Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

7 ސެޕްޓެމްބަރު 2026 | ހޯމަ 04:32

އުތުރު ކޮރެއާގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ބާރު ލިބިގެންވާ 'ކަންގް ކޮން' މަނަވަރު އަނެއްކާ ވެސް ޚިދުމަތަށް ނެރެފި. މި ރަސްމިއްޔާތުގައި ކިމް ޖޮންގް އުން ބުނީ، މިއީ ގައުމުގެ ސިޔާދަތީ ބާރު ދެއްކުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގައި އަސްކަރީ ފައުޖުތައް ޒަމާނީ ކުރުމުގެ އާ މަރުހަލާއެއް ފެށިގެންދާނެ ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 7 ސެޕްޓެމްބަރު 2026 | ހޯމަ 04:32
އުތުރު ކޮރެއާގެ ވޮންސަން ބަނދަރުގައި، އެ ގައުމުގެ އަސްކަރީ މަނަވަރު 'ކަންގް ކޮން' ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އުތުރު ކޮރެއާގެ ވޮންސަން ބަނދަރުގައި، އެ ގައުމުގެ އަސްކަރީ މަނަވަރު 'ކަންގް ކޮން' ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރޮއިޓާސް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، ދުޝްމަނުންނަށް "ފަނާކުރަނިވި ރައްދު ހަމަލާއެއް" ދިނުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް އޭނާ ސިފަކުރާ މަނަވަރެއް ސިފައިންގެ ޚިދުމަތަށް ނެރެފި އެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން (ކޭސީއެންއޭ) ބުނީ، ކިމް މި މޭރުމުން ބުނެފައި ވަނީ، އެ ގައުމަށް ކުރިމަތިވެފައިވާ "މެދުކެނޑުމެއް ނެތް" ނުރައްކާތަކަށް ރިއާޔަތްކޮށް ކަމަށެވެ. ކޮރެއާ ހަނގުރާމައިގައި މަރުވި އުތުރު ކޮރެއާގެ އަސްކަރީ އިސްވާރަކަށް ނިސްބަތްކޮށް 'ކަންގް ކޮން' ގެ ނަމުން ނަންދީފައިވާ މި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފައި ވަނީ، އާދީއްތަ ދުވަހު ކަންގްވޮން ޕްރޮވިންސްގެ އިރުމަތީ ވޮންސަން ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކިމް ބުނީ، މި މަނަވަރަކީ އުތުރު ކޮރެއާގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަށް އެ ގައުމުން ގެންގުޅޭ "އަމިއްލަ އިއްޒަތާއި އަޒުމް" ރަމްޒުކޮށްދޭ އުޅަނދެއް ކަމަށާއި، ކަނޑުގެ ސަތަހައިގައާއި ކަނޑުގެ އަޑީގައި އުތުރު ކޮރެއާގެ ސިޔާދަތީ ބާރު ދެއްކުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، ކޮރެއާ ޕެނިންސިއުލާގެ އިރުމަތީ ކަނޑާއި މުޅި އެ ސަރަހައްދުގައި އުތުރު ކޮރެއާއަށް މެދުނުކެނޑި ނުރައްކާ އޮތް ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައިވާ "ނުރައްކާތެރި ހިޔަނިތައް" ފޮހެލަންޖެހޭ ކަމަށް ކިމް ބުންޏެވެ.

"ކަންގް ކޮން" މަނަވަރުގައި ހަރުކޮށްފައިވަނީ ކޮން ކަހަލަ ހަތިޔާރުގެ ނިޒާމުތަކެއް ކަން ކޭސީއެންއޭއިން ސީދާ ހާމަކޮށްފައެއް ނުވި ނަމަވެސް، އެ އޭޖެންސީން ބުނީ މި މަނަވަރުގައި  ޖޫން މަހު ޚިދުމަތަށް ނެރުނު 5،000 ޓަނުގެ "ޗޯ ހިޔޮން" މަނަވަރުގައި ހުރި ފަދަ ހަތިޔާރުގެ ނިޒާމުތައް މި މަނަވަރުގައި ވެސް ހުންނާނެ ކަމަށެވެ. އެ އޭޖެންސީން ބުނީ، "ޗޯ ހިޔޮން" ކްލާސްގެ ޑިސްޓްރޯޔަރ މަރުކާގެ މަނަވަރުތަކަކީ ތަފާތު އެކި ބާވަތުގެ ހަތިޔާރު އުފުލުމުގެ ގާބިލުކަން ހުރި އުޅަނދުތަކެއް ކަމަށެވެ. މީގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ހުރި މިސައިލްތައް ހިމެނޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

އާދީއްތަ ދުވަހަކީ 'ކަންގް ކޮން' މަނަވަރު ޚިދުމަތަށް ނެރުނު ތިންވަނަ ފަހަރެވެ. މި ޑިސްޓްރޯޔަރ މަރުކާގެ މަނަވަރު 2025 ވަނަ އަހަރުގެ މޭ މަހު ފުރަތަމަ ފަހަރަށް ޚިދުމަތަށް ނެރުމަށްފަހު، ފެން ވަނުމާ ގުޅިގެން، މަރާމާތު ކުރުމަށްފަހު ޖެހިގެން އައި މަހު އަލުން ޚިދުމަތަށް ނެރުނެވެ. އަދި، އޭގެ ފަހުން އިތުރު މަރާމާތުތަކާއި ކަނޑުގެ ޓެސްޓުތައް ހެދުމަށްފަހު، ހަތިޔާރުގެ ޓެސްޓުތައް ފުރިހަމަކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގަ އެވެ. މި މަނަވަރާ ގުޅޭ އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް، ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އުތުރު ކޮރެއާގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުވެގެންދާނެ އާ މަރުހަލާއެއް ދައްކާލާނެ ކަމަށް ކިމް ބުނި ކަމަށް ކޭސީއެންއޭއިން ރިޕޯޓުކުރި އެވެ.

ކިމް ޖޮންގް އުން އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލުކަން ހުރި ފައުޖުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ފައުޖު ޒަމާނީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފަ އެވެ. މީގެ އިތުރުން، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގައި ކަނޑުގެ ސިފައިންގެ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކަނޑުގެ ސިފައިންގެ އާ ޔުނިޓްތައް އުފައްދައި ތަފާތު ފަންތީގެ މަނަވަރުތައް ބަނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ކިމް ބުންޏެވެ.

ޕްޔޮންގޔަންގުން ސިފަކުރާ ގޮތުގައި އުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރެކެވެ. އަދި، އެއީ ދެން ބަދަލު ނުކުރެވޭނެ ހާލަތެކެވެ. މީގެ އިތުރުން، އަސްކަރީ ބާރުވެރިކަން އިތުރު ކުރަމުން މި ދަނީ އެމެރިކާއާއި ދެކުނު ކޮރެއާއާ ކުރިމަތިލުމުގެ ގޮތުން ކަމަށް ވެސް ކިމްގެ ސަރުކާރުން ބުނެ އެވެ. އުތުރާއި ދެކުނު ކޮރެއާ އަދިވެސް ރަސްމީކޮށް އޮތީ ހަނގުރާމައިގެ ހާލަތެއްގަ އެވެ. އެ ސަރަހައްދުގައި ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ކިމް ޖޮންގ އަންއުތުރު ކޮރެއާނިއުކްލިއަރ ހަތިޔާރުދެކުނު ކޮރެއާއުތުރު ކޮރެއާ-އެމެރިކާ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟

06 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟
02 ސެޕްޓެމްބަރު 2026

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖިންސީ ގޯނާކުރި ދެކުނު ކޮރެއާގެ ރައްޔިތަކު 15 އަހަރަށް ޖަލަށް

02 ސެޕްޓެމްބަރު 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖިންސީ ގޯނާކުރި ދެކުނު ކޮރެއާގެ ރައްޔިތަކު 15 އަހަރަށް ޖަލަށް
30 އޯގަސްޓު 2026

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

30 އޯގަސްޓު 2026
"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"
21 އޯގަސްޓު 2026

ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި

21 އޯގަސްޓު 2026
ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި
20 އޯގަސްޓު 2026

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

20 އޯގަސްޓު 2026
ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި
20 އޯގަސްޓު 2026

ދެކުނު ކޮރެއާ އާއި އިންޑިއާ އިން ކަސްޓަމްސްގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

20 އޯގަސްޓު 2026
ދެކުނު ކޮރެއާ އާއި އިންޑިއާ އިން ކަސްޓަމްސްގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!

17 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
13 އޯގަސްޓު 2026

ހީތުރޯ ފަހަތައް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓް

13 އޯގަސްޓު 2026
ހީތުރޯ ފަހަތައް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓް
08 އޯގަސްޓު 2026

ބައިނަލްއަގުވާމީ މެޗުތަކަށް އައި ބޭރުގެ ރެފްރީންނަށް ޖިންސީ ޚިދުމަތް ފޯރުކޮށްދިން ކަމަށް ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުތިރާފުވެ، މާފަށް އެދިއްޖެ

08 އޯގަސްޓު 2026
ބައިނަލްއަގުވާމީ މެޗުތަކަށް އައި ބޭރުގެ ރެފްރީންނަށް ޖިންސީ ޚިދުމަތް ފޯރުކޮށްދިން ކަމަށް ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުތިރާފުވެ، މާފަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް