Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އިންތިޚާބު

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

7 ސެޕްޓެމްބަރު 2026 | ހޯމަ 08:05

އޮހާޔޯގެ ގަވަރުނަރުކަމަށް ވާދަކުރައްވާ އޭމީ އެކްޓަންއަށް ހަމަލާދޭން އުޅުނު މީހާ ހަތިޔާރާއެކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާގައި ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި. މި ނުރައްކާތެރި އަމަލު ސިޔާސީ ވާދަވެރިން ކުށްވެރިކުރަމުންދާއިރު، މިއީ އެމެރިކާގައި ފަހަކަށް އައިސް އިތުރުވަމުންދާ ސިޔާސީ އަނިޔާވެރިކަމުގެ ސިލްސިލާގެ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 7 ސެޕްޓެމްބަރު 2026 | ހޯމަ 08:05
އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ގަވަރުނަރު ކަމުގެ މަގާމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ އޭމީ އެކްޓަން ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ގަވަރުނަރު ކަމުގެ މަގާމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ އޭމީ އެކްޓަން ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | އޭޕީ

އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ގަވަރުނަރުކަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އޭމީ އެކްޓަން، ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް ހަތިޔާރު އެޅި މީހަކު ހަމަލާދޭން މަސައްކަތްކޮށްފި އެވެ. މި ހާދިސާގައި ބައެއް މީހުން ޒަޚަމްވި ނަމަވެސް، އެކްޓަންއަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. އޭނާގެ ކެމްޕޭން ތަރުޖަމާނު އެޑީ ބުލޮކް ވިދާޅުވީ، ހަތިޔާރު ހިފައިގެން ހުރި މީހާ އެކްޓަންއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ އޭނާ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަން ހުއްޓާ ކަމަށެވެ.

މެހޯނިންގް ކައުންޓީގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން ކްރިސް އެންޑަސަން  ވިދާޅުވީ، އެކްޓަންއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ޕެޓްރިކް ހަވާސް ކިޔާ މީހެއް ކަމަށެވެ. އަދި، އޭނާ ހައްޔަރު ކޮށްފައި ވަނީ، ކެމްޕޭންގައި ހަރަކާތްތެރިވަމުން ދިޔަ ވޮލަންޓިއަރުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އޭނާގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ސަރަހައްދުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ޖެރީ ގްރީން ވިދާޅުވީ، ހަވާސް ހައްޔަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވި ކަމަށެވެ.

އޮހާޔޯ ސްޓޭޓް ހައިވޭ ޕެޓްރޯލުން ބުނީ، ހަވާސް ހުއްޓުވި އިރު އޭނާގެ އަތުން ދެ ފިސްތޯލާއި "ޓޭޒަރ" ބަޑިއެއް ފެނިފައިވާ ކަމަށެވެ. އަދި، ގޮށްމުށުން ހަމަލާދިނުމަށް ބޭނުންކުރެވޭނެ ފަދަ "ބްރާސް ނަކްލްސް" އެއް ވެސް ފެނިފައިވާ ކަމަށެވެ. ފުލުހުން ވަނީ ހަވާސް ހައްޔަރުކޮށް، ދެ ހަމަލާގެ ދައުވާއާއި އާންމު މަސްލަހަތު ނަގާލުމުގެ ދައުވާ އުފުލާފަ އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

އޮހާޔޯގެ ގަވަރުނަރު މައިކް ޑިވައިން ވަނީ އެކްޓަންއަށް ދޭން އުޅުނު ހަމަލާ ކުށްވެރި ކުރައްވާފަ އެވެ. އަދި، ހަމަލާ ހުއްޓުވުމަށް ފުލުހުން ވަރަށް އަވަހަށް އިޖާބަދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އިންތިޚާބީ ދައުރު ހަމަވާތީ ކުރިއަށް އޮތް އިންތިޚާބުގައި އޭނާ ވާދައެއް ނުކުރައްވަ އެވެ. އިންތިޚާބުގައި އެކްޓަންއާ ވާދަކުރައްވާ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ވިވެކް ރާމަސްވާމީ ވަނީ އެކްޓަންއަށް ދޭން އުޅުނު ހަމަލާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ރާމަސްވާމީއަކީ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ގާތް ގުޅުމެއް ބާއްވަވާ، އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެކެވެ. އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އޭނާ ވަނީ އެކްޓަންއަށް ފާޑުވިދާޅުުވެ، ގިނަ ވީޑިއޯތަކާ ކެމްޕޭން މެޓީރިއަލް ޝާއިއު ކުރައްވާފައެވެ.

އޮހާޔޯގެ ގަވަރުނަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ ނޮވެމްބަރު 3 އެމެރިކާގެ މިޑްޓާމް އިންތިޚާބާ އެކުއެކީގަ އެވެ. މި އިންތިޚާބަށް ކެމްޕޭން ކުރުމަށް ދެން ބާކީ އޮތީ ހައެއްގެ ހަފުތާ އެވެ. 2023 އާއި 2024 ވަނަ އަހަރު އެމެރިކާގައި ބާއްވާފައިވާ އިންތިޚާބުތަކުގައި ވާދަކުރެއްވި ކެނޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 40 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް 'ޕަބްލިކް ސާވިސް އެލަޔަންސް' އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ސާފުވެ އެވެ.

މިއީ، ފާއިތުވި ދިހަވަރަކަށް އަހަރު އެމެރިކާގައި އިތުރުވަމުންދާ ސިޔާސީ އަނިޔާވެރިކަމުގެ ބައެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ. މި ގޮތުން، 2025 ގައި މިނެސޯޓާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު މެލީސާ ހޯޓްމަންއާއި އޭނާގެ ފިރިކަލުން މާކް ހޯޓްމަންއަށް ހަމަލަދީ އަވަހާރަ ކޮށްލާފައިވެ އެވެ. އަދި، 2022 ގައި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީގެ ފިރިކަލުންނަށް ވެސް ހަމަލާދީފައިވެ އެވެ. މީގެ އިތުރުން، 2024 ގެ ރިޔާސީ ކެމްޕޭނުގައި ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދެ ފަހަރަކު މަސައްކަތް ކޮށްފައިވެ އެވެ. އަދި، މި އަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ އަހަރީ ފަރިއްކޮޅުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި އެ ތަނަށް ވަނުމަށް ވެސް ހަތިޔާރު އެޅި މީހަކު މަސައްކަތް ކޮށްފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އޯހިއޯޑޮނަލްޑް ޓްރަމްޕްސިޔާސީ އަނިޔާވެރިކަންއެމެރިކާ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

07 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި
05 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލައިގައި، އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފްގެ ގާތްގަނޑަކަށް 50 މެންބަރަކަށް ދޮގު ހަދާތޯ ބަލާ ޓެސްޓުތަކަކަށް ކުރިމަތިލާން ޖައްސައިފި

05 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލައިގައި، އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފްގެ ގާތްގަނޑަކަށް 50 މެންބަރަކަށް ދޮގު ހަދާތޯ ބަލާ ޓެސްޓުތަކަކަށް ކުރިމަތިލާން ޖައްސައިފި
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި
05 ސެޕްޓެމްބަރު 2026

ޓްރަމްޕް: އީރާނުގެ ޕިކްއެކްސް މައުންޓަންއަށް ވަރަށް އަވަހަށް ހަމަލާދޭނަން

05 ސެޕްޓެމްބަރު 2026
ޓްރަމްޕް: އީރާނުގެ ޕިކްއެކްސް މައުންޓަންއަށް ވަރަށް އަވަހަށް ހަމަލާދޭނަން
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި
05 ސެޕްޓެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ

05 ސެޕްޓެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ
04 ސެޕްޓެމްބަރު 2026

އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިން މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ، ރައީސް ޓްރަމްޕް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ޓީމާ ތަކުރާރުކޮށް ސުވާލު ކުރައްވަނީ

04 ސެޕްޓެމްބަރު 2026
އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިން މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ، ރައީސް ޓްރަމްޕް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ޓީމާ ތަކުރާރުކޮށް ސުވާލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް