Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކްސިޑެންޓް

މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ

8 ސެޕްޓެމްބަރު 2026 | އަންގާރަ 04:34

މަޔާމީ އެއާޕޯޓުގެ ރަންވޭއިން މަތިންދާބޯޓެއް ކަހާލައިގެން ހިނގި މި ހާދިސާގައި ފަސް މީހުން މަރުވެ، އިތުރު ފަސް މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި. ބޯއިންގް 767 މަރުކާގެ މި ބޯޓު ކަހާލައިގެން ގޮސް އެއާޕޯޓު ސަރަހައްދުގައި އޮތް ދެ އުޅަނދެއްގައި ޖެހިފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ހިނގި މި ހާދިސާގެ ތަހުގީގަށް ބޭނުންވާ ފްލައިޓް ރެކޯޑަރުތައް މިހާރު ވަނީ ފެނިފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 04:34

އެމެޒަން ކުންފުނީގެ މުދާ އުފުލާ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން، ބިމުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން ފަސް މީހަކު މަރުވި | ސްކްރީން އިމޭޖް

އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އެމެޒަންގެ މުދާ އުފުލާ މަތިންދާބޯޓުގެ ފްލައިޓް ރެކޯޑަރުތައް ހޯދިފައިވާ ކަން، މި ހާދިސާ ތަހުގީގު ކުރާ އިދާރާތަކުން ހާމަކޮށްފި އެވެ. ނަމަވެސް، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ހާދިސާގައި މަރުވި މީހުންގެ ހަށިތައް ހޯދުމަށް ކަމަށް ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން (އެންޓީއެސްބީ) ވަނީ ބުނެފައި އެވެ. މި ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު އެވެ.

މި ދަތުރަކީ '21 އެއާ' އިން އޮޕަރޭޓްކުރާ ބޯއިންގް 767-300 މަރުކާގެ ބޯޓެއްގައި ކުރި ދަތުރެކެވެ. މި ބޯޓު ރަންވޭއިން ކަހާލައިގެން ހިނގި މި ހާދިސާގައި ފަސް މީހުން ވަނީ މަރުވެފައި އެވެ. އަދި، އިތުރު ފަސް މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި އެވެ. ޕުއެރްޓެ ރީކޯގެ ސަން ހުއާންއިން ފުރައިގެން އައި މި ބޯޓުގައި ތިބީ ދެ ފަޅުވެރިންނެވެ. މިއީ، އެ ދުވަހު އެ ބޯޓުން ކުރި ތިންވަނަ ދަތުރެވެ. މި މައުލޫމާތުތައް ހޯމަ ދުވަހު މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

މި ބޯޓު ރަންވޭއިން ކަހާލައިގެން ބޭރަށް ދިޔަ މަގުމަތީގައި، ނެވިގޭޝަނަށް ބޭނުންކުރާ އާލާތްތަކުގައި ވަނީ ޖެހިފައި އެވެ. އަދި، އޭގެ ފަހުން އެއާޕޯޓު ސަރަހައްދުގައި އޮތް ދެ އުޅަނދެއްގައި ބޯޓު ޖެހުނެވެ. އޭގެ ތެރޭގައި ސާފުކުރުމުގެ ޚިދުމަތްދޭ ކުންފުންޏެއްގެ ހަތް މުވައްޒަފުންނާއެކު ދަތުރުކުރި ހުދު ކުލައިގެ ފޯޑް މަރުކާގެ އުޅަނދަކާއި، ތިން މީހުން ތިބި ޓޮޔޯޓާ މަރުކާގެ ކާރެއް ހިމެނެ އެވެ. އެއަށްފަހު އެއާޕޯޓުގެ ވަށައިގެން ޖަހާފައިވާ ފެންސް ފަޅާލައި، ކާރުގައި ޖެހި ބޯޓު މަޑުވީ ރަންވޭއާ ގާތްގަނޑަކަށް 1،300 ފޫޓު ދުރުންނެވެ.

އެންޓީއެސްބީގެ ޗެއާމަން ޖެނިފާ ހޯމެންޑީ ވިދާޅުވީ، ރަންވޭއިން ކަހާލައިގެން ބޯޓު ގޮސް އުޅަނދުތަކެއްގައި ޖެހުނު މަންޒަރަކީ ވަރަށް ބިރުވެރި މަންޒަރެއް ކަމަށެވެ. ބޯޓުގެ ބައިތަކާއި، އުޅަނދުތަކުގެ ބައިތަކުގެ އިތުރުން އެއާޕޯޓުގެ ފެންސްގެ ބައިތައް މުޅި ސަރަހައްދަށް ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ މަންޒަރު ބަލަން ވަރަށް އުނދަގޫ. އަދި، އެހީތެރިކަން ފޯރުކޮށްދޭން އެންމެ ފުރަތަމަ އެ ސަރަހައްދަށް ދިޔަ ފަރާތްތަކަށް ވެސް އެއީ ވަރަށް އަސަރުކުރާނެ ކަމެއްކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.

ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު މިހާރު ވަނީ ފެނިފައި އެވެ. އަދި، އެ ތަކެތި ދިރާސާކުރުމަށް ޓަކައި އެންޓީއެސްބީގެ މައި އިދާރާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން އެވެ. ހޯމެންޑީ ވިދާޅުވީ، ތަހުގީގުކުރާ ފަރާތްތައް އަދިވެސް އުޅެނީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި، ހާދިސާ ހިނގި ސަރަހައްދުން އަދިވެސް ހެކި އެއްކުރަމުންދާތީ، ބޯޓު ވެއްޓެން މެދުވެރިވި ސަބަބާ މެދު ވަކި ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ. މި ވަގުތުގެ އެންމެ ބޮޑު އިސްކަމަކީ މަރުވި މީހުންގެ ހަށިތައް ހޯދުން ކަމަށްވާތީ، ބޯޓު ތަހުގީގުކުރުމާއި ހެކި ހޯދުމުގެ މަސައްކަތްތައް މަޑުޖައްސާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބޯޓުގެ ދަތުރުތަކުގެ ތާރީޚާއި، ފަޅުވެރިންގެ ތަޖުރިބާއާއި ތަމްރީނާއި، ރާޑަރުގެ މައުލޫމާތު ދިރާސާކުރާނެ އެވެ. މީގެ އިތުރުން، ބޯޓުގެ ސިސްޓަމްތަކާއި އިންޖީނުތަކާއި ޕާފޯމަންސް ބެލުމަށް ވަކި ޓީމުތަކެއް ހަރަކާތްތެރިވާނެ އެވެ. އަދި، ބޯޓު ޖެއްސި ވަގުތުގެ މޫސުމީ ހާލަތު މޫސުމާ ބެހޭ މާހިރަކު ދިރާސާކުރާނެ އެވެ. މީގެ އިތުރުން، ރަންވޭއިން ކަހާލާ ބޯޓުތައް މަޑުކުރުވުމަށް ބޭނުންކުރާ 'އިންޖިނިއަރޑް މެޓީރިއަލްސް އެރެސްޓިންގް ސިސްޓަމް' (އީއެމްއޭއެސް) އެ ރަންވޭގައި ހުންނަން ޖެހޭތޯ ވެސް އެންޓީއެސްބީ އިން ބަލާނެ އެވެ. ހޯމެންޑީ ވިދާޅުވީ، މިއީ ތަހުގީގުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

ބޯޓު ވެއްޓުމުގެ ކުޑަވަގުތުކޮޅެއް ކުރިން އެއާޕޯޓު ސަރަހައްދުގައި ގަދަވަޔާ އެކު ގުގުރައި ވިއްސާރަކުރަމުން ދިޔަކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ވަގުތު ގަޑިއަކު 26 ނޮޓްސްގެ ބާރުމިނުގައި ވައި ޖެހެމުންދިޔަ ކަމަށް ރެކޯޑު ކުރެވިފައި ވެ އެވެ. އެހެންކަމުން ތަހުގީގަށް އެހީތެރިވެދޭނެ ފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުންގެ އަތުގައި ހުރި ނަމަ، އެ ތަކެތި ހިއްސާކުރުމަށް އެންޓީއެސްބީއިން ވަނީ އެދިފައި އެވެ. ހޯމެންޑީ ވިދާޅުވީ، ތަހުގީގު ނިމުމުން ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެ އޭޖެންސީން ލަފާދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތަނަށް މި އައީ މި ފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް އަމަލުކުރަން ޖެހޭނެ. އެހެން ނޫންނަމަ މި ފަދަ ހާދިސާއެއްގައި އަނެއްކާވެސް އަޅުގަނޑުމެންނަށް މި ތަނަށް އަންނަން ޖެހިދާނެ،" އޭނާ ވިދާޅުވި އެވެ. މި ހާދިސާއާ ގުޅިގެން މަޔާމީ އެއާޕޯޓުގެ ހަތަރު ރަންވޭގެ ތެރެއިން ދެ ރަންވޭ އަދިވެސް އޮތީ ބަންދުކޮށްފައި އެވެ. އާދީއްތަ ދުވަހު ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައި ވާއިރު، ދަތުރުވެރިންނަށް އިތުރު ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައި އެވެ.

މަސްދަރު: ބީބީސީ

އެކްސިޑެންޓުއެމެރިކާއެމެޒޯން

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

07 ސެޕްޓެމްބަރު 2026
އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި
07 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

07 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ

06 ސެޕްޓެމްބަރު 2026
އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި
03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
03 ސެޕްޓެމްބަރު 2026

ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
02 ސެޕްޓެމްބަރު 2026

މާލެ ބޮޑުތަކުރުފާނު މަގުގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

02 ސެޕްޓެމްބަރު 2026
މާލެ ބޮޑުތަކުރުފާނު މަގުގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
30 އޯގަސްޓު 2026

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

30 އޯގަސްޓު 2026
އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި
25 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

25 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް