައި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ އަސްކަރީ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިރާނުގެ ސަރުކާރު މިހާރު އޮތީ ގޮތް ހުސްވެ، ވެއްޓުމުގެ މަގުމަތީގައި ކަމަށެވެ. އަދި އެ ގައުމުގެ ހާލަތު ކުރިއަށްވުރެ ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި، މިހާރު އެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމައެކަނި ސަލާމަތްވުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ އިތުރަށް ވިދާޅުވީ، އިރާނުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް އެއްކޮށް ނައްތާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އެއީ އެ ގައުމުގެ މިހާރުގެ ސަރުކާރު ވައްޓާލުން ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް އެންމެ މުހިންމު މަސައްކަތް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން އޮތީ ވަރަށް ގާތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިން އިސްވެ ތިބެ ހިންގާ އިރާނުގެ ސަރުކާރަކީ އިސްރާއީލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން ސިފަކުރެއްވުމަށްފަހު، ނަތަންޔާހޫ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާ ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އަމުރުކުރައްވާފަ އެވެ.

އެމެރިކާއިން އިރާނަށް އިގްތިސާދީ ގޮތުން އިތުރު ފިއްތުންތައް ކުރިމަތިކޮށް، މި ހަފުތާގައި އަލުން ހަމަލާތައް ދޭން ފެށުމާ ގުޅިގެން، އިރާނުން ވަނީ ގަލްފުގެ ގައުމުތަކާއި، އުރުދުން އަދި އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ރައްދު ހަމަލާތައް ދީފައެވެ. ނަމަވެސް، އިރާނުން އިސްރާއީލަށް އެއްވެސް ހަމަލާއެއް ދީފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން ނަތަންޔާހޫ ވިދާޅުވީ، އިރާނުން އިސްރާއީލަށް ހަމަލާ ނުދެނީ އެއީ އިއްތިފާގަކުން ވާކަމެއް ނޫން ކަމަށެވެ. އަދި އެ ގައުމުން އެހެން ހުރިހާ ފަރާތްތަކަށް ހަމަލާދިން ނަމަވެސް، އިސްރާއީލަށް ހަމަލާދޭން ނުކެރޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް އަހަރެމެންގެ ބާރާއި، އަހަރެމެންގެ އަތުގައި ހުރި ހަތިޔާރުގެ ވަރުގަދަކަން އެނގޭ. އަދި އަހަރެމެންގެ އަޒުމްވެސް އެމީހުންނަށް އެނގޭ،" ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ދިމާކޮށެވެ. ބައެއް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ނަތަންޔާހޫ އޮތީ ފަހަތުގަ އެވެ. އަދި އިދިކޮޅު ލީޑަރުން ދަނީ އިރާނުގެ މައްސަލައިގައި ނަތަންޔާހޫ ނާކާމިޔާބުވެފައިވާ ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އިސްރާއީލުބެންޖަމިން ނަތަންޔާހޫއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި
03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް
03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި
02 ސެޕްޓެމްބަރު 2026

އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި

02 ސެޕްޓެމްބަރު 2026
އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި
02 ސެޕްޓެމްބަރު 2026

އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް

02 ސެޕްޓެމްބަރު 2026
އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް
02 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި

02 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
02 ސެޕްޓެމްބަރު 2026

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

02 ސެޕްޓެމްބަރު 2026
ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި
01 ސެޕްޓެމްބަރު 2026

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި

01 ސެޕްޓެމްބަރު 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
01 ސެޕްޓެމްބަރު 2026

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

01 ސެޕްޓެމްބަރު 2026
ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް